މާބަނޑުމީހުން ބޭސް ބޭނުން ކުރުން

ހޯމަ, 8 ފެބްރުއަރީ, 2010

pregnantލިއުނީ: ޔޫތަލް
މާބަނޑު މީހުންގެ ތެރެއިން %90 މީހުން ޑޮކްޓަރުގެ ލަފައަކާ ނުލާ އެކިފާޑުގެ ބޭސް ނުވަތަ ޤާނޫނު މަނާކުރާ ބޭސް (މަސްތުވާތަކެތި ނަމަވެސް ) ބޭނުންކުރެއެވެ. ޖުމުލަ ގޮތެއްގައި ބުނާނަމަ ބޭސް ހާއްސަ ސަބަބަކާއި ނުލައި މާބަނޑު ދުވަސްވަރު ބޭނުންކުރުމަކީ އެއްގޮތަކަށްވެސް އެދެވިގެންވާ ކަމެއްނޫނެވެ. އެހެނީ މިކަމުގެ ސަބަބުން ބަނޑުގައިވާ ކުޑަދަރިފުޅަށް ނުހަނު ގެއްލުން ލިބެއެއެވެ.   ވިހެއުމުގެ ތެރޭގައި ގެއްލުމާ ކުރިމަތިވާ މީހުންގެ ތެރެއިން 2 ނުވަތަ 3 އިންސައްތަ އަކީ ބޭހުގެ ސަބަބުން ގެއްލުމާއި ކުރިމަތިވާ މީހުންނެވެ.

އެހެނަސް ބައެއްފަހަރަށް ބޭނުންކުރެވޭ ބައެއްބޭސްތަކަކީ މާބަނޑު މީހާގެ ސިއްޚަތަށާއި ބަނޑުގައިވާ ދަރިފުޅުގެ ސިއްޚަތަށް އޭގެން ނުހަނު ގިނަ ފައިދާތައް ކުރުވާ ބޭސްތަކެވެ. މިގޮތުން ބޭސް ބޭނުންކުރަން މެދުވެރިވެއްޖެ ނަމަ އެ ބޭހެއް ބޭނުން ކުރުމުގެ ކުރިން ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ ނުހަނު މުހިއްމުކަމެކެވެ. އެއްވެސް ފާޑެއްގެ ފަތްޕިލާވެލިން ހަދާފައިވާ ބޭސްތަކާއި ( އެލްކަންގެ އުފެއްދުންފަދަ ) ބޭހެއްނަމަވެސް ބޭނުން ކުރަންވާނީ ޑޮކްޓަރގެ ލަފާގެ މަތިންނެވެ.  މިގޮތުން ބައެއްފަހަރަށް މާބަނޑު މީހުން ވިޓަމިންސް އާއި މިނަރަލަސް ބޭނުން ކުރުމަށް ޑޮކްޓަރުން ލަފާދެއްވައެވެ.

އެމެރިކާގެ “ފުޑް އެންޑް ޑްރަގް އޮތޯރިޓީން” ހާމަ ކޮށްފައިވާ މާބަނޑު ދުވަސްވަރު ބޭނުން ކުރުމުން ގެއްލުން ލިބޭ ބައެއް ބޭސްތަކަކީ:-
1 އެންޓިއެންޒައިޓީ ބޭހެއްކަމުގައިވާ  ” ޑައެޒެޕާމް”
މާބަޑު ދުވަސްވަރުގެ ފަހުކޮޅު މިބޭސްބޭނުންކުރުމުން ބަޑުގައިވާ ދަރިފުޅު ވިހެއުމަށްފަހު ކުޑަދަރިފުޅުގެ ގައި ހިރެވުމާއި ރަތްވުން ފަދަ މައްސަލަތައް ދިމާވެއެވެ.

2 އެންޓިބައޮޓިކްސް ތެރޭގައި ހިމެނޭ
ހ. ޓެޓްރިސައިކްލިން
ށ. ސްޓްރެޕްޓޮމިސިން
ނ. ސިޕްރޮފޮލކްސިން
ރ. ވެލްޕޮރޭޓް
މީގެއިތުރަށްވެސް ގިނަބޭސްތަކަކީ މާބަޑު ދުވަސްވަރު ބޭނުން ކުރުމުން ބައެއް ފަހަރަށް ގެއްލުން ލިބޭ ބޭސްތަކެވެ.

“ މާބަނޑުމީހުން ބޭސް ބޭނުން ކުރުން - މިލިޔުމާއި މެދު ކިޔުންތެރިންގެ ހިޔާލު ”

  1. އަގު

    ސަޅި އިނގޭ

    [މިހިޔާލަށް ރައްދު ދިނުމަށް]

މިލިޔުމަށް ހިޔާލުފާޅު ކުރެއްވުމަށް ތިރީގައިވާ ފޯމު ބޭނުން ކުރައްވާ

ހިޔާލު ހޯދާލުމުގެ ވޯޓް

ކާވެނިކުރުމަށް އެންމެ ރަގަޅު އުމުރަކީ

View Results

Loading ... Loading ...

އަރުޝީފު

ކުޅިވަރު

ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

މި ހާރު ކުރިޔަށްދާ އޭއެފްސީ ފުޓުބޯޅަ މުބާރާތުގައި ދިވެހި ރާއްޖޭގެ ވީބީ ސްޕޯޓްސް ...

ވިޔަފާރި

ވޭތުވެ ދިޔަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 34 އިންސައްތަ ދަށަށް ގޮސްފައިވޭ

ވޭތުވެ ދިޔަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 34 އިންސައްތަ ދަށަށް ގޮސްފައިވޭ

ވޭތުވެ ދިޔަ 2009ވަނަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެ އެތެރެކުރެވުނު މުދާ އޭގެ ...

ދީން

ޤުރުއާން އަޖައިބުކުރުވަނިވި ފޮތެއް

ޤުރުއާން އަޖައިބުކުރުވަނިވި ފޮތެއް

މުސްލިމް ނޫން އެތައްބަޔަކު ކީރިތި ޤުރުއާން ނުހަނު ގާތުން، ދިރާސާކޮށް ބަލަމުންދާއިރުވެސް މީގެތެރެއިން ...

ޓެކްނޮލޮޖީ

އެޕަލްގެ އައިޕެޑް އޭޕްރީލް 3ގައި ބާޒަރަށް

އެޕަލްގެ އައިޕެޑް އޭޕްރީލް 3ގައި ބާޒަރަށް

އެޕަލްގެ އައިޕެޑް މިއަންނަ އެޕްރީލް މަހުގެ ތިނެއް ގައި އެމެރިކާގެ ބާޒާރަށް ނެރެވޭނެ ...