ސެލީނާ ސާމިން އާއި ބައްދަލުވުމުން

އާދީއްތަ, 29 ނޮވެންބަރ, 2009

selina and samin vathan.com ނޯޓް: ތިރީގައިމިވަނީ ވާހަކައެއް ލިއުމަށްޓަކައި ތައްޔާރު ކުރެވިފައިވާ ވާހަކާއިގެ ހުލާޞާއެކެވެ. ވާހަކަ ލިއުމަށް މިޒަމާނުގައި ހުލާޞާއެއް ލިޔެއެވެ. އަދި އެއަށްފަހު އޭގައި އުޅޭ ކެރެކްޓަރ ތަކުގެ މިޒާޖު އެކަށައަޅައެވެ. ދެން އެ ވާހަކާއިގާ ސިފަކުރެވޭ މާހައުލާއި ތަންތަނުގެ ދިރާސާ ކުރެވެއެވެ. ދެން ވާހަކަ ލިޔާނެ ކެމިސްޓްރީ އެއް ކަނޑައަޅައެވެ. ( އެއީ މީހަކު ކިޔައިދޭގޮތަށް ލިޔާނީތޯ ނުވަތަ ވާހަކާގައި އުޅޭ މީހާ ވާހަކަ ކިޔައިދޭ ގޮތަށް ލިޔާނީތޯ ނުވަތަ މަންޒަރު ދުއްމީހާ ސިފަކުރާ ގޮތަށް ލިޔާނީތޯ ނިންމުމެވެ. )  މި ހުލާސާއިން ވާހަކަ ލިއުމަށް ކަނޑައަޅާ ގޮތުގެ ފުރަތަމަ ބައި އެކަށައަޅާލުމަށް ފަސޭހަވެގެން ދާނެ ކަމަށް ހީކުރަމެވެ.

ސެލީނާ އަކީ ވަރަށް ހަރަކާތްތެރި ، މަސައްކަތްތެރި ކުއްޖެކެވެ. އޭނާ މަސައްކަތް ކުރަނީ ދުވަހު ނޫހެއްގައެވެ. ތަރައްޤީވެފައިވާ ދުނިޔޭގެ ހަލަބޮލި މާހައުލުތަކުގައި ހަރަކާތް ތެރިވެފައިވުމުން އޭނާ ފާހަގަ ކުރެވެނީ އެއުމުރުުގެ އެހެން ކުދިންނަށްވުރެ މާބޮޑަށްވެސް ލޯހުޅުވިފައިވާ ކަމުގައެވެ. ނޫސްވެރިކަމުގެ ތަޖުރިބާ އާއިއެކު އޭނާއަށް ލިބިފައިވާ ގިނަގުނަ މަޢުލޫމާތު ތަކުން މީހުން އަންތަރީސް ވާހާ ދޫ ފަސޭހައެވެ.

އަފްޤާނިސްތާނުގެ ހަލަބޮލި ޖައްވުގެ ވާހަކަތައް އޭނާގެ ސަފްހާތަކުގައި ލިއެލުމަށް ހަނގުރާމަ އެންމެ ގަދަވެފައިވަނިކޮށް ޕާކިސްތާނުމަގުން އަފްޤާނިސްތާނަށް ދާންފުރައެވެ. ޕާކިސްތާނުގެ ލާހޫރުން ސެލީނާ އާއި ސާމިން ބައްދަލުވެއެވެ. ސާމިންއާއި ބައްދަލުވެ ދެކެވޭ ވަހަކަތަކުން ސާމިން ގެ މަސައްކަތް ހޯދަން ސެލީނާގެ ކިބައިގައި ޝައުގުވެރިކަން އުފެދެއެވެ. ބައެއްފަހަރަށް ސެލީނާ އަށް ހީކުރެވެނީ ޝާމިން އަކީ އިޒްރާއިލް ގެ މޮސާޑް ( ޖާސޫސީ އިދާރާ) އަށް މަސައްކަތް ކޮށްދޭ މީހެއްކަމުގައެވެ. އަނެއްބައި ފަހަރަށް ސެލީނާ އަށް ހީކުރެވެނީ އޭނާ އަކީ ތޯލިބާން ނުވަތަ އަބޫނިދާލް އޯގަނޭޒޭޝަން ގެ މަންދޫބެއްކަމުގައެވެ.

ސެލީނާ ސާމިންގެ ކިބައިން ގިނަ ކަންތަކެއް ހޯދަން ބޭނުންވެފައިވުމުން ސާމިން ސެލީނާގެ ދަތުރުގައި ބައިވެރިވުމަށް ދައުވަތުދެއެވެ. ސާމިން ބުނާގޮތުން ސެލީނާގެ ވާހަކަތައް ވަރަށް ރަނގަޅަށް ސާމިންއަށް އެނގެއެވެ. ސާމިން އަކީ ލ އަތޮޅު ފުނަދޫ ކުއްޖެކެވެ. އޭނާ ރާއްޖެ ނައިސް އުޅޭތާ މިހާރު 10 އަހަރު ވެދާނެކަމަށް ބުނެއެވެ. ސެލީނާގެ މަންމަ އަކީ އައްޑޫ މީހެކެވެ. އެހެނަސް ބައްޕައަކީ އިނގިރޭސި ވިލާތަށް އުފަން އިގިރޭސި ނޭވީއެކެވެ. ސެލީނާ ގެ މަންމަ އާއި ބައްޕަ ދިމާވަނީ އިނގިރޭސިން ގެ ހިމާޔަތުގައި ދިވެހިރާއްޖެ އޮތްދުވަސްވަރުގައެވެ. ސެލީނާ ގިނަ ދުވަސްތަކުގައި އުޅުނީ ދިވެހިރާއްޖޭގައެވެ. އެހެނަސް މިހާރު އުޅެމުންދަނީ އިނގިރޭސި ވިލާތުގައި އޭނާގެ ބައްޕައާއިއެކެވެ.

ދަތުރުގައި މާގިނަ ދުވަސްތަކެއް ނުވަނީސް ސާމިން ގެ މަޑު މައިތިރިކަމާއި އޯގާތެރިކަމުން ސެލީނާ ސާމިން ދެކެ ލޯބިވާންފަށައެވެ.  ސާމިން އެއްވެސް ވަރަކަށް ސެލީނާދެކެ ލޯތްބެއްވާހަނެއް ހިއެއްނުވެއެވެ. ސާމިން ފަސްވަގުތު ނަމާދުކުރެއެވެ. މީގެ އިތުރުން ސާމިން އަކީ އޭނާގެ ނަފްސަށް ވަރަށް ތެދުވެރި ވަފާތެރި މީހެއްކަން ސެލީނާ އަށް އިނގިއެވެ.

ސެލީނާ އަކީ އިސްލާމްދީނާއި ދެކޮޅަށް ލިޔާ މަޝްހޫރު ނޫސްވެރިއެެކެވެ. ފެމިނިޒަމް ( އަންހެނުން ކުރިއެރުވުމުގެ ނަމުގައި ) އެކި ހަރަކާތްތައް ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިވަމުން އަންނަމީހެކެވެ. ސާމިންގެ ވާހަކަތަކުން ސެލީނާ މަޑު މަޑުން ބަދަލުވެއެވެ.

ސެލީނާ ގެ ލިއުންތަކާއި ފޮތްތަކަށް ލިބިފައިވާ މަޝްހޫރުކަމާއި ދުރަށް ދާންބޭނުންވެއެވެ. އޭނާ މަސައްކަތް ކުރަމުންދާ “ވިމެން ބިހައިންޑް ދަ ކޭޖް”  އިން އޭނާ ވަކިވާން އެދި އެނޫސްއެޖެންސީ އަށް މެއިލްކުރެއެވެ. އެހިސާބުން މި އެޖެންސީ އިން ސެލީނާ ގެ ނުނެރި ހުރި ފޮތްތައް ނެރެއެވެ. އަދި ގިނަބައެއްގެ ނުރުހުން ސެލީނާ  އަށް ލިބެއެވެ. ސެލީނާ  ހޯދުމަށް ގިނަ ޖަމާޢަތްތަކަކުން ގޮވާލައެވެ. މިހިސާބުން ސެލީނާ  ފިލައިގެން އުޅެން މަޖްބޫރުވެއެވެ.

ސެލީނާ  ފިލަން ކުރާ މަސައްކަތުގައި ސާމިން އެހީތެރިކަމެއްނުދެއެވެ. އެހެން ކަމުން ސެލީނާ  އަށް ނުހަނު ގިނަ ގޮންޖެހުން ތަކާ ކުރިމަތިވެއެވެ. ސެލީނާ  ސާމިން ދޫކޮށްލާކަށް ބޭނުމެއްނުވެއެވެ. ސެލީނާ  އެއަށްވުރެ ސާމިން ދެކެ ލޯބިވެއެވެ………….ދެންވާނީ ނުވަތަ ހަދާނީ ކިހިނެތް؟

“ ސެލީނާ ސާމިން އާއި ބައްދަލުވުމުން - މިލިޔުމާއި މެދު ކިޔުންތެރިންގެ ހިޔާލު ”

  1. ޑައި

    ވާހަކަ ވަރަށް ރީތި ވާނެ ހެން ހީވަނީ.‫​ ވަރަށް ސަޅި ސަމަރީއެއް.‫​ އެކަން ފޮޓޯ ބަދަލުކޮށްލަށް ފެނޭ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  2. މަރީ

    ގެނެސްދީފައި އިން ގޮތް ވަރަށް ސަޅި.‫​ ވާހަކަ އަދި މާ ފުރިހަމަ ވާނެ ކަމަށް އުންމީދު ކުރަން.‫​.‫​.‫​.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

މިލިޔުމަށް ހިޔާލުފާޅު ކުރެއްވުމަށް ތިރީގައިވާ ފޯމު ބޭނުން ކުރައްވާ

ހިޔާލު ހޯދާލުމުގެ ވޯޓް

ކާވެނިކުރުމަށް އެންމެ ރަގަޅު އުމުރަކީ

View Results

Loading ... Loading ...

އަރުޝީފު

ކުޅިވަރު

ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

މި ހާރު ކުރިޔަށްދާ އޭއެފްސީ ފުޓުބޯޅަ މުބާރާތުގައި ދިވެހި ރާއްޖޭގެ ވީބީ ސްޕޯޓްސް ...

ވިޔަފާރި

ވޭތުވެ ދިޔަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 34 އިންސައްތަ ދަށަށް ގޮސްފައިވޭ

ވޭތުވެ ދިޔަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 34 އިންސައްތަ ދަށަށް ގޮސްފައިވޭ

ވޭތުވެ ދިޔަ 2009ވަނަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެ އެތެރެކުރެވުނު މުދާ އޭގެ ...

ދީން

ޤުރުއާން އަޖައިބުކުރުވަނިވި ފޮތެއް

ޤުރުއާން އަޖައިބުކުރުވަނިވި ފޮތެއް

މުސްލިމް ނޫން އެތައްބަޔަކު ކީރިތި ޤުރުއާން ނުހަނު ގާތުން، ދިރާސާކޮށް ބަލަމުންދާއިރުވެސް މީގެތެރެއިން ...

ޓެކްނޮލޮޖީ

އެޕަލްގެ އައިޕެޑް އޭޕްރީލް 3ގައި ބާޒަރަށް

އެޕަލްގެ އައިޕެޑް އޭޕްރީލް 3ގައި ބާޒަރަށް

އެޕަލްގެ އައިޕެޑް މިއަންނަ އެޕްރީލް މަހުގެ ތިނެއް ގައި އެމެރިކާގެ ބާޒާރަށް ނެރެވޭނެ ...