ވެރިކަން މަޑުމަޑުން “މައުމޫނިއްޔަތަށް”
ލިއުނީ: ޔޫސުފް ޔޫޝަޢު 
ދިވެހިރާއްޖޭގެ ސިޔާސީ މަސްރަޙު ބަދަލުކޮށްލުމުގައި ފައިނަގައިގެން އުޅުނު ގިނަމީހުން ސިޔާސީ ގޮނޑިއެއް ސަރުކާރުގެ މަތީފަޑިން ހޯދިއެވެ. ދުނިޔޭގެ އެހެން ޤައުމުތަކާއި އެއްގޮތަށް ވެރިކަމުގެ ތަބަކަށް އެރުމުން ރައްޔިތުންނާ ބީރައްޓެހިވެއެވެ. ފެނިދެނިވެ ވާހަކަ ދައްކާ އުޅުނު ކަމުގައި ވިނަމަވެސް އެއްވެސް ކަމެއްގައި އެހީއެއް މަދަދެއް ވެ ނުދެވޭނެކަން ސިޔާސީކޮންމެ މުފައްކިރަކު އެއްބަސްވާ ފަދައިން މިއިން ކޮންމެ ފަރާތަކުން އެއްބަސްވެއެވެ.
ދިވެހިން ޤަބޫލުކުރަމުން އައި މައުމޫނު ކުރަމުން އައި ވެރިކަމަކީ އޭނާ އަމިއްލަ އަށް ބައްޓަން ކޮށްފައިވާ ވެރިކަމުގެ ފާޑުވެރިކަމެއް ކަމުގައެވެ. އެހެނަސް މިއަދު މިފެނިގެންދާ ވެރިކަމުގެ ވައްޓަފާޅި ބައްޓަންވަމުންދާ ގޮތުން ވެރިކަމުގެ ވައްޓަފާޅި އަކީ އެގޮތަށް މީހަކު އަމިއްލަ އަށް ބައްޓަން ކުރެވޭނެ އެއްޗެއްނޫންކަން ފިސާރި ރަނގަޅަށް ދޭހަވެއެވެ.
ވެރިކަމުގެ ވައްޓަފާޅީ ބައްޓަންވުމުގައި ތިންކަމެއް ނުފޫޒު ފޯރުވައެވެ. އެއީ:-
1 ރައްޔިތުން:- ރައްޔިތުންގެ ގިނަމީހުން ޤަބޫލު ކުރާގޮތާއި ގިނަމީހުން ރުހެމުން އަންނަގޮތެވެ. “ކޮމަންލޯ” އަކީ މިގޮތުން އެކަށަ އެޅިފައިވާ ވެެރިކަމެއްގެ ތެރެއަށް އެންމެ ފުޅާދާއިރާއެއްގައި ނުފޫޒު ފޯރުވާއެއްކަމެކެވެ. މިގޮތުން “ރާވިއްކުމުގެބިލް” ގެ މައްޗަށް “ކޮމަންލޯ” ނުހަނު ގަދައަށް ނުފޫޒު ފޯރުވިއެވެ. އަދި ނަތީޖާ އަކަށްވީ މަޖިލީހުގެ ތަޅުމުން ބިލުބޭރުކޮށްލަން ޖެހުމެވެ.
2 ސަޤާފަތާއި އާދަކާދަ:- ރައްޔިތުން އާދަވެގެން ކަންކުރަމުން އަންނަގޮތަކީ ވެރިކަމުގެ ވައްޓަފާޅި ހިފަހެއްޓުމަށް ނުފޫޒު ފޯރުވާ ސަގާފީ ބާރެވެ. މިބާރަކީ ރައްޔިތުންގެ ޖަޒްބާތާއި ރޫހާއި ގުޅިފައިވާ ކަންތައްތެކެވެ.
3 ދީން:- އެބަޔަކު އުޅެމުން އަންނަދީނަކީ ވެރިކަމުގެ ފަރާތުން އިހްތިރާމް ކުރަން ޖެހޭނެ ކަމެއްކަމުގައި ރައްޔިތުން ބަލައިގަނެއެވެ. މިކަމުގެ ނަތީޖާއަކީ ދީނާއި ވެރިކަން ގުޅިލާމެހިގެން ދިއުމެވެ. ދީނަށް ހަޖޫޖަހާ އިހްތިރާމް ކުރުން ކުޑަކޮށްފިނަމަ “ރޫހީހަނގުރާމައެއް” ކުރެވެން ފަށައެވެ.
މަތީގައި ބަޔާން ކުރެވުނު ތިންކަންތަކުގެ މަތީގައި ރާއްޖޭގެ ވެރިކަން ބައްޓަންވަމުން ދާއިރު ‘ އަމިއްލަވަންތަ ގޮތަކަށް “ބަނގަލާ” ބަންނާނަމޭ ހިތާ ވެރިކަން ކުރުމަކީ މުސްތަހިއްލު ކަމެކެވެ. ވެރިކަމަކީ ތިމާ ބައްޓަންކުރާ އެއްޗަކަށްވުރެ ރައްޔިތުންގެ ފުށުން ބައްޓަންވަމުން އުފެދޭ އޮނިގަނޑެކެވެ.

އިސްލާމިކް ރިޕަބްލިކް
މަންމަމެން ބުނެނުދީ ހުރި ބައެއްވާހަކަތައް 2
އިހުމާލް
ލޭމައްޗަށްދާ ގިނަމީހުން ބޭސްފަށަނީ ގިނަފަހަރަށް ލޭމައްޗަށް ނުދަނީހެވެ.
ހައްޖުވެރިން ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު މިއަންނަ ހުކުރުދުވަހު ރާއްޖެ އަންނަން ފަށާނެއެވެ.
މިހާރުގެ ވެރިކަމުގަ ތީން އެއްވެސް ކަމެއް ފެނޭ ބާ؟
[މިހިޔާލަށް ރައްދު ދިނުމަށް]
ވަރަށް ރަނގަޅު ވާޙަކައެއް. ޒަމާނީ ޑިމޮކްރާތީއޭ ކިޔަސް އެމީހަކު ބޭނުން ގޮތަކަށް އެބުނާ ދިމުކްރާތީ ބައްޓަން ކުރަނީ. އެހެންނު
[މިހިޔާލަށް ރައްދު ދިނުމަށް]
މިހާރުގެ ވެރިކަމުގައި ވަރަސް ބޮޑަށް ޙުދުމުޙްތާރުކަން އެކުލެވޭ.
[މިހިޔާލަށް ރައްދު ދިނުމަށް]
އަހްމަދު ބުނަނީ:
ޖުލައި 25th, 2010 at 2:07 am
ޚުދުމުޚްތާރުވާން ޖެހޭހިދު ގައުމާއި ރައްޔިތުންގެ ހައްގުގައި ސަރުކާރުން ޚުދުމުޚްތާރު ވެގެން ނަމަވެސް ފައިސާއަށް ވޯޓް ގަތުމާއި، ފައިސާއަށް އަދުލު އިންސާފު ހޯދުން މިގައުމުން ފިލުވާލަން އެބަޖެހެއެވެ.
[މިހިޔާލަށް ރައްދު ދިނުމަށް]