ވަޠަން

ކަރުނަޔާ ހިތްދަތިކަން ވޭނާއާޚް-5
އިތުރަށް ކަލާމަތިން ހަނދާންނުވޭތޯ އަހަރެން ވަރަށް މަސައްކަތްކުރީމެވެ. މެސެޖް ނުފޮނުވާވޭތޯ ވަރަށް ކެތްކުރީމެވެ. ކަލާބުނީ ތެދުވާހަކައެކެވެ. އަހަރެން ކަލާޔާ ދުރައްދާން އުޅޭވަރަކަށް ވެވެނީ ހައްތަހާ ކައިރިއެވެ. ހަނދާންވަނީ ކެތްނުވާވަރަށެވެ. ލޯބިދަނީ އިތުރު ވަމުންނެވެ.

އަހަރެންނަށް މެސެޖްނުކޮށް ކަލާކެތްކުރެއެވެ. ނުގުޅާން ވަރަށް މަސައްކަތްކުރެއެވެ. އެންމެ ފަހުން ކެތްނުވީ އަހަންނަށެވެ. އަނެއްކާވެސް މެސެޖް ކުރެވުނެވެ. ފޯނުކުރެވުނެވެ. ކަލާޔާ ދުރުގާ ހުންނަންކެތް ނުވެގެންނެވެ. ނަމަވެސް ކަލާ ހުރީ ހިތްހަމަ ނުޖެހިފައެވެ. އެކަންވާނީ އެހެންކަން އަހަރެން ޤަބޫލްކުރަމެވެ. ކަލާ ބުނަމުން ދިޔައީ ވާހަކަ ދައްކަން ބޭނުންނުވާ މީހުންނާ ވާހަކަ ދެއްކުން އެއީ ކަލާ ކުރާހިތްވާ ކަމެއްނޫންކަމެވެ. އަހަރެން ވަރަށް ދެރަވިއެވެ. އަހަރެންގެ މަޖުބޫރީ ހާލަތުގެ މާނަ ކަލާ އޮޅުވާލީމައެވެ. ނުވަތަ ކަލާއަށް އޮޅުމުންނެވެ. އަހަރެން ހުރިހާ ކަމެއްވެސް ކުރީ ހަމަ ކަލާއަށްޓަކައެވެ. ކަލާ އަހަރެންގެ ފޯނު ކަޑާލިއެވެ. އަހަރެންނަށް ވާހަކަ ނުދައްކާ ބަސްމަދުވެފާ އިދެވުނެވެ.

އަނެއްކާވެސް ރުޔުން އަލުން އިޔާދަވިއެވެ. ކަލާ އަހަރެންނާ ދޭތެރޭ ގޯސްކޮން ދެކުނީމައެވެ. ލޯބިވާއެވެ. އަހަރެން އަބަދުވެސް ކަލާޔާ ވާހަކަ ދައްކާހިތްވެއެވެ. އަބަދުވެސް ބޭނުންވަނީ ކަލާޔާއެކުގަވާށެވެ. ލޯބިވާއެވެ. ނަމަވެސް އަހަރެންނަށް މަޖުބޫރުވަނީއެވެ. ކަލާ ގިނަވެދާނެތީއެވެ. އިއްޔެ މުންދުރު އަހަރެންގެ ހަޔާތަށް އައި އޯގާތެރިޔަކު އަހަރެން ގިނަކުރަނީ ކިހިނެތް ހެއްޔެވެ؟ އެއްދުވަހު ކޮންމެވެސް މީހަކު ކަލާގެ އޮފީހަށް ގުޅިއެވެ. ހީވާ ގޮތުން ދޮންބެއެވެ. ކަލާ އަހަރެންނާ ގުޅާތީއެކަން ހުއްޓުވާށެވެ. މިވާހަކަ އަހަރެންގެ ގާތު ބުނީ ޚުދު ކަލާނޫން ހެއްޔެވެ؟ވީއިރު އެކަހަލަ އެތަށްކަމެއް ކަލާގެ ހަޔާތަށް އަހަރެން ކުރިމަތި ކުރުވާނީ ކިހިނަކުން ހެއްޔެވެ؟ ކުށެއްނެތް ކަލާ ބަދުނާމުވާތަން ދެކޭނީ ކޮން ލޮލަކުން ހެއްޔެވެ؟ އެތަން ދުށުމަށްވުރެ ލޮލަށް ފެނުމަށް ނުކުލެދޭ މީހުންގެ ސަފުގާ ލެއްވިނަމަ މާ ރަގަޅުވީހެވެ.

ލޯބިވާއެވެ. އަހަރެން ކުށެއް ނުކުރަމެވެ. ކަލާވެސް ކުށެއް ނުކުރެއެވެ. ހަމައެކަނި ލޯބިވީއެވެ. އަހަރެން ކަލާދެކެ އަދި ކަލާ އަހަރެންދެކެއެވެ. އެއީ ކުށެއްކަމަށް ދެކެފިނަމަ ދުނިޔޭގެ ހުރިހާ ލޯބިވެރިން އެކުރަނީ ކުށެވެ. ހީވާ ގޮތުން ދޮންބެ އާއި ނުޒޫވެސް އެކުރަނީ ކުށެކެވެ. ވީއިރު ކުށަކަށްނުވާ ކުށެއްގައި އަހަރެންނަށް ކަލާއަށް އަނިޔާވެރި ވެވިދާނެ ހެއްޔެވެ؟ ނުވާނަމެވެ. ދުވަހަކުވެސް އަހަރެންގެ ހައްޤުގައި ކަލާއަށް އަނިޔާއެއް ވިޔަކަ ނުދޭނަމެވެ. ކަލާ ބަދުނާމު ވިޔަކަ ނުދޭނަމެވެ. އަދި ކަލާ މުޅި ދުނިޔެއަށް ގިނަވިޔަކަނުދޭނަމެވެ. އަހަރެންގެ ހިތް ހަލާކުވިޔަސް ފަރުވާލެއްނެތެވެ. ކަލާއަށްޓަކައި މަރުގެ ހުކުމް ކުރިޔަސް އެކަން ގަބޫލުކުރާނަމެވެ. ކަލާގެ ހައްޤުގާ މަރުގެ ހުކުމް އިއްވުން ހިތްހަމަޖެހޭތީއެވެ. ކަލާގެ ހަނދާނުގައި ވަރަށް ގިނަވަގުތު ރުއީމެވެ. ވޭނުންފުރިގެންވާ ހިތްދަތި ޚާލުގައެވެ. ކުއްލިއަކަށް އިވުނީ ބައްޕަ ކެއްސާލިއަޑެވެ. އަހަރެން ވަރަށް ބާރަށް ކޮޓަރިން ނިކުތީމެވެ. ބައްޕަ ގާތަށް ދިޔައިރު ބައްޕަ ތެޅި ފޮޅެނީއެވެ. އަހަރެން ވަރަށް ހާސްވިއެވެ. ގޭގައި އެކަކުވެސް ނެތީމައެވެ. ދޮންބެވެސް ވީތަނެއް ނޭނގެއެވެ. އަހަރެން އައިޝާއަށް ގުޅީމެވެ. މާގިނައިރުތަކެއްނުވެ އައިޝާ އަތުވެއްޖެއެވެ.

ލޯބިވާއެވެ. އެ ހާލުގާ ބައްޕަ ތެޅިތެޅި އޮތީ އަހަރެންގެ މި ދެލޮލުގެ ކުރިމަތީގައެވެ. އިރުގަނޑެއްނުވެ ގެއެތެރެ މީހުނަނާއިގެން ފުރިއްޖެއެވެ. އެތައް ފަހަރަކު ދޮންބެގެ ފޯނަށް ގުޅޭތޯ ބެލީމެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. ބައްޕަގެ ފަހުނޭވާލީ އަހަރެން ބައްޕަގެ ގާތު ވަނިކޮށެވެ. ދެންވީގޮތެއް އަހަރެންނަކަށް ނޭންގުނެވެ.

ހޭވެރިކަންވީއިރު މުޅި ގެއެތެރެވަނީ ހަމަހިމޭންވެފައެވެ. ޤުރުއާން ކިޔެވުމުގެ އަޑު ފިޔަވާ އިތުރު އަޑެއްނީވެއެވެ. އައިޝާހުރީ އަހަރެންގެ ގާތުގައެވެ. އަހަރެންނަށް ޤިސްލާ ރޮވެން ފެށުނެވެ. އަޑުހަރުކޮށް ބާރަށެވެ. އަވަސްވެ ގަނެވުނީ ބައްޕަ ހޯދުމަށެވެ. ބައްޕާ އޭ ގޮވާ ބާރަށް ހަޅޭ ލަވައިގަނެވުނެވެ. ކުރިމަތިން ފެންނަން އޮތީ ހުދު ކަފުނަކަށް ލެވިފައިވާ ބައްޕަގެ ފުރާނަނެތް މަސްގަނޑެވެ. އަހަންނަށް ބައްޕަ އާއި ދިމާއަށް ދުއްވައި ގަނެވުނެވެ. އެވަގުތު ފަހަތުން އަހަރެންގެ ގައިގައި މީހަކު ހިފެހެއްޓިއެވެ.

ފަސްއެބުރި ބަލާލީމެވެ. ބޮޑުދައިތަ ފެނުމުން ރުޔުން ބާރުވިއެވެ. ބާރުބާރަށް ބޮޑުދައިތަގެގައިގާ ބައްދާ ގަނެވުނެވެ. ރޮމުން ގިސްލަމުންނެވެ. އިރުކޮޅަކުން ދޮންބެ ފެނުނެވެ. ދުވެފާގޮސް ދޮންބެގެ ގައިގާ ބައްދައިގަތީމެވެ. ނަމަވެސް އަހަރެންގެ ހިތަށްވީ ހައްތަހާ ތަދެވެ. ރިހުންވީ އިތުރެވެ. އިސްއުފުލާ ދޮންބެގެ މޫނަށް ބަލާލީމެވެ. އެ ދެލޮލުގައި ހިތާމައިގެ އެއްވެސް ކުލައެއް ފެންނާކަށް ނެތެވެ. އެންމެ ހިތްދަތިކުރުވީ އެވަގުތުވެސް ދޮންބެ ހުރީ ހަމައިގާ ނޫންކަން އެގުމުންނެވެ. ލޯބިވާއެވެ. އަހަރެން މުޅިން ޔަތީމު ވެއްޖެއެވެ. މަންމަ މަރުވީއެވެ. ބައްޕަވެސް މަރުވީއެވެ. ހުރީ ހަމައެކަނި މީހަކީ ދޮންބެއެވެ. ދޮންބެ އަކީ ދުނިޔޭގައި ހުއްޓަސް އަހަންނަށްޓަކައި ނެތްމީހެކެވެ.

ބައްޕަ މަރުވުމުން އަހަރެންގެ ދިރިހުރުމުގެ އުއްމީދު ގެއްލުނެވެ. ރުޔުން ނޫންކަމެއް ނުކުރަމެވެ. އެތަށް ފަހަރަކު ހަނދާންވަނީ ދޮންބެގެ ފަރާތުން ބައްޕައަށް ލިބުނު އަނިޔާތަކެވެ. ދޮންބެ ބުނަމުންދިޔަ ބަދުދުޢާގެ ބަސްތަކެވެ. ބައްޕައަށްޓަކައި އަހަރެން އުޅެންޖެހުނު ގޮތެވެ. ސަލާންޖަހަން މަޖުބޫރުކުރުވީ ދުވަސްތަކެވެ. އެތަށް އެތަށް ހިޔާލުތަކަކުން އަހަރެންގެ ސިކުނޑި ބަރާކޮށްލިއެވެ. އަމިއްލަ އިޚްތިޔާރުން ބޭރުވެވެން ފެށުނެވެ. މޮޔަގޮވަންފެށުނެވެ.

ލޯބިވާއެވެ. މުޅި ދުނިޔެއަށް އަހަރެން އެކަނިވެއްޖެއެވެ. އަޅާލާނެ އެއްވެސް މީހަކުނެތް އަހަރެން ދެން ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ ދިރިއުޅުން ވޭނަކަށް ވެއްޖެއެވެ. މަރުވުން ގާތްވެއްޖެކަމުގެ އިޚްސާސް ކުރެވެން ފެށިއްޖެއެވެ. ނަމަވެސް ކަލާ އަހަރެން މަރުވިޔަކަ ނުދިނެވެ. ބައްޕަ މަރުވި ހަބަރު ކަލާއަށްދިނީ އައިޝާކަން އެގުނެވެ. ކަލާ އަހަރެންނަށް ގުޅިއެވެ. އަހަރެންނަށް ކަލާގެ ފޯނުނަގާނެހާ ހިތްވަރުލިބިފައި ނުވުމުން ފޯނެއްނުނެގުނެވެ. ނަމަވެސް ހަމައަކަށް އެޅުމުން އަހަރެން ކަލާއަށް ގުޅީމެވެ. ރުޔުން ނޫން އެހެންކަމެއް ނުކުރެވެއެވެ. އަނެއްކާވެސް ކަލާ އަހަރެންނަށް އޯގާތެރިވިއެވެ.

ލިޔުނީ:ލަތީފާ

=ނުނިމޭ=

ރިޔާނެގި ޔޮޓެއްގައި 6 މަސްދުވަސް ތެރޭ ދުނިޔެވަށާ ބުރެއް ޖަހާ ރިކޯޑް މުގުރާލައިފި
އުމުރުން

16 އަހަރުގެ ޖެސިކާ ވޮޓްސަން (އަންހެން ކުއްޖެއް) 34 ފޫޓޫގެ ރިޔާނެގި ޔޮޓެއްގައި ދުނިޔެވަށާ  6 މަސްދުވަހުގެ ތެރޭގައި ދަތުރުކޮށް މުޅިދުނިޔެސަމާލުކަމަށް ގެނެސްފިއެވެ. ޖެސިކާގެ މި ހިތްވަރުގެ ސަބަބުން އޭނާ އަށް މިލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ޖެސިކާ ސިޑްނީގެ ބަނދަރަށް އައުމުން އޮސްޓްރޭލިޔާގެ ޕްރައިމް މިނިސްޓަރ މަރުހަބާ ދެންނެވުމަށް ވަޑައިގަތެވެ. އަދި މީގެ އިތުރުން ފަސްލައްކައެއްހާ އާއްމުން ޖެސިކާގެ ދަތުރު ނިންމާލުން ފާހަގަ ކުރުމަށް ސިޑްނީގެ ބަނދަރަށް އެއްވިއެވެ.

ޖެސިކާ ދުނިޔެވަށާ އެކަނި މާއެކަނި ދަތުރަށް ފަށާފައިވަނީ  18 އޮކްޓޯބަރ  2009 ގައެވެ. އަދި ސިޑްނީގެ ބަނދަރަށް އައިސްފައިވަނީ 15 ސެޕްޓެމްބަރ 2010 ގައި ޖެސިކާ އަށް 17 އަހަރު ވުމުގެ 3 ދުވަސް ކުރިންނެވެ. ޖެސިކާގެ މިދަތުރުގައި އެއްވެސް މީހަކު މަގުދައްކާ އެހީތެރިވެދީފައި ނުވާ އިރު މި ދަތުރުގައި ހޭދަކޮށްފައިވަނީ  210 ދުވަހެވެ. ޖެސިކާދަތުރު ކުރަމުން ދިޔައިރު އޭނާގެ ޓީމާއި ވެބްކެމް އަކުން ކޮމިއުނިކޭޓް ކުރަމުން ގެންގޮސްފައިވާކަމަށް ވެއެވެ.

ދުނިޔެއާއި އާޚިރަތުގައިވެސް ކާމިޔާބު އެދޭނަމަ މައިންބަފައިންނަކީ ކޮންބަޔެއްކަން ދެނެގަތުން ހުއްޓެވެ.
ޤިޔާމަތް ދުވަހު މައިންބަފައިން ތިބާއަށް ކޮށްދިނީ ކޮންކަމެއްތޯ ތިބާއަކާ ސުވާލެއްނުކުރެވޭނެއެވެ. ތިބާއާއި ހަވާލު ކުރެވިފައިވާ މަސްޢޫލިއްޔަތަކީ މައިންބަފައިންނަށް އޯގާތެރިވުމެވެ. އެކަމާއިމެދު ތިބާއާއި ސުވާލުކުރެވޭނެއެވެ. މައިންބަފައިންނާއި ސުވާލު ކުރެވޭނީ އެބައިމީހުންނާއި ﷲ ތަޢާލާ ހަވާލު ކުރެއްވި ޒިންމާއާއި މެދުގައެވެ. މައިންބަފައިންނަށް ކަމޭހިތާ އޯގާތެރި ވާންޖެހެނީ ، އެ ދެމީހުން ކޮށްދިން ކަންތައްތަކެއްގެ ބަދަލެއްގެ ގޮތުގައެއްނޫނެވެ. ﷲ ތަޢާލާއަށް އަދާކުރެވޭ އަޅުކަމެއްގެ ގޮތުގައެވެ. އެއިލާހު އެގޮތައް އަމުރުރުކުރައްވާފައިވާތީ އެ އަމުރުފުޅަށް ކިޔަމަންތެރިވުމުގެ ގޮތުންނެވެ.

ހަށިގަނޑުގައި ބާރު ޖެހުނު ދުވަހު މައިން ބަފައިން މަތިން ހަނދާން ނައްތާ ނުލާށެވެ. އެ ދެމީހުންނަށްވުރެ ތިމާ ބޮޑެއްނުވާނެއެވެ. ދުވަހަކުވެސް ނުވާނެއެވެ. މަރުވުން އެބަ އޮތެވެ. މަރުވުމަށް ފަހު ޙަޔާތެއްވެއެވެ. ތިބާވެސް މަރުވާނެއެވެ. ގަޑި ނޭންގެނީ އެވެ. ދުނިޔޭގައި ހުރިނަމަ މުސްކުޅިވާނެއެވެ. އެއަށްފަހުގައިވެސް މަރުން ސަލާމަތެއް ނުވެވޭނެއެވެ. ތިމާ މުސްކުޅިވާދުވަހު، ދަރިން ގެ ކިބައިން އިޙްތިރާމާއި ލޯބި ލިބުން އެދޭ ކަމުގައިވާނަމަ ، މިއަދު މައިންބަފައިންނަށް ޤަދަރުކުރާ ދަރިއެއް ކަމުގައި ތިބާވާށެވެ. ﷲ ތައާލާގެ ހަޟްރަތުގައި އެހާ މަތީ މަޤާމެއްދެވިފައިވާ ބަޔަކަށް، (މައިންބަފައިންނަށް) ތިމާ ހިތިހުރި ގޮތެއްހެދުމަށްފަހު މަރުވެ ގޮސް އެއިލާހުގެ ކުރިމަތީގައި ، ހުއްޓި ހުންނަންޖެހޭ ދުވަހުގައި ކާމިޔާބު ލިބިދާނެ ކަަމަށް ތިބާއަށް ހީވޭހެއްޔެވެ.؟

ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމާއި ނަޙީ ކުރެއްވި ކަންތަކުން ދުރުވުމުގައި ދިމާވާ އިމްތިޙާން ތަކަށް ކެއްތެރިވާށެވެ.

ކުރިޔަށް ވަޑައިގަންނާށެވެ…

މަންމާ…ބައްޕާ…

ﷲ ތަޢާލާ ވަހީ ކުރެއްވިއެވެ.

أَلَمْ نَجْعَل لَّهُ عَيْنَيْنِ     وَلِسَانًا وَشَفَتَيْنِ

“ތިމަން އިލާހު އެ އިންސާނާ އަށް ދެލޯ ނުދެއްވަންހެއްޔެވެ. އަދި ދުލަކާއި ދެ ތުންފަތް ނުދެއްވަންހެއްޔެވެ.”(ބަލަދު 8،9 ) އ

ދުލުގައި ވާހަކަ ދެއްކުމުގެ ބާރު ލެއްވި އިލާހު ވަހީ ކުރެއްވިއެވެ.

وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا

” ހަމައެކަނި އެކަލާންގެ އަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުރުމަށާއި،މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަށް ކަލޭގެފާނުގެ ވެރި ރަސްކަލާންގެ ކަނޑައަޅުއްވައި އެންގެވިއެވެ. އެދެމީހުނގެ ތެރެއިން އެކަކު ނުވަތަ އެދެމީހުން ތިބާގެގާތުގައި ތިބެ މުސްކުޅި ކަމާއި ހަމައަށް ފޯރައްޖެނަމަ އެދެމީހުންނަށް އުއްފު ވެސް ނުބުނާށެވެ. (އެބަހީ :ނުރުހުމުގެ ކިތައްމެ ކުޑަ މިންވަރެއްވެސް ނުބުނާށެވެ .) .   އަދި އެދެމީހުންނަށް އަޑު ލައްވައި ނުހަދާށެވެ. އަދި މާތް ބަހުން އެދެމީހުންނަށް ބަސްބުނާށެވެ.”( އިސްރާ 23) އ

وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا

” އަދި އޯގާވެރި ވުމުގެ ގޮތުން ނިކަމެތިކަމުގެ ފިޔަ ތިބާ އެދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ. އަދި ބުނާށެވެ މި އަޅާ ކުޑަ އިރުއްސުރެ ބަލާ ބޮޑު ކުރިފަދައިން އެދެމީހުންނަށް ރަޙްމަތް ލައްވާފާންދެވެ.” (އިސްރާ 24)އ

އަދިވެސް ވަޙީ ކުރެއްވިއެވެ.

وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ وَفِصَالُهُ فِي عَامَيْنِ أَنِ اشْكُرْ لِي وَلِوَالِدَيْكَ إِلَيَّ الْمَصِيرُ

” އިންސާނާއަށް އޭނާގެ މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަން ރަސްކަލާންގެ ވަޞިއްޔަތް ކުރެއްވީމެވެ.އޭނާގެ މައި މީހާ ، ބަލި ނިކަމެތި ކަމުގެ މައްޗަށް ވާ ބަލި ނިކަމެތިކަމާއި އެކު މާ ބަނޑުގައި އޭނާ އުފުލިއެވެ. އަދި ކިރު ތުނބުން ވީއްލުންވަނީ ދެ އަހަރު ވުމުންނެވެ.( އެބަހީ ދެއަހަރު ވަނދެން އޭނާ އަށް ގާތުން ކިރުދިނެވެ.) ތިމަން ރަސް ކަލާންގެ އަށާއި މައިން ބަފައިންނަށް ޝުކުރު ކުރުމަށް ތިމަން ރަސްކަލާންގެ އަމުރުކުރައްވަމެވެ. (ބޮޑާވެ ފުރަގަސްދިން ކަމުގައި ވިޔަސް) އެނބުރި ރުޖޫޢަ ވުން ވަނީ ހަމަ ތިމަންރަސްކަލާންގެ ހަޟްރަތަށެވެ.”(ލުޤްމާން 14) އ

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. އެއްދުވަހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ގާތައް މީހަކުއެއެވެ. އަދި ބުންޏެވެ. އޭ ﷲގެ ރަސޫލާއެވެ. މީސްތަކުންގެ ތެރެއިން ތިމަންނަ ހެޔޮކޮށް ހިތުން އެންމެ ހައްޤުވެގެން ވަނީ ކާކަށްތޯއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ތިބާގެ މަންމަ އެވެ. އެބޭކަލަކު ބުންޏެވެ. ދެން ކާކުތޯއެވެ. ހަދީޘް ކުރެއްވިއެވެ. ތިބާގެ މަންމައެވެ. އެބޭކަލަކު ވިދާޅުވިއެވެ. ދެންކާކުތޯއެވެ. ޙަދީޘް ކުރެއްވިއެވެ. ތިބާގެ މަންމައެވެ. އެބޭކަލަކު ވިދާޅުވިއެވެ ދެން ކާކުތޯއެވެ. ޙަދީޘް ކުރެއްވިއެވެ. ދެން ތިބާގެ ބައްޕަ އެވެ. (މުއްތަފަޤުން ޢަލައިހި)އ

ޢަބްދުﷲ ބުން މަސްޢޫދު ރަޞިޔަﷲ ޢަންހު ވިދާޅުވިއެވެ. (ތިމަން، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން ސުވާލު ދެންނެވީމެވެ. : ﷲ ތަޢާލާގެ ހަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަަމަލަކީ ކޮބައިތޯއެވެ. އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. ( ނަމާދު އޭގެ ވަޤުތުގައި އަދާކުރުމެވެ) ތިމަން ކަލޭގެފާނު ވިދާޅުވީމެވެ. ދެން ކޮންކަމެއްތޯއެވެ.؟ ޙަދީޘް ކުރެއްވިއެވެ. ( މައިންބަފައިންނަށް ހެޔޮކޮށް ހިތުމެވެ. ) ތިމަން ކަލޭގެފާނު ވިދާޅުވީމެވެ. ދެން ކޮންކަމެއްތޯއެވެ.؟ ޙަދީޘް ކުރެއްވިއެވެ. (ﷲ ގެ މަގުގައި ޖިހާދު ކުރުމެވެ. )(މުއްތަފަޤުން ޢަލައިހި)އ

ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ފުޅުކުރެއްވިއެވެ. ( ސުވަރުގެ ވަނީ މަންމަގެ ފައިތިލަ ދަށުގައެވެ )(މުއްތަފަޤުން ޢަލައިހި)އ

މާނައަކީ ސުވަރުގެ ލިބުންވަނީ މަންމައިން ބަފައިންނަށް ހެޔޮކޮށް ހިތައިގެންނެވެ އަދި މަންމަގެ ރުހުން ލިބިގެންނެވެ.

މައިން ބަފައިންނަކީ ﷲ ތަޢާލާގެ ހަޟްރަތުގައި ވަރަށްމަތީ މަޤާމެއްދެވިފައިވާ ބައެކެވެ.

ﷲ ތަޢާލާއަށް އުރެދޭ ކަމަކަށް ގޮވާ ނުލާހާ ހިނދަކު މައިންބަފައިންނަށް ކިޔަމަންތެރިވުން ވާޖިބު ވެގެންވެއެވެ.

މައިންބަފައިން ނަށް ގޯސްކޮށް ކަމެއްކުރެވޭނަމަ އެމީހުންނަށް ނަސޭހަތްތެރި ވުމަކީ ކުރަންޖެހޭ ކަމެކެވެ.

މައިން ބަފައިންގެ ޤަދަރު ކުޑަވާފަދަ ވާހަކަ ދެއްކުމާއި ޢަމަލުކުރުން ހުއްދަވެގެން ނުވެއެވެ.އ

މައިންބަފއިންނަށް ނުބައިކޮށް ހިތުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.

މައިންބަފައިންނާއި ސުވާލު ކުރެވޭނީ ދަރިންނާއި މެދުގައެވެ. މައިންބަފއިން ތިބާއަށް ކޮށްދިނީ ކޮންކަމެއްތޯ ތިބާއަކާ ސުވާލެއްނުކުރެވޭނެއެވެ. ތިބާއާއި ހަވާލު ކުރެވިފައިވާ މަސްޢޫލިއްޔަތަކީ މައިންބަފައިންނަށް އޯގާތެރިވުމެވެ. އެކަމާއިމެދު ތިބާއާއި ސުވާލުކުރެވޭނެއެވެ. މައިންބަފައިންނާއި ސުވާލު ކުރެވޭނީ އެބައިމީހުންނާއި ﷲ ތަޢާލާ ހަވާލު ކުރެއްވި ޒިންމާއާއި މެދުގައެވެ. މައިންބަފައިންނަށް ކަމޭހިތާ އޯގާތެރި ވާންޖެހެނީ ، އެ ދެމީހުން ކޮށްދިން ކަންތައްތަކެއްގެ ބަދަލެއްގެ ގޮތުގައެއްނޫނެވެ. ﷲ ތަޢާލާއަށް އަދާކުރެވޭ އަޅުކަމެއްގެ ގޮތުގައެވެ. އެއިލާހު އެގޮތައް އަމުރުރުކުރައްވާފައިވާތީ އެ އަމުރުފުޅަށް ކިޔަމަންތެރިވުމުގެ ގޮތުންނެވެ.

ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވުމާއި ނަޙީ ކުރެއްވި ކަންތަކުން ދުރުވުމުގައި ދިމާވާ އިމްތިޙާން ތަކަށް ކެއްތެރިވާށެވެ.އ

ބުރުގާ އެޅުން 2
ލިއުނީ ޑޮކްޓަރ އިބްރާހިމް

ޖަރުމަނުގެ ގިނަ އަވަށްތެކުގައިވެސް މިހާރު  މޫނުބުރުގާއެޅުންމަނާކޮށްފި.‫​

ބެލްޖިއަމްގައި މޫނުބުރުގާއެޅުން މަނާކުރުން ވަނީ މިހާރު ގާނޫނު ހަދާ  މަޖިލީހަށް އިސްތިސްނާސް ކުރަން ހުށަހަޅާފަ.‫​

ތުރުކީ (އާބާދީ ގެ 3/2 މުސްލިމުން ބުރުގާ އެޅުން ވަނީ އާންމު ތަންތަނުގައި  މަނާކުރެވިފައި.‫​         ހަމަ މިފަދައިން ބެލްޖިއަމް، އިޓަލީ، ނެދަރލެންޑްސް،  އިގިރޭސިވިލާތުގައިވެސް ދަނީ މޫނު ބުރުގާ އެޅުން މަނާ ކުރުމަށް ބާރު  އަޅާމަސަތްކަތްކުރަމުން.‫

ތިމާބޭނުން ގޮތަކަށް ހެދުންލާހެދުމަކީ ތިމާއަށް ލިބިފައިވާ އިންސާނީ  ހައްގެއް ނޫންތަ؟

މޫނުބުރުގާ އެޅުން މަނާކުރުމާ އެއްކޮޅަށް ވާހަކަދައްކާ މީހުން ބުނަނީ- ބުރުގާ އެޅުން މަނާ ކުރުމަކީ އެއަޅާ މީހަކަށް ލިބިފައިވާ ޙައްގަކަށް  އަރައިގަނެވުން ވަކަށް މޫނުބުރުގަލާ ދެކޮޅަށް ބުނަނީ- މޫނު ބުރުގަލަކީ އަންހެންވަންތަކަން ގެއްލޭ އަންހެނުން އަމިއްލަ އަށް  “ޖަލު” ބެދެވިފައި ތިބޭ ފަދަ ދަށުދަރަޖަ އަކަށް އަންހެނުން ގެ ޙާލަތު  ދާކަމެއްކަމަށް، އެމީހުން ގެ މިނިވަންކަން ގެއްލޭކަމެއް ކަމަށް

- މުސްލިމުން ޔޫރަޕްގެ ގައުމުތަކަށް އަންނަން ޖެހޭނީ އެމީހުން ގެ އާދަ  ކާދަތަށް ޤަބޫލް ކޮށް އެމީހުން ގެ ޝަޤާފަތަށް ހުރުމަތްތެރިކޮށް ހިތަން  އެށްބަސްވެގެން ކަމަށް.‫​- މުސްލިމުން މޫނުބުރުގާ އެޅީމަ މަގުމަތީހިނގާ އެހެން މީހުން ނަށް  އެއީކާކުކަން ނޭނގި މަގުމަތީ ހިނގާއެހެން މީހުން ނަށް ލަދުވަތިވެ  ބިރުހީވުން- ޓެރަރިޒަމް އަށް މަގުފަހިކޮށް ދޭނެ ކަމަށް – ވައްކަމާ މަގުފޭރުމަށް ބައެއް މީހުން ބޭނުންކުރާ އުކުޅެއްކަމަށް.‫ އޮސްޓްރޭލިއާގަ ރޭގެ ވަގުތެއް ގައި ބަޔަކު މޫނުބުރުގާ އަޅާގެން ވައްކަމުގެ  ބޮޑު ކަމެއް ކޮށް ފައި ވާކަމަށް އޮސްޓްރޭލިއާގެ ނުސް ތަކުގައި ލޔެ ބައެއް  ސިއާސީ މީހުން ބުރުގާ މަނާ ކުރުމާ ބެހޭ ޤާނުނަށް ގޮވާފައިވޭ.‫

މަތިގައި ވާކަންތަކާ ބެހޭގޮތުން މޫނު ބުރުގަލާ އެއްކޮޅަށް ވާހަކަ  ދަށްކާމީހުން ބުނަނީ ޑިމޮކްރަސީ އާ އަންހެނުންގެ ޙައްޤުތަކަށް ވަކާލާތުކުރާ  ގައުމުތަކުން މި ދައްކާވާހަކަ ތަކަކީ ހަމަޖެހޭވާހަކަ ތަކެއް ނޫންކަމަށާ މި  ކަމުގެ ސަބަބުން އެމީހަކު ލާންވީ އެއްޗެއް ލުމަށް ނުކުޅެދި  އަމިއްލަގޭބަންދަކަށް ދާފަދަ ޙާލަތަކަށް މުސްލިމުން ޔޫރަޕްގެ ޤައުމުތަކަށް  ދާނެކަމަށް ބުނޭ.‫​ ކިރިއާ އޮރިޔާން ނިވާވާ ހާލަތުޤައި މޫދުމަތީގަޔާ  އެހެންތަންތާގަވެސް މީހުން އުޅުމުގެ ހުއްދަ އޮންނައިރު ބުރުގާ އަޅާނެ  ގޮތަކަށް އެޅުން ވެސްހަމަރަނގަޅުކަމަށް ޤަބޫލް ކުރަން ވާނެކަމަށް.‫​ އަދި  އެމީހަކު އައިޑީކާރޑް ދެއްކުމުން (އެއަރޕޯރޓް) ފަދަތަންތަނުގައި  އެއީކާކުގަން ނޭގެން ވީސަބެބެއް ނޯންނާނެ ކަމަށެވެ.‫​ އަދި ވައްކަމާ  ފޭރޭމީހުން މޫނު ނިވާކުރަން ބޭނުން ކުރަނީ ހަމައެކަނި މޫނު ނިވާކުރާ  ބުރުގާނުން ކަމަށާ، އަންހެނުން ލާ ސްޓޮކިންގސް (ބޮޑު އިސްޓާކީން) ވެސް މި  މޭރުމުން ޖެހޭނީ މަނާކުރަން ކަމަށެވެ.‫​ އަދި ގިނާ މުސްލިމާއިން ބުރުގާ  އަޅަނީ އެމީހުން ގެ އަމިއްލަ އެދުމުގެމަތިން އެއްވެސް މަޖުބޫރީ ޙާލަތެއް  ގައި ނޫން ކަމަށެވެ.‫

އިޤްތިޞާދީގޮތުން ހީނުކުރާ މިންވަރުގެ އަޑި ގަނޑަކަށް ހިނގައިދާނެ ކަމަށް ބެލެވެން ފަށައިފ
ރާއްޖޭގެ އިޤްތިޞާދަށް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ބޮޑެތި ބަދަލު ތަކެއް އަތުވެދާނެކަމަށް ބެލެވޭ ކަމުގައި ކަމުގެ މާހިރުންހާމަކުރައްވައެވެ. މިކަމުގެ ސަބަބެއް ކަމުގައި ބެލެވެނީ ސަރުކާރުގެ ހަރަދުތައް އަތް ނުފޯރާ ދަރަޖައަށް ދިއުމުން މުސާރައާއި އެހެނިހެން ޚިދުމަތްތަކަށް އަންނަ ބަދަލުން ކަމުގައި ހާމަކުރައްވައެވެ.

ސިއްޚީ ހިދުމަތް ދޭ ހަމަ އެކަނި ހުންނަ ސަރުކާރު ހިއްސާވާ ހޮސްޕިޓަލް ކުއްޔަށް ދިނުމާއި އެފެންވަރަށް ޚިދުމަތް ދެވެން ނެތުމުން ދިވެހިރައްޔިތުންނަށް ނުހަނު ބޮޑެތި ދަތިތަކާއި ކުރިމަތިވަމުންދާ ކަމަށް ރައްޔިތުން ޤަބޫލުކުރާއިރު ކަންކަމަށް ޤާބިލު ފަރާތްތައް މަޤާމްތަކަށް އައްޔަން ކުރަމުން ނުދިއުމަކީ މިކަމަށް ދިމާވާ އެއްސަބަބު ކަމުގައި ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ހާމަކުރެއެވެ.

ތަކެތީގެ އަޤާއި ޚިދުމަތުގެ އަގު އުފެލެން ފަށާފައި ވީއިރު މުސާރަތައް ވަނީ ނުހަނު ކުޑަވެފައެވެ. ބިމަށް ޖެހިފައިވާ މާލެ ފިޔަވާ އެހެން ހިސާބެއްގައި ހުޅުވިފައިވާ ބާޒާރެއް ނެތްކަމީ މިކަން ހައްލުނުވެގެން ހިނގައިދާނެކަމަށް ނުފެންނަ އެއްސަބަބެވެ.

ބުރުގާ އެޅުން!
ލިއުނީ: ޑޮކްޓަރ އިބްރާހިމް

ބުރުގާ އޭ ދިވެހިން ކިއާއުޅޭ އުޅުމާ އަރަބިން ނާ ޔޫރަޕްމީހުން ބުރުގާ ކިޔާ ކިޔުމާ ތަފާތުތަކެއްވޭހެއްޔެވެ؟

އާނ.‫​ ބުރުގާ އަކީ މުޅިމޫނު ނިވާވާ ގޮތަށް އަޅައިގެން އުޅޭގޮތަށް ހަދާފައި ހުންނަ ‘ހިޖާބު’ ގެވަށްތަރެކެވެ.‫​ ރާއްޖޭގައި ގިނަ މުސްލިމާއިން އަޅައި ހަދަނީ ‘އަލް އަމީރާ” ނޫނީ މުސްކުޅިން ގެ ބައެއް މީހުން “ކިމާރ” ގެ ވައްތަރު ގެ ހިޖާބުއެވެ.‫​ ހިޖާބަކީ އަރަބި ބަހެކެވެ.‫​ މާނައަކީ ހުރަސް ނޫނީ ބައިކުރުމެވެ.‫​ އިސްލާމް ދީނުގައި މީގެ މާނަ މިއަށްވުރެ ފުނެވެ.‫​ އިސްލާމް ދިނުގައިމީގެ މާނަކުރެވެނީ ހިތްތިރި ކުރުމާ، އަދަބުވެރިކަމާ، ތިމާލާހެދުމާއި އުޅޭއުޅުމާއި އަދަބުތަކެވެ.‫

ކީރިތި ގުރުއާން ގައި ބުރުގާ އެޅުމާ ބެހޭގޮތުން އޮތީ ކީކޭ؟

ނޫރު ސޫރަތު ގެ 31 ވަނަ އާޔަތުގައި ވަނީ ‘ އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތަށް ތިރިކުރުމަށާއި އެކަނބަލުންގެ ފަރުޖުތަށް ރަށްކާތެރިކުރުމަށް ކަލޭގެ ފާނުވިދާޅުވާށެވެ.‫​ އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެން ވާ ތަން ފިޔަވާ (އެބަހީ މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތްތައް ފާޅުނުކުރާ ހުށިކަމެވެ.‫​ އަދި އެކަނބަލުން ގެ ބުރުގާތަށް އެކަނބަލުން ގެ ކަރުދޯޅުގައި އަޅާ ނިވާކުރާހުށިކަމެވެ.‫” 24:31  މިއާޔަތުގައި ބުރުގާ އޭ މާނަ ކުރެވިފައި ވާ ޢަރަބި ބަހަކީ “ކުމުރު”.‫​ ކުމުރު ގެ ޢަރަބި އޮންނަނީ އެންމެ މާނައެކެވެ.‫​ އެއީ ބޮލުނިވާކުރަން އަޅާ ފޮތިކޮޅެވެ.‫​ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމަގެ  ޒަމާނުގައި “ކުމުރު” – ބޮލުނިވާ ކުރާފޮތޮކޮޅު އަޅަހަދައެވެ.‫​ މެޔާ، ކަނދުރާ ހާމަވާގޮތަށެވެ.‫​ މާތް ﷲ މިއާޔަތުގައި ވަޙީކުރަށްވަނީ “ކުމުރު” ތަށް ކަނދުރައާއި މޭމަތި އަށް ތިރިކުރުމަށެވެ.‫​ ގިނަ ޢިލްމުވެރިން އެއްބަސްވެލަށްވާގޮތުގައި މޫނާއި، ދެއަތްތިލަ ފިއަވާ އެހެންތަންތަން ނިވާކުރަން އިސްލާމްދީންގައި އަން ގަވާފައި ވެއެވެ.‫

އަފްޣާނިސްތާން ގެ އަންހެނުން އަޅާއެއްޗަށް ކިޔަނީ ކީކޭތަ؟

އަފްޣާނިސްތާނުގެ މީހުން އަޅާ ޙިޖާބަކީ އަސްލު ބުރުގާއޭ މިކިޔާއެތި.‫​ އޭގެންމުޅި މޫނު ނިވާކޮށް ފައިހުންނާނީ – އެޔަށް ބައެއް މީހުން ޝަޓަލް ކޮކް ބުރުގާ އޭ ވެސް ކިއާ.‫​ ކުރީގެ ސުވާލުގެ ޖަވާބު ބަލާފިނަމަ އެއީ ގިނަ ދީނީޢިލްމުވެރިންގެ ނަޒަރުގައި ކޮންމެ ހެން އަޅަންޖެހާ އެއްޗެއްނޫން.‫​ އެކަމަކު ބައެއް މީހުން އެއީ އަޅަން ޖެހޭއެއްޗެއް ކަމަށް ދަޢުވާކުރޭ.‫​ ހިތާމައަކީ ގިނަ އަފްޢާނިސްތާނުގެ މުސްލިމުން މި ބުރުގާ އަޅަނީ އޭރުގެ ތަލިބާނުން ގެ ބާރުއެޅުމުގެ މަތިން މަޖުބޫރުވެރިވެގެން.‫​ މާލެތެރެއެއިން ވެސް މަދުމަދުންނަމަވެސް މިފަދަ “މޫނު” ބުރުގާ އަޅާ ތަން ފެނޭ.‫​ ޙައްޖުގެ އަޅުކަން ކުރާއިރު ގަޔާ ނަމާދުކުރާއިރު މޫނު ނިވާކުރުން ގިނަމީހުން ގަބޫލުކުރާގޮތުގައި ވަނީ ޙަރާމް ކުރަށްވައިފައި.‫

ދިވެހިރާއްޖޭގައި ބުރުގާ އަޅާކުދިން ބުރުގާ އަޅަނީ މަޖުބޫރުންތަ ނޫނީ އަމިއްލަ އައްތަ؟

ތީ ވަރަށް ދަތި ސުވާލެއް ޖަވާބު ދޭން.‫​ އަހަރެންގެ ކޮއްކޮ ބުރުގާ އެޅީ ސުކޫލް ދުވަސް ވަރުގައި.‫​ ހަމަގައިމުވެސް ބައްޕަ އާއި މަންމަ ބުނެގެން ނެއްނޫން.‫​ ސްކޫލް ގާތްރަޙްމަތްތެރި އެއް އެދުވަސްވަރު އެޅިކަން އެނގޭ.‫​ އޭރުގައި އިސްލާމް މާއްދާ ކިއަވާދިން އިރަކުރަ ކު ހިއެއް ނުވޭ ބުރުގާ އެޅުމަކީ ކުރަންޖެހޭ ކަމެއް ގޮތުގައި މާއިސްކަން ދީގެން ކިޔަވާދިން ހެނެއް.‫​ އެކަމަކު ހީވަނީ ދިވެހިރާއްޖޭގައިވެސް މައިންބަފައިގެން ބުނުގެމަތިން ނާއި މަޖުބޫރީ ޙާލަތްތަކުގައި ބުރުގާ އަޅައި ހަދާކުދިން އުޅޭނެ ހެން.‫​ ތި ކަމާބެހޭ ސާރވޭ އެއްހަދާލުން ވަރަށް ރަނގަޅުވާނެ.‫

މިހާރު ޔޫރަޕް ގެ ބައެއް ގައުމުތަކުގައި ވަރަށް ހޫނު ކޮށް ބަހުސް ކުރެވެމުން ދާތި އަޑުއަހަން “ބުރުގާ” މަނާ ކުރުމާ ބެހޭގޮތުން ފާސްކުރަން މަސައްކަތްކުރާވާހަކަ.‫​އެއީ ތެދެއްތަ؟

އާނ، މިހާރު ފްރާންސް ގަ (މުސްލިމުންގެ އާބާދީ ރާއްޖެއަށްވުރެ ބޮޑު) ގައި ވެސް މޫނު ބުރުގާއި އެޅުންވަނީ މަނާކޮށްފައި‫.

‫ނުނިމޭ

ގޮތްނޭނގޭ ފޯނު ކޯލަކުން މީހުން މަރުވަމުންދަނީ
އެކި މީހުންނަށް ގޮތްނޭނގޭ ފޯނު ކޯލެއް ލިބި މަރުވަމުން ދާކަމުގެ ޚަބަރު ދާދިދެންމެ އަކު ފެތުރެން ފަށައިފިއެވެ. ފޯން ކޯލަކުން މީހުން މަރުވެދާނެކަން ދައްކުވައިދޭ ފިލްމެއްވަނީ  ތައިލެންޑްގައި ވަނީ 2005 ނެރެފައެވެ. މިފިލްމު ގެ ނަމަކީ “ދަރިންގް-999-999-999 އެވެ.  ވަތަން ޑޮޓް ކޮމް ގެ ފަރާތުން މިކަން ދިރާސާ ކުރަމަށް މަސައްކަތް ކޮށް މި ހާދިޘާ ހިނގާފައިވާ އެއްވެސް ފަރާތެއް ދަންނަ ފަރާތަކާއި ވެސް އަދި ބައްދަލެއް ނުވެއެވެ.  ފޯނުކޯލަކުން މީހުން މަރުވާނެ ސަބަބެއްކަމަށް ކަމުގެ މާހިރުން ބުނަނީ  ހަމައެކަނި ރޭޑިއޭޝަން މެދުވެރިކޮށް ފޮނުވައިލެވޭ “އިލެކްޓްރޯ” ވައި ރެހަކުންނެވެ.  ނުވަތަ ހައި ފްރެކެންސީ އަކުންނެވެ. އިންސާނާ އަށް އަޑު އިވެނީ ފްރެކެންސީ ވަކިވަރަކަށް މަތި ނުވެ ނުވަތަ ދަށް ނުވެ ހުންނަ އަޑުތަކެވެ. މި ނޫން އަޑުތަކަށް ކިޔަނީ ” އަލްޓްރާ ސޮނިކް ސައުންޑް” އެވެ. އަލްޓްރާ ސޮނިކް ސައުންޑެއް އިންސާނާ އަށް އިވޭގޮތް މެދުވެރިވެއްޖެ ނަމަ އިންސާނާ ހަމަ ކުއްލިއަކަށް މަރުވެދާނެއެވެ. މިއާއި އެކު މިކަމުގެ ފުރުޞަތު އޮތްތޯ ކަމުގެ މާހިރަކާއި  ވަތަންގެ ނޫސްރިޕޯޓަރ ޔޫތަލް ސުވާލުދެންނެވުމުން އެކަމުގެ ފުރުޞަތު ނޯންނާނެ ކަމަށް ބަޔާން ކުރިއެވެ. އަދި އިންސާނާ އަށް އެ އަޑުތައް އިވޭނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

ފޯނުގެއިންޖޭނުރުން ބުނާގޮތުން މޮބައިލް ފޯނަކަށް އެފަދަ ހައިފްރެކެންސީއެއް ފޯރުކޮށްދިނުމުގެ ޤާބިލްކަން ލިބިގެނެއްނުވާނެއެވެ. އެހެނީ ފޯނު ހެދިފައިވަނީ ވަކި ފްރެކެންސީއެއް އޭގައިވާ ސްޕީކަރުން ފޯރު ކޮށްދެވޭ ފަދަ މެކޭނިޒަމްއަކުންނެވެ.

ދިވެހިރާއްޖޭގެ ބައެއް ފޯނުތަކަށް އެސްއެމްއެސް އެއް ލިބެމުން ދާ ކަމަށާއި އޭގައިވަނީ  7888308001 އާއި 9316048121 އާއި 9876266211 އާއި 9888854137 އާއި 9876715587 ގެ ނަމްބަރުން އަންނަ ކޯލްތަކަށް ޖަވާބު ނުދިނުމަށާއި މިނަމްބަރު ތަކުން ގުޅާއިރު އިންނާނީ ރަތްކުލާއިން ކަމުގައެވެ.  މި ނަމްބަރު ތައް ކަށަވަރު ކޮށްދިން ފަރާތެއް ކަމުގައި މި އެސްއެމްއެސް ގައި ބަޔާން ކޮށްފައިވަނީ ޑީޑީ ނިވްސްއެވެ.

ނޫސްވެރިކަމުގެ ވިސްނުމަކުން ވިސްނާއިރު މިކަން ކުރިކަމެއް ކަމަށް ބެލެވެނީ ޑީޑީ ނިއުސް އިސްތިހާރު ކުރުމަށް ކުރި ކަމެއް ކަމުގައެވެ.

2007 ވަނަ އަހަރު ގެ އެޕްރީލް މަހުގެ 13 ވަނަ ދުވަހު ( ހުކުރު ދުވަހު) ފުރަތަމަ މި މެސެޖް ފެތުރިގެން ދިޔައީ ޕާކިސްތާނުގައެވެ. އަދި 48 ގަޑި އިރުގެ ތެރޭގައި  މި އެސްއެސް ވަނީ އިންޑިޔާ ޕާކިސްތާނުން ފެށިގެން އެފްރިކާ ބައްރައް ފެތުރިފައެވެ. އޭރުވެސް ވަނީ މިހާރު ފެތުރެމުންދާ އެސްއެމްއެސް ގައިވާ ވާހަކަ ތަކަކާއި އެއް ނަމްބަރު ތަކެކެވެ. އަދި ހަމަ އެހެންމެ އެކަން ބާޔާން ކޮށްފައިވަނީ ޑީޑީ ނިއުސް އާއި ވޮަޗް އާޖް ޓޯކް އަދި އައިބީއެން 7 އާއި ހަވާލާދީއެވެ.

2007 ވަނަ އަހަރު މިކަމާއި ގުޅޭގޮތުން އެންމެ ކަންތައް ބޮޑުވި އެއްްޤައުމަކީ ޤާނާ އެވެ. މިކަމުގެ މަޢުލޫމާތު ހޯދުމަށް ޤާނާގެ އެންމެބޮޑު ސެލިއުލާ ހިދުމަތްދޭ ނެޓްވޯކް ކަމުގައިވާ އެމްޓީއެން އަރީބާ އިންވަނީ މިފަދަ ފުރުޞަތެއް ނޯންނާނެކަމަށް ހާއްޞަ ރިޕޯޓެއް ނެރެފައެވެ.

2007 ވަނަ އަހަރު ފެތުރުނު އެސްއެމް އެސްއަކީ :

Hi All,

Its very important news for all of you. Do not pick up calls Under given numbers.

, 9888308001

, 9316048121 91+

, 9876266211

, 9888854137

, 9876715587

These numbers will come in red color, if the calls comes up from these numbers. Its with very high wave length, and frequency. If a call is received on mobile from these numbers, it creates a very high frequency and it causes brain ham range.

It’s not a joke rather, its TRUE. 27 persons died just on receiving calls from these numbers. Watch Aaj Tak (NEWS), DD News and IBN 7.

Forward this message to all u’r friends and colleagues, and relatives

ކަރުނަޔާ ހިތްދަތިކަން ވޭނާއާޚް-4
އަހަރެން ކިތަންމެ އޮޅުވާލަން އުޅުނަސް އަހަރެންގެ ހިތުގެ ހާލު ކަލާއަށް އެނގުނެވެ. ފާޅުގައި އަހަރެން އޮޅުވާލަނީ ކަމުގައި ޔަޤީންވިއެވެ. އެންމެ ފަހުން އަހަރެންގެ ހިތުގެ ހަޤީޤަތް ހާމަކުރީމެވެ. ކަލާދެކެ ލޯބިވާ ވާހަކަ ބުނީމެވެ. ދުވަހަކުވެސް އަހަރެންގެ ސަބަބުން ކަލާ ލަދުގަނެ ދެރަވާން ނުޖެހޭނެ ކަމުގައި ޔަގީންކޮށްދިނީމެވެ. ކަލާގެ ނަމުގެ ފަހަތަށް ދުވަހަކުވެސް ހަޑިނަމެއް އަހަރެންގެ ފަރާތުން ނާންނާނެކަމަށް ވަޢުދުވީމެވެ. އެހާވެސް ބޯޑަށް އަހަރެން ކަލާދެކެ ލޯބިވީމެވެ. އަހަރެންގެ ހާލަށް ކަލާ އޯގާތެރިވީމައެވެ. ރޮވިފައި، ދެރަވެފަ ހުންނަކަން އެގުމުން ހެއްވާލާ، އުފާކޮށްލަން އުޅޭތީއެވެ. އަބަދުވެސް އަހަރެންނަށް އޯގާތެރިވާނަންކަމަށް ބުނާތީއެވެ. ކަލާއަށްޓަކައި މިހިތުގައި ފޮނި އުއްމީދުތަކެއް ކުރެވެން ފެށުނެވެ. ހަޤީގަތަކަށް ނުވެދާނެކަމަށް އެއްވަރަކަށްވެސް ވިސްނާނުލައެވެ.

ކަލާޔާ ވާހަކަ ދައްކާލެވޭއިރު ވަރަށް އުފާވެއެވެ. ނަމަވެސް މަދު މިނެޓް ކޮޅަކަށެވެ. ހިތްދަތިކަން ކުރިމަތި ކުރުވާތީއެވެ. ކަލާޔާ ދޭތެރޭ ކަންތައް ކުރާނެ ގޮތުގެ އިންޒާރު ދޭތީއެވެ. ކަލާދެކެ ލޯބިވާކަން އެގިއްޖެނަމަ އަހަރެންގެ އިއްޒަތާއި އަބުރު ލޫޓުވާލާނަންކަމަށް އިންޒާރު އަންނާތީއެވެ.

އަހަރެންނަށް ނޭންގި ކުރެވޭ ކުޑަކުޑަ ކުށަކުންވެސް ލިބޭ އަނިޔާ ބޮޑުކަމުންނެވެ. އެ އަޑުތައް އިވޭވީ ހަމަ އެންމެ މީހަކަށެވެ. އައިޝާއަށެވެ. ބަނޑުހައިވެގެން ރޯއަޑެވެ. ތަންތަނަށް ތަދުވާތީ ޤިސްލާއަޑެވެ. އޮރިޔާން ނިވާކުރުމަށް އެދި އާދޭސްކުރާއަޑެވެ. ނުޒޫއާ ދޮންބެ ފަހުން ކައިނިމޭ ރެއަކުވިއްޔާ ބާކީ ހުންނަ ކާއެއްޗެހި ކުނި އަޅާ އެއްޗަށް އަޅާލައެވެ. އަހަރެން ހުރީ ނުކައިކަން އިނގޭއުރުވެސްމެއެވެ. އެންމެ ފަހުން ބަނޑުހައިވެގެން ރޮއި ރޮއި އޮއްވާ ނިދެނީއެވެ. މީ ތާއަބަދު ތަކުރާރުވާ ކަންތަކެވެ. އެވަރުންވެސް ނުބުނަމެވެ. އެއީ އަހަރެން އުޅޭ ގޮތަކަށް ނުވާތީއެވެ. އަހަންނާހެދި އުދަގޫވިޔަސް އަހަންނަކަށް މީހުންނާހެދި އުދަގުލެއްނުވެއެވެ. އެންމެންނަށްވެސް އަހަރެން ކަމޭ ހިތަމެވެ.

ލޯބިވާއެވެ. އަހަރެން ކަލާއަކަށް އޮޅުވާލާކަށް ބޭނުމެއްނޫނެވެ. ދޮގުހެދުން އެއީ ހިތްހަމަޖެހުމެއް ލިބުންވާ ހަޑިސިފައަކަށްވާތީއެވެ. ވީމާ އަހަރެން ކަލާއަށްވީ ބޭވަފާތެރި ކަމުގެ ވާހަކަ ކޮންމެވެސް ސިފައެއްގައި ކަލާއަށް ކިޔާދެވޭތޯ އަހަރެން ވަރަށް މަސައްކަތްކުރާނަމެވެ. ކަލާ އަހަރެންނަށް ގުޅައެވެ. މެންދަމުގެ ވަގުތުގައެވެ. ނަމަވެސް ފޯނެއް އަހަރެންނަކަށް ނުނެގެއެވެ. ކޮންމެވެސް މުސީބާތެއްގާ ތަގައްޔަރު ވެފާ ހުންނާތީއެވެ. އެހެންވުމުން ކަލާ ހީކުރެއެވެ. އަހަރެންގެ ދިރިއުޅުމުގައި ކަލާ ފިޔަވާ އިތުރި މީހަކު އުޅޭކަމެވެ. ލޯބިވާއެވެ. ކަލާގެ އިތުރުން އަހަރެންގެ ދިރިއުޅުމުގައި އަހަރެންގެ ބޭބެވެއެވެ. ބައްޕަވެއެވެ. އިތުރު އެހެން އެކަކުވެސް ނުވެއެވެ. މެންދަމުގެ ވަގުތުގައި އަހަރެންވަނީ ބޭބެގާތުގައެވެ. ނޯކަރެއްފަދައިންނެވެ. ފޫހި ފިލުވާލުމަށް އަނިޔާ ކުރަން ގެންގުޅޭ ޖަނަވާރެއް ފަދައިންނެވެ. މި ފަދައިން އަހަރެންގެ ހާލުވާއިރު ކަލާ އަހަރެން ކަހަލަ ކުއްޖަކާހެދި އުޅޭނީ ކިހިނެއްހެއްޔެވެ؟

ބައްދަލުވާ ވަގުތު މިކަމާ ސުވާލުކުރެވި ހިތްހަމަނުޖެހި ތިބެވެއެވެ. ނަމަވެސް ދެމީހުން އެކަކު އަނެކަކުދެކެ ވާ ލޯބި ހުރަހަކަށްވެއެވެ. ފޮނި އުއްމީދުތައް ދެމީހުންނަށްވެސް ކުރެވެއެވެ. ހުވަފެންތައް ބެލެނީ ހޭލާތިބެގެންނެވެ. ކަލާގެ ރަށުގައި އުޅޭ މަންޒަރެވެ. މަންމަގާތުހުރެ ކަލާއަށް އިންތިޒާރު ކުރެވޭ މަންޒަރެވެ. ޑިއުޓީ ނިންމާފަ ގެއަށް އަންނަ ވަގުތަށެވެ. ކައިވެނީގެ ރެއެވެ. ކަލާޔާ އެކުގައި އުފާ ކުރާ މަންޒަރެވެ. ކަލާގެ ކޮންމެ އެދުމަކަށް އުފަލާއެކު ބޯލަބާ މަންޒަރެވެ. ލަދުވެތިވެ ހުރެގެންނެވެ.

މިފަދަ އެތަކެއް ހުވަފެންތައް ބެލެއެވެ. ކަލާގެ އާއިލާ މީހުންނަށް ކުރާ އިޚްތިރާމްގެ މަންޒަރެވެ. ހަޔާތުން ބީވެފައިވާ އެތަށް ލޯތްބެއް އަހަރެންނަށް ލިބޭ މަންޒަރެވެ. އާއެކެވެ. ކަލާބުނެފާވެއެވެ. ވަރަށް އަވަސް މުސްތަޤްބަލެއްގާ އަހަރެން ކަލާގެ މީހަކަށް ހަދާނަންކަމެވެ. ލޯބިވާ މަންމަ އާ ކޮއްކޮމެން ލޯބިން ސަލާމް ފޮނުވިވާހަކައެވެ.  އަހަރެން ކަލާޔާއެކު ކަލާގެ ރަށަށްދާދުވަހު ރަށު މީހުންނަށް ކައްކަން ކަލާގެ މަންމަ ބުނިވާހަކައެވެ. އެހާވެސް އުފާވެރިއެވެ. އެހާވެސް ހިތްހަމަޖެހުނެވެ. މަންމަގެ އޯގާތެރިކަން ހިތަށްއެރުމުންނެވެ.

ލޯބިވާއެވެ. ކަލާތީ އަހަރެންގެ ހިތެވެ. ފުރާނައެވެ. ނޭވާއެވެ. ކަލާނޫން މީހަކު ބޭނުމެއް ނޫނެވެ. ބޭނުންނުވެސް ކުރާނަމެވެ. އެހެން މީހަކާމެދު ވިސްނާކަށްވެސް ބޭނުމެއްނޫނެވެ. އަހަރެން ބޭނުމީ ކަލާއެވެ. ހަމައެކަނި ކަލާއެވެ. ކަލާ އަހަރެންގެ އަތުގައި ހިފައިލާނީ ކޮންދުވަހަކުން ހެއްޔެވެ؟ އަހަރެން ކަލާމަތިން ވަރަށް ހަނދާންވެއެވެ. ކަލާތީ އަހަރެންގެ އުއްމީދެވެ. މުސްތަޤްބަލެވެ. ކަލާނޫން އަހަރެންގެ އެކަކުވެސް ނެތެވެ. ދުވަހަކުވެސް އަހަރެން ދެރަނުކުރައްޗެވެ. ކަލާގެ ހިތުގައި ކަލާގެ ލޯބިވެރިޔާ (ހަނާ) އުފެއްދި ބޭވަފާގެ ހިތްދަތިކަން އަހަރެން ކަލާގެ ހިތުން ވިރުވާލަދޭނަމެވެ. އެހާވެސް ބޮޑަށް ކަލާއަށް ލޯބިދޭނަމެވެ.

އޭ އަހަރެންގެ ފޯނުގެ ލޯބިވެރިޔާއެވެ. މީ އަހަރެންގެ ހިތުގެ ޚާލުއެވެ. އެހިތުގައި ކަލާއަށްޓަކައިވާ ސާފު ލޯތްބެވެ. ނަމަވެސް އެހިތުގެ މައްޗަށް އަހަރެނަށް މަޖުބޫރުގެ ބާރުފޯރުވައެވެ. ކަރުނަޔާ ހިތްދަތިކަމާ އެކުގައެވެ. ދޮންބެގެ އަނިޔާވެރިކަމެވެ. އަހުސަމްގެ އިންޒާރެވެ. އަހަރެންނަށް ހަދާނެގޮތުގެ ވާހަކައެވެ. ކަލާޔާ ދޭތެރޭ ކަންތައްކުރާނެ އަނިޔާވެރިގޮތުގެ ވާހަކައެވެ. ލޯބިވާއެވެ. އަހަރެންގެ ނަފްސް ހަނަވިޔަސް ކަލާ މިދުނިޔެއަށް ގިނަވާ މަންޒަރު ދުށުން އެއީ އަހަރެންނަށް ކުޅަދާނަވެގެންވާވެ ކަމެއްނޫނެވެ.

އަނެއްކާވެސް އަހަރެންނަށް ޖެހުނީ ކަލާއަށްޓަކައި ތެޅިތެޅި އޮތް މިހިތަށް ކެތްކުރުމަށް މަޖުބޫރު ކުރުވާށެވެ. ފެބްރުއަރީ 14 ވަނަ ދުވަހަކީ ލޯބިވެރިންގެ ދުވަސްކަމުގައި ވީނަމަވެސް  އަހަރެންނަކަށް ކަލާއަށް އެ އުފާވެރިކަމުގެ ތަހުނިޔާ ކިޔާލާނެހާ ހިތްވަރެއްވެސް ނުލިބުނެވެ. ކުރެވުނުހާވެސް ކަމަކީ ކަލާފޮނުވި މެސެޖްކިޔާ ރުޔުމެވެ. މެހެން ކަންތައްވުމުން ކަލާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފާކަންވެސް އެނގުނެވެ. އަހަރެން މެސެޖް ނުކުރިތާގަ ކަލާ ފޮނުވި މެސެޖްގެ ޖަވާބުވެސް ނުފޮނުވުމުންނެވެ. ވާނީވެސް އެހެންތާއެވެ. ކަލާގެ މަޤާމުގައި އެހެން ކުއްޖަކު އެވަގުތު ހުރި ނަމަވެސް ކަންތައް ކުރާނީހަމަ އެހެންނެވެ. ލޯބިވެޔޭ ކިޔައިގެން ނަމެއްގައި އުޅޭކަށް އެކަކުވެސް ބޭނުމެއްނުވާނެއެވެ. ނަމަވެސް އަހަރެން ކަލާއަށް އަހަރެންގެ ޚާލު ވިސްނާދޭނީ ކިހިނެތް ހެއްޔެވެ؟ އެއަނިޔާވެރިކަމެވެ. އެހިތްދަތިކަމެވެ. ހިތަށް ކުރިމަތިކުރުވާ މަޖުބޫރީ ވޭންތަކެވެ. ކަލާއަކަށް ނުވިސްނޭނެއެވެ. ދުވަހަކުވެސް ނުވިސްނޭނެއެވެ.

ހިތާދެކޮޅަށް ނަމަވެސް އަހަރެން ވިސްނީ ކަލާޔާ ދުރައްދިޔުމަށެވެ. މުޅި އުމުރަށް ވަކިވާށެވެ. ހިތުގައިވާ ލޯބި އަބަދަށްޓަކައި ކަލާގެ އެއްޗަކަށްހަދައި ކަލާ މަތިން ހަނދާން ނައްތާލާށެވެ. އަހަރެން އަތިރިމައްޗަށް ދިޔައީމެވެ. ކަލާޔާ ވަކިވުމަށް ހިތުލައިގެން ހުރެ އެންމެ ފަހުގެ މެސެޖް ކަލާއަށް ފޮނުވާށެވެ. އެ މާހައުލަކީ ކަލާ އަހަރެންނާ ވާހަކަ ދައްކާ އިރު ބައިވެރިވާ ހަމައެކަނިތަނެވެ. މެސެޖް ލިޔަމުން ދުޔައިރުވެސް ރޮވެނީއެވެ. ޤިސްލެވެނީއެވެ. ހިތުގެ އުއްމީދުތައް ގެއްލިފާވަނިކޮން އެއުއްމީދުތައް ހިތުގައި އާލާކޮށްދިން ލޯބިވާ އިންސާނާޔާ މުޅި އުމުރަށް ވަކިވާން ޖެހޭތީއެވެ. އިތުރު ހިތްދަތިކަމެއް ކަލާއަށް އަހަރެންގެ ފަރާތުން ހޯދަދެވޭތީއެވެ. ބޭވަފާތެރިންގެ ލިސްޓަށް އަހަރެންގެ ނަން އިތުރުކުރަން މަޖުބޫރު ކުރުވާތީއެވެ. އޯގާތެރިއެއްގެ ހިތުގާ ބޭވަފާގެ ރުޅިވެރިކަން އާލާކޮށްދެވޭތީއެވެ. ކުރާނެ ކަމެއްނެތެވެ. މި ދުނިޔެ އަހަރެންނަކީ ބޭވަފާތެރިއެކޭ ބުނުމުންވެސް އަހަރެން ކެތްކުރާމަނެވެ. ކަލާއަށްޓަކައެވެ. ކަލާގެ ޢިއްޒަތާ އަބުރަށްޓަކައިއެވެ. ކަލާގެ މަޤާމާއި، އަދާކުރަން ޖެހިފައިވާ ޒިންމާދާރު ވަޒީފާއަށްޓަކައެވެ. ކަލާ ލަދުގަތުމަށް ނޭދޭތީއެވެ. އަހަރެން ވަރުބަލިވެ، ތުރުތުރު އަޅާ އޮތް އަތަކުން ކަލާއަށް މެސެޖް ލިޔަން ފެއްޓީމެވެ. ހިތާ ދެކޮޅަށެވެ. ކަލާ ދިރި ދުނިޔޭގައި އުޅޭހާއި ހިދު މަންމަ އާއި  ބައްޕަ ބެލުމަށް ކަލާއަށް ވަސިއްޔަތް ކުރަމުންނެވެ. ދުވަހަކުވެސް މަންމަ ދެރަނުކުރުމަށް އެދި އާދޭސް ކުރަމުންނެވެ. ކޮއްކޮމެން ބެލުމަށެވެ. ކަލާގެ ފަރާތުން އެމީހުންނަށް ލިބެންޖެހޭ ހައްޤުތައް ހޯދާދިނުމަށް އެދިއެވެ. ކަލާގެ ކައިވެނި ބިނާ ކުރާނީ ލޯބީގެ މައްޗަށްކަމަށް ބުނަމުންނެވެ. އަހަރެން އަބަދުވެސް ކަލާދެކެ ލޯބިވާނަންކަމާއި، ކަލާއަބަދުވެސް އުފަލުގައި ލެއްވުމަށްއެދި ދުޢާ ކުރަމުން ކަލާޔާ ވަކިވި ދެން ދުވަހަކުވެސް ބައްދަލު ނުވާނެކަމައި، ކަލަގެގާތަށް ދާން ނޭދޭ ކަމަށް ބުނަމުންނެވެ.

ކަލާއަށް މެސެޖް ފޮނުވުމަށްފަހު ހިތް ފުރެންދެން ރުއީމެވެ. ކަލާއަށްޓަކައެވެ. ކަލާދެކެވީ ތެދުވެރި ލޯތްބަށްޓަކައެވެ. ކުރާނެކަމެއްނެތެވެ. މީ އަހަރެންގެ ތަޤުދީރެވެ. އެއީ ދުވަހަކުވެސް ބަދަލުކުރެވޭ އެއްޗެއްނޫނެވެ. ކުރެވޭނެނަމަ އަހަރެން އަހަރެންގެ ތަޤުދީރު ބަދަލު ކުރީމުހެވެ. ކަލާއަށްޓަކައެވެ. ކަލާއާ އެކު އުފާވެރި ދިރިއުޅުމެއް އުޅޭށެވެ. ނަމަވެސް އެއީ ދުވަހަކުވެސް ވާނެ ކަމެއްނޫނެވެ

ނުނިމޭ.

މައުމޫނާއި މަބޫޓޫގެ ވެރިކަން – ނަޝީދާއި ކަބީލާގެ ވެރިކަން
1965 ން ފެށިގެން 1997 އާއި ހަމައަށް ކޮންގޯގައި ވެރިކަން ކޮށްފައިވާ މަބޫޓޫ ސީސީ ސޭކޯ އާއި 30  އަހަރު ދުވަހު ހުދުމުހތާރުކޮށް ވެރިކަން ކުރައްވާފައިވާ މައުމޫނާއި ނުހަނު ގާތްކަމެއް ވެރިކަމުގައި ފެންނާން އެބަހުއްޓެވެ.  މަބޫޓޫ ސީސީ ސޭކޯ ގެ ވެރިކަން ނިމުމަށްފަހު ކޮންގޯގެ ވެރިކަމާއި ހަވާލުވެލެއްވީ ލައުރެން ކަބީލާ އެވެ. ލައުރެން ކަބީލާ ގެ ވެރިކަމާއި ރައީސް ނަޝީދުގެ ވެރިކަމާއި ދެމެދު ވަރަށް ގިނަ ކަންތައްތަކެއް ގައި ގާތް ކަމެއް ވެއެވެ.

މަބޫޓޫ އާއި މައުމޫނު

30 ޖޫން 1960 ގައި ކޮންގޯ މިނިވަންވުމާއި ގުޅިގެން ކޯލިޝަން އަކުން އުފެދިގެން އައި ސަރުކާރެއް އުފެދިގެން އައެވެ.  މި ސަރުކާރުގައި ޕްރައިމް މިނިސްޓަރަކަށް ހުންނެވީ ކޮންގޯ މިނިވަން ކުރެއްވިލީޑަރުކަމުގައި ބެލެވޭ ލުމުމްބާ އެވެ. އަދި ރައީސަކަށް ހުންނެވީ  ޖޯސެފް ކާސާ ވަބޫ އެވެ.  އޭރު މަބޫޓޫ ހުންނެވީ ސިފައިންގެ ވެރިކަމުގައެވެ. ކާސާ ވަބޫ އާއި ލުމުމްބާ ސޯވިޔެޓް ޔޫނިއަން އާއި ގުޅިވަޑައިގަންނަވާ މަންޒަރު އިނގިރޭސިންނާއި އެމެރިކަންނުންނަށް ފެނުމުން ސީއައި އޭގެ ފުރިހަމަ ބާރާއި އެކު 1965 ވަނަ އަހަރު މަބޫޓޫ އަށް ވެރިކަން ހޯދައިދިނެވެ.  މައުމޫނެކޭ އެއްފަދައިން މަބޫޓޫ ބެލެވެނީ އާއިލާގެ ގިނަބަޔަކަށް ވެރިކަމުގެ މަޤާމްތައް ދީގެން ވެރިކަން ކުރެއްވި ބޭފުޅެއް ކަމުގައެވެ.  މީގެ އިތުރަށް އަމިއްލަފުޅަށް މަޖާ ކުރައްވާން ގަނޑުވަރު ބިނާކުރައްވާ ހެއްދެވިއެވެ. މައުމޫނު މަޖާ ކުރައްވާ ދަތުރު ވަޑައިގަތުމަށް އާރަށް (މާލެ ކައިރީގައި އޮންނަ ކުޑަ ރަށެއް ) ސަރުކާރު ބަޖެޓުން ހަރަދުކޮށްގެން މުއައްޒަފުން ލައިގެން ހިންގަމުން ގެންދެވިއެވެ. އާއިލާގެ ބޭފުޅުން ވިޔާފަރިކުރެއްވުމަށް ސަރުކާރު ބަޖެޓުން މަތިންދާބޯޓު ޗާޓަރ ކުރައްވައިގެން ފަރަންސޭސި ވިލާތަށް މަބޫޓޫ ވަޑައިގެން އުޅުއްވާ އިރު މައުމޫނު ވަޑައިގަންނަވަނީ ސިންގަޕޯރަށެވެ. މަބޫޓޫއަކީ ކޮންގޯ މިނިވަންކުރެއްވި ލީޑަރު ލުމްބާއަށް ފަހު ވެރިކަމާއި ހަވާލުވި ވެރިމީހާއެވެ. މައުމޫނަކީ ދިވެހިރާއްޖެ މިނިވަން ކުރެއްވި ނާސިރަށް ފަހު ވެރިކަމާއި ހަވާލުވެލެއްވި ވެރިމީހާއެވެ.

ލައުރެން ކަބީލާ އާއި ނަޝީދު

ލައުރެން ކަބީލާ ވެރިކަމާއި ހަވާލުވީ މަބޫޓޫގެ ހުދުމުހުތާރު ވެރިކަން ނިމުމާއި ގުޅިގެންނެވެ.  އެއަށްފަހު ޤައުމުގެ ހާލަތު ބަދަލު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. ކުރީގެ ރައީސް މައުމޫނުގެ ވަޒީރު އިބްރާހިމް ހުސައިން ޒަކީގެ ލަފާއާއި އެކު ނަޝީދު ވެރިކަން ކުރައްވާ ފަދައިން ކަބީލާ ވެރިކަން ކުރެއްވީ މަބޫޓޫގެ ކުރީގެ ވަޒީރު  ސަކޮމްބީ ގެ ލަފާގެ މަތިންނެވެ.  ވެރިކަމުގެ ވަކި ހިސާބަކުން ސަރުކާރުގެ އެކި ދާއިރާގެ މުއްޒަފުން ކަބީލާގެ ވެރިކަމާއި އިދިކޮޅިވެ ނުރުހުން ފާޅުކުރަން ފެށިއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ދުވަހަކު ސަރުކާރު މުއައްޒަފުން ހިތްހަމަ ނުޖެހޭ ވަރަށް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ނަޝީދު ގެ ބަހުން މީ “ހިތިބޭސް ބޯން ޖެހޭ ދުވަސް ވަރެވެ.”  ކަބީލާގެ ސަރުކާރުން ނުރުހުން ފާޅުކޮށް ކަބީލާ މަރުވެގެން ދިޔައީ ބޮޑީގާޑެއް ދިން ހަމަލާއަކުން 16 ޖެނުއަރީ  2001 ގައެވެ.

ކަރުނަޔާ ހިތްދަތިކަން ވޭނާއާޚް -3
ލިއުނީ : ލަތީފާ

މިވާހަކައަކީ ހަޤީޤީ ވާހަކައެއް ގެ  މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ.

ފުރަތަމަރޭ  ކަލާއަށްވެސްވީ އެހެންނެވެ. ފޯނު ނުނަގާ ލަސްވުމުން ކީއްވީތޯ އެހީމު ނޫންހެއްޔެވެ؟ އަހަރެންބުނީ ފާޚަނާގައި ކަމަށެވެ. ކަލާއަށް އިޚްސާސްވީ އަހަރެން ދޮގު ހަދަނީ ކަމަށެވެ. ބަރާބަރު 2 ގަޑި އިރުވަންދެން ފާޚަނާގައި ނޫޅެނޭކަމަށް ބުންޏެވެ. އަހަރެން ހަޤީގަތް ހާމަކޮށްދިނީމެވެ. ނުޒޫގެ ހިދުމަތުގައި ހުރީއެވެ. ދޮންބެމެންގެ މަޖަލާއި، ކުޅިވަރު ނިމެންދެންނެވެ. އިތުރަށް އަނިޔާތަކެއް ލިބިދާނެތީއެވެ. ކަލާ އަކަށް ނުވިސްނޭނެއެވެ. އަހަރެން  އުޅޭ ހާލުއެވެ. ބަރުދާސްތު ކުރަންޖެހިފައިވާ ހިތްދަތި ދިރިއުޅުމެވެ. ކުރިމަތިކުރުވާ އަނިޔާވެރި ރޭތަކެވެ. ސަލާންޖަހަން މަޖުބޫރުކުރުވާ ހިތްދަތި ދުވަސްތަކެވެ. ކަލާ އަކަށް ނުވިސްނޭނެއެވެ. އެއްގޮތަކަށްވެސް ނުވިސްނޭނެއެވެ.

ލޯބިވާއެވެ. މީކަލާގެ ވާހަކައެވެ. ކަލާގެ ލޯބީގައި ކަންނުވެނަންވެ ލިބުނު އިތުރު ވޭނީ އާހުގެ ވާހަކަތަކެވެ. ކަލާ އަހަރެންނަށް ކަލާގެ ފޮޓޯއެއް ފޮނުވިއެވެ. އަހަރެންވެސް ފޮނުވީމެވެ. އެކަކު އަނެކަކު ފެނިލުމަށްޓަކައެވެ. ދުވަސްކޮޅަކުން ކަލާ އަހަރެންދެކެ ލޯބިވާ ވާހަކަ ބުންޏެވެ. އަހަރެން ޖަވާބެއް ނުދެމެވެ. ދޭނެ ޖަވާބެއް މި ދުލުގެ ކުރީގައި  ނުވާތީއެވެ. އަހަރެންގެ ހިތް ކަލާގެ އެހީއަށް ކިތަންމެ އެދުނަސް އެހިތަށް މަޖުބޫރުވާތީއެވެ.  ކުރިމަތި ކުރުވަފާނެ ބިރުވެރިކަމަކަށް ވިސްނާފައެވެ.

އެއްދުވަހެއްގެ ހެނދުނެވެ. ދޮންބެ އަހަރެންގާތު އެދުނީ އަހަރެންގެ ފޯނުދިނުމަށެވެ. ކޮންމެވެސް ފޮޓޯއެއް ޕުރިންޓް ކުރާށެވެ. އަހަރެން ފޯނު ބަލާގޮސް ކަލާއަށް ގުޅީމެވެ. އަދި ދޮންބެ އަތަށް ފޯނުދޭ ވާހަކަ އާއި އަހަރެން މެސެޖް ނުކުރަނީސް ނުގުޅުމަށް އެދުނީމެވެ. ދޮންބެ އަތުގައި އޮއްވާ ލޯބި ގުޅާފާނެތީއެވެ. އިރުގަނޑެއް ފަހުން  އަހަރެން ކޮޓަރީގައި ހުއްޓާ އައިޝާ އައެވެ. އަހަރެންނާ އައިޝާ ވާހަކަ ދައްކަން ތިއްބާ ދޮންބެ ވަރަށް ބާރަށް ގޮވާލިއެވެ. އެއަޑުގައި ހުރީ ރުޅިވެރިކަމުން އަހަރެންގެ މޭ ތެޅެންފެށިއެވެ. އަވަސް ކޮއްލައިގެން ނިކުތީމެވެ. ދޮންބެ ހުރީ ވަރަށް ރުޅިއައިސްފާއެވެ. ކަލާގެ ފޮޓޯ ފެނިގެންނެވެ. ކާކުތޯ ސުވާލު ކުރުމުން އަހަރެން ބިރުން ހަދާނެގޮތް ހުސްވެފާހުރީމެވެ.  އިރުކޮޅަކުން އައިޝާ ޖަވާބު ދިނެވެ. އައިޝާގެ އެކުވެރިއެއްކަމަށް ބުނެ އޮޅުވާލިއެވެ. އެބިރުވެރިކަމުން އަހަރެން ސަލާމަތް ކުރީ އައިޝާއެވެ. ދޮންބެ ކުޑަކޮން ހަމަޖެހުނެވެ. އަހަރެން އައިޝާ ގޮވައިގެން ކޮޓަރިއަށް ދިޔައީމެވެ.

އޭގެ ބައިގަޑިއެއްހާ އިރު ފަހެވެ. އަހަރެންނާއި، އައިޝާ ވާހަކަ ދައްކަންތިއްބާ  ދޮންބެ ވަރަށް ބާރަށް ކޮޓަރީގެ ދޮރުހުޅުވާފަވަނެވެ. ވަކި ސުވާލެއްވެސް ކޮށްނުލާ އަހަރެންގެ އިސްތަށިގަނޑުގަ ހިފައިގެން ދަމާ ބޭރަށް ނެރުނެވެ. އައިޝާވެސް އަހަރެންގެ ފަހަތުން ރޮމުންއައެވެ. ދޮންބެ އަހަރެން ގެންގޮސް މޭޒުމައްޗަށް ކޮއްޕާލިއެވެ. ވީތަދުން ބާރަށް ރޮއިގަނެވުނެވެ. އަދި އައިޝާ އަށް ގެއިން ނިކުތުމަށް އަމުރުކުރިއެވެ. އައިޝާ ދިޔުމުން އަހަރެން މާ ބޮޑަށް ދެރަވިއެވެ. ދޮންބެ ރުޅިއައީ ކަލާ ފޮނިވި މެސެޖް ފެނުމުންނެވެ. އަހަރެން ބިރުން ތުރުތުރު އަޅާގަތެވެ. ދޮންބެ ރުޅިއައިސްފާ އަހަރެންގެ ބޮލުގެ އިސްތަށިގަނޑު ކޮށާލިއެވެ. ރީތިކަން ދެއްކެން އުޅެނީއޭ ކިޔާފައެވެ. ނަމަވެސް ތިމާގެ ރީތިކަން އަމިއްލައަށް ދެއްކުން އެއީ ފާފައެއްކަމުގައިވާއިރު އަހަރެން ދުވަހަކުވެސް އެކަމެއްނުކުރާނަމެވެ.

އަހަރެންގެ އިސްތަށިގަނޑު ކޮށާލާން އުޅެނިކޮން އަހަރެން ކަރުދަށުގައި ދޮންބެ ގެންގުޅުނު ކަތުރު އެޅި ކެފުނެވެ. ލޭ ފެނުނުފަހުން ދެންވީގޮތެއް އަހަންނަކަށް ނޭންގެއެވެ. ހޭވެރިކަންވީއިރު އަހަރެން އޮތީ މޭޒުކައިރީ ބިންމަތީގައެވެ. ބޮލުގެ ރިހުމާއިއެކު އަހަރެން ތެދުވެވޭތޯ މަސައްކަތް ކުރީމެވެ. ވަށައިގެން ބަލާލިއިރު އެކަކުވެސް ފެންނާކަށް ނެތެވެ. ލޭތައް ފެނުމުން އަނެއްކާވެސް ބޮލަށް ގޮތްވާން ފެށިއެވެ. ނަމަވެސް އަޅާލާނެ މީހަކުނެތް އަހަރެންނަށް ޖެހުނީ ހިތްވަރުކުރާށެވެ.

އަމިއްލަ ހާލަށް އެކަނި ކޮޅަށް ތެދުވެ މޭޒުގައި ހިފާއްޓާލައިގެން ހުރީމެވެ. އިރުކޮޅަކުން ފޯނު ރިންގުވާންފެށި އަޑުއިވުނެވެ. އަހަރެން ވަށައިގެން ހޯދާލީމެވެ. ގުޅީކަލާ ކަމަށް ހީކޮށްބިރުން ހުރެގެންނެވެ. ފޯނު އޮތީ ޓީވީ ރެކު ދަށަށް އެއްލާލާފައެވެ. އަހަރެން ވަރަށް ހިތްވަރު ކޮށްފާ ފޯނާ ހިސާބަށް ދިޔައީމެވެ. ގުޅަނީ އައިޝާއެވެ. އަހަރެން ފޯނުނެގީމެވެ. އެއްވެސް ވާހަކައެއް ނުދެއްކި އައިޝާ ގާތު ރޮވެނީއެވެ. އަޑުބާރުކޮށެވެ.  އަހަރެންގެ ޚާލު ހުރިގޮތް އެނގުމުން އައިޝާ ދޮންބެ ގޭގާ އުޅޭތޯ އެހިއެވެ. އަހަރެން ނޫޅެޔޭބުނުމުން އައިޝާ ގެއަށްއައެވެ. އަހަރެންނަށް އައިޝާގެ ގައިގާ ބައްދާލައިގެން ހުރެ ރޮވެނީއެވެ. ލަސްނުވެ އައިޝާ އަހަރެން ގޮވައިގެން ބޭސްއަޅަން ދިޔައެވެ. އައިޝާ ހުރީ ވަރަށް ރުޅިއައިސްފާއެވެ. ކަލާ ދެކެއެވެ. އަހަރެން ނުގުޅާށޭ ބުނެފައޮއްވާ ގުޅީމައެވެ. ނަމަވެސް އަހަރެން އޭނާއަށް ވިސްނައިދިނީމެވެ. ކަލާއެއްވެސް ކުށެއްނެތްކަމަށް ހާމަކޮށްދިނީމެވެ. ލޯބިވާއެވެ. މީއެދުވަހުގެ ޚާލަތެވެ. ނަމަވެސް ކިރިޔާ ތެދުވެވޭ ވަރުވުމުން އަނެއްކާވެސް ގޭގެ މަސައްކަތާއި ގުޅި ލާމެހިއްޖައީމެވެ. ލޯބިވާ ބޭބެއަށް ސަކުވާއެއް ނޫފުލާ ހިދުމަތުގައި ހުރީމެވެ. ނުޒުހާގެ ނޯކަރަކަށް ވެގެން އުޅުނީ ވަރުބަލި ކަމެއްނެތިއެވެ.

މި ހިސާބަށް ދިޔައިރުވެސް އަހަރެން ކަލާދެކެ ލޯބިވާ ވާހަކައެއް ނުބުނަމެވެ. ބިރުގަންނާތީއެވެ. ޖެހިލިންވާތީއެވެ. ކަލާގެ އެހީތެރިކަން މިހިތަށް ބޭނުންވާކަން އެގިހުރެވެސް ކަލާއަށް މަޖުބޫރު ކުރުވީ އަހަރެންނާ ދުރަށްދިއުމަށެވެ. އަހަރެން އެކަނި ހާލަށް ދޫކޮށްލުމަށެވެ. ނަމަވެސް ކަލާ އެކަން ގަބީލެއްނުކުރިއެވެ. ކަލާގެ ހައްޤުގައި ބޭބެ އަހަރެންނަށް އިނަޒާރު ދެމުންދިޔައެވެ. ކަލާޔާ ރައްޓެހިވެގެން އުޅޭކަން އެގިއްޖެއްޔާ މަރާލާނަން ކަމަށެވެ. އަދި އޭގެ ބަދަލު ކަލާއަށްވެސް ދޭނަންކަމަށެވެ. އަހަރެން އައިޝާއާ ހުރިހާ ވާހަކަތަކެއް ހިއްސާކުރަމެވެ. އެންމެ ފަހުން ކަލާޔާ ވާހަކަ ނުދެއްކުމަށް ނިންމީމެވެ. ކަލާއަށް އަނިޔާވެދާނެތީއެވެ. ކަލާ މުޅި ދުނިޔެއަށް ގިނަވެދާނެތީއެވެ. އެއީ ދުވަހަކުވެސް އަހަރެން އެދޭގޮތެއްނޫނެވެ. ކަލާ އަކީ ފުރިހަމަ ލޯބި ލިބިގެން ބޮޑުވާ ދަރިޔެކެވެ. ވީމާ އަހަރެންގެ ބަދުނަސީބުވެރި ދިރިއުޅުމުގެ ހިޔަނި ކަލާގެ ހަޔާތަށް އެލޭކަށް އަހަރެން ބޭނުމެއްނޫނެވެ. އެތައްގޮތަކުން އަހަރެން ކަލާއަށް ވިސްނާ ދެވޭތޯ ބެލީމެވެ. ކަލާއަށްޓަކައި ތެޅިތެޅިއޮތް މިހިތުގާ ވޭންތައް ގިނަވާންފެށިއެވެ. ނޭވާ ހިފަހައްޓާލާފާ ކަލާދެކެ ލޯބިނުވަމޭބުނީ ހިތާ ދެކޮޅަށެވެ. މަޖުބޫރުވެގެންނެވެ. އެނޫންގޮތެއް ނުވިސްނުނީމައެވެ.