މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފި

އާދީއްތަ, 10 ޖެނުއަރީ, 2010

www.vathan.com

ޖުމްލަ 101 ސްކޫލްގައި އެއްދަންފަޅިއަށް ކިޔަވައިދޭންފަށައި، މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ. މީގެތެރޭގައި ހިމެނެނީ މިއަހަރު އަލަށް އެއްދަންފަޅިއަށް ބަދަލުކުރެވޭ 53 ސްކޫލާއި، މިދިޔައަހަރުން ފެށިގެން ކިޔަވައިދެމުން އަންނަ 47 ސްކޫލެކެވެ. މިއަހަރު އަލަށް އެއްދަންފަޅިއަށް ބަދަލުކުރެވޭ 53 ސްކޫލަކީ ޕްރައިމަރީ އަދި ސެކަންޑްރީ ފެންވަރަށް ކިޔަވައިދެމުންދާ މާލޭގެ 3 ސްކޫލަކާއި އަތޮޅުތެރޭގެ 50 ސްކޫލެކެވެ.
2010 އަހަރުގެ ދިރާސީ އާއަހަރު ފެށުމުގެ މުނާސަބަތުގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ނިމިގެންދިޔަ ހަރަކީ ކާމިޔާބީ އަހަރެއްކަން ފާހަގަކުރައްވަމުން އެއަހަރު ތެރޭގައި 1371 ކްލާސްރޫމް ޢިމާރާތްކުރެވި މިއަހަރުތެރޭގައި ޖުމްލަ 101 ސްކޫލް އެއްދަންފަޅިއަށް ބަދަލުވެގެންދާނެކަން އެޑިޔުކޭޝަން މިނިސްޓަރ ޑޮކްޓަރ މުޞްޠަފާ ލުޠްފީ ފާހަގަކުރެއްވިއެވެ. ކުދިންގެ ފެންވަރު ރަނގަޅުކުރުމަށް ނިމިދިޔަ އަހަރުތެރޭގައި 1817 ޓީޗަރުންނަށް ފަންނީ ކުރިއެރުން ދިނުމަށްޓަކައި ތަމްރީނުދެވި، ފުރަތަމަ ފަހަރަށް އަތޮޅުތެރޭގައި ތަމްރީނު ކޯސްތައް ކުރިއަށްގެންދެވިފައިވާކަންވެސް އެމަނިކުފާނު ބަޔާންކުރެއްވިއެވެ.
މިއަހަރުތެރޭގައި މިދިޔައަހަރުކުރެވެނު މަސައްކަތުން ހިތްވަރު ލިބިގެން މިއަހަރަށް އެކުލަވާލެވުނު އެކްޝަން ޕްލޭން ތަންފީޒުކުރަމުންދާއިރު ދީނީ ސަގާފީ އަދި މަސައްކަތްތެރިކަމަށް ދެވޭ ސަމާލުކަން އިތުރުކުރައްވާނެކަމަށާ މިކަން ފަހިކުރުމަށް އެއްދަންފަޅިއަށް ހިންގާ ސްކޫލްތަކުން ފަހިވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިމަހުގެތެރޭގައި ތަޢުލީމުގެ ޤައުމީ މަންހަޖުގެ އޮނިގަނޑު އެކުލާވާލާ ނިންމާ އޮނިގަނޑާ އެއްގޮތަށް މުޤައްރަރު އެކުލަވާލާ މިއަހަރު ނިންމާލެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވި. ސައިންސާ ޓެކްނޯލޮޖީ އަށް ސަމާލުކަންދިނުމަށްޓަކައި ފެށޭ މަޝްރޫޢުގެ ދަށުން ޕޮލިސީއެއް އެކުލަވާލައްވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކުގައި މިއަހަރުތެރޭގައި އިންޓަރނެޓް ބްރޯޑްބޭންޑްގެ ވަޞީލަތްދެއްވައި ޓީޗަރުން އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޯލޮޖީއަށް އަހުލުވެރިކުރައްވާނެ ކަމަށް މިނިސްޓަރ ޑޮކްޓަރ މުޞްޠަފާ ލުޠްފީ ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި 2009 ވަނައަހަރުން 2013 ވަނަ އަހަރަށް ކަނޑައެޅިފައިވާ ތަޢުލީމީ ދާއިރާގެ ސްޓްރެޓެޖިކް ޕްލޭނާއި ކުދިންނާއި ރައްޓެހި ބަރާބަރު ސްކޫލްގެ އޮނިގަނޑުވެސް ނެރެދެއްވުން އޮތެވެ. އަދި ތަޢުލީމީ ދާޢިރާގެ މިއަހަރުގެ ޝިޢާރު އެންމެން ގުޅިގެން ޙާޞިލުކުރާނަން މިޝިޢާރު އެޑިޔުކޭޝަން މިނިސްޓަރ ތަޢާރަފްކޮށްދެއްވިއެވެ. ދިރާސީ އަހަރު މިއަދު ފެށުނުއިރު މިއަހަރު އަލަށް 9 ސްކޫލެއްގައި އޯލެވެލް ފެންވަރަށް ކިޔަވާދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީހުއްދަ ދެއްވާފައެވެ. މިއަހަރު ގްރޭޑް 9 ދެ ސްކޫލެއްގައި ކިޔަވައިދޭން ފަށާގޮތަށް ހަމަޖެހިފައިވާއިރު މާލޭގެ ޕްރައިމަރީ ސްކޫލެއްކަމަށްވާ އިމާދުއްދީން ސްކޫލްގައި މިއަހަރުން ފެށިގެން ގްރޭޑް 8 ކިޔަވައިދޭގޮތަށްވަނީ ހަމަޖެހިފައެވެ. މާލޭގެ ޕްރައިމަރީ ސްކޫލެއްކަމަށްވާ ޣިޔާޘުއްދީން ސްކޫލް ބޭރުގެބަޔަކާއި ހަވާލުކޮށް ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލްގެ ނަމުގައި މިމަހުގެ ސަތާރަވަނަ ދުވަހު ކިޔެވުން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
މި ދިރާސީ އާއަހަރަށް ތަޢުލީމީ ދާއިރާއާއި އަލަށް ގުޅިވަޑައިގަންނަވާ ބިދޭސީ ޓީޗަރުންގެ ޢަދަދު މިދިޔައަހަރަށްވުރެ މަދުވާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރައްވައެވެ. އެގޮތުން މިދިޔައަހަރު ކޮލެޖުން ނިންމި ފަސްދޮޅަހަކަށް ޓީޗަރުންނަށް ވަޒީފާގެ ފުރުޞަތުދެއްވާފައިވެއެވެ. ރާއްޖެއިން ބޭރުން ގެނެވޭ 100އެއްހާ ޓީޗަރުން މިއަހަރު އަލަށް ތަޢުލީމީ ދާއިރާއާއި ގުޅިލައްވާނެއެވެ.
މި ދިރާސީ އަހަރު 196 ދުވަހު ކިޔާވައިދިނުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޔުމަށް ހިޔާލުފާޅު ކުރެއްވުމަށް ތިރީގައިވާ ފޯމު ބޭނުން ކުރައްވާ

ހިޔާލު ހޯދާލުމުގެ ވޯޓް

ކާވެނިކުރުމަށް އެންމެ ރަގަޅު އުމުރަކީ

View Results

Loading ... Loading ...

އަރުޝީފު

ކުޅިވަރު

ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

މި ހާރު ކުރިޔަށްދާ އޭއެފްސީ ފުޓުބޯޅަ މުބާރާތުގައި ދިވެހި ރާއްޖޭގެ ވީބީ ސްޕޯޓްސް ...

ވިޔަފާރި

ވޭތުވެ ދިޔަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 34 އިންސައްތަ ދަށަށް ގޮސްފައިވޭ

ވޭތުވެ ދިޔަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 34 އިންސައްތަ ދަށަށް ގޮސްފައިވޭ

ވޭތުވެ ދިޔަ 2009ވަނަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެ އެތެރެކުރެވުނު މުދާ އޭގެ ...

ދީން

ޤުރުއާން އަޖައިބުކުރުވަނިވި ފޮތެއް

ޤުރުއާން އަޖައިބުކުރުވަނިވި ފޮތެއް

މުސްލިމް ނޫން އެތައްބަޔަކު ކީރިތި ޤުރުއާން ނުހަނު ގާތުން، ދިރާސާކޮށް ބަލަމުންދާއިރުވެސް މީގެތެރެއިން ...

ޓެކްނޮލޮޖީ

އެޕަލްގެ އައިޕެޑް އޭޕްރީލް 3ގައި ބާޒަރަށް

އެޕަލްގެ އައިޕެޑް އޭޕްރީލް 3ގައި ބާޒަރަށް

އެޕަލްގެ އައިޕެޑް މިއަންނަ އެޕްރީލް މަހުގެ ތިނެއް ގައި އެމެރިކާގެ ބާޒާރަށް ނެރެވޭނެ ...