ތިމާގެ ބައިވެރިޔާއާއި އެކު ހިންގާ ވަހުސީ އަމަލު ފޭސްބުކުން އިސްތިހާރު ކުރުން..
ލިއުނީ : ޔޫތަލް
ދިވެހިކުދިންގެ ފޭސްބުކުގައި (ފޭސްބުކުގެ ސައިޓުގައި) ތިމާގެ ބައިވެރިޔާ އާއި އެކު ހިންގާ ވަހުސީ އަމަލު ދައްކުވައިދޭ ގޮތަށް ބައްދައި ގަނެ އޮޅުލައިގަނެ ނުވަތަ ދޮންދީ ކިސްކޮށް ހަދާ މަންޒަރު ދައްކުވައިދޭ ތަސްވީރުތައް ފަހަކަށް އައިސް އަންނަނީ ގިނަވަމުންނެވެ. މި ތަސްވީރުތައް މިގޮތަށް އާއްމުކުރަމުންދާ އިރު ތިމާ ފިރިމީހާ އަށް ނުވަތަ އަނބިމީހާ އަށް ތިމާ ކުރަނީ ކޮންފަދަ އިހްތިރާމެއްތޯ ސުވާލު އުފެދެއެވެ.
ނަފްސާނީ ޢިލްމުވެރިންގެ ބަހުންނަމަ ތިމާގެ “ސިއްރު އެޖެންޑާ” މީހުންނަށް ހާމަކުރަނީ ތިމާގެ ދިރިއުޅުމުގައި ހަލަބޮލިކަން ވުމުން އެކަމާ މާޔޫސްވެގެން ނުވަތަ އެހެންބަޔަކަށް ތިމާ ކޮންމެވެސް ކަމެއް ކޮށްފިކަންދައްކާލުމަށެވެ.
މަސްހޫރޫ ދާއީ ދީދާތުުގެ ތަޤްރީރެއްގައި ނަޞާރާއިންނަށް އަމާޒުކޮށް ބުނެފައިވެއެވެ. ” ކަލޭމެންގެ މައިންނާއި ދަރިން އަދި ދައްތައިންގެ އޮރިޔާން ތަސްވީރަށް ކަލޭމެން ވަނަދީ ބުރުސޫރަތަކާއި ބައްޓަންތަކަށް ނަޒަރުހިންގަނީ، ކަލޭމެންނަށް އާދަޔާ ހިލާފު ބައްޔެއް ޖެހިފައި ވާތީއެވެ. އަހަރެމެން މުސްލިމުން އަނބިންނާ އަންހެން ދަރިން ، މަންމައިންނާއި ދައްތައިންގެ ތަސްވީރުތައް އިސްތިހާރުކޮށް އެއަށް ވަނަދީ އެއް ނުހަދަމެވެ.”
ފޭސްބުކުގައި “މަގޭ ކޮއްކޮ އަށް ރީތީގެ ވަނަދޭ ގުރޫޕްތައް ދިވެހި ކުދިން ހިންގައެވެ. ކޮއްކޮ ގެ އޮރިޔާން ތަސްވީރުތައް މީހުންނަށް ދައްކުވާ އެއަށް ވޯޓުދިނުމަށް އަންގައެވެ. ޚުދު އަހަންނަށްވެސް މިހެން ކިތައްމެ މެއިލް އެއް ފޭސް ބުކުގައި އާދެއެވެ. އެވިންސްމޮޑެލް ގެ އޮރިޔާން ހެދުމުގައި މިއީ މަގޭ ކޮއްކޮ އޭ ކިޔާ މެއިލް ކޮށްފައިވެއެވެ.

ދިވެހިރާއްޖެއަކީ މިސަރަޙައްދުގައިވާ އެންމެ ދިގު މިނިވަންކަމުގެ ތާރީޚީ ޤައުމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެ
ކްރިސްމަސް ހަފްލާއެއްގައި ޕޯޕްއަށް ހަމަލާދީފި
އިންޑޮނޭޝިޔާ އަށް 7.9 ރެކްޓަރ މިންގަޑުން އައި ބިންހެލުމުން ސުނާމީ އެއް އުފެދިދާނެކަމަށް އިންޒާރު ދީފި
އިންޓަނެޓް ދުނިޔޭގެ ވުޖޫދަށް އައީކިހިނެތްހެއްޔެ؟
ނުކުރަންވީ ކަންތައްތައް އެކުލަވާލުމަށް ވުރެ ކުރަންވީ ކަންތައްތައް އެކުލަވާލާ އެއަށް ޢަމަލުކުރުން މާ މުހިއްމު ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ "
ދެން ލަލަލާލާލާ!
[މިހިޔާލަށް ރައްދު ދިނުމަށް]
ޖެރީ ބުނަނީ:
މެއި 31st, 2010 at 9:20 pm
ކަލޭމެނަށް ކޮން ކަމެެއްތަ ކޮންމެ ބަޔަކު ކޮންމެ ގޮތަކައް ފޮޓޯ ނަގާފަ ލިޔަސް..... އެއީ އެމީހުންގެ އަމިއްލަ ކަންތައް... ނުބެހެވޭ ކަންކަމާ ނުބެހި ތިބެބަލަ.... އެމީހުން އުޅެން ވީ ގޮތް އެނގޭނީި އެމީހުނައް..... ވަރަށް ފޯރި ހުރޭ ދޯ އެހެން މީހުންގެ އަމިއްލަ ކަންކަމާ ބެހެން...؟؟؟؟؟؟
[މިހިޔާލަށް ރައްދު ދިނުމަށް]
ސިލް.. ބުނަނީ:
އޮގަސްޓް 11th, 2010 at 3:01 am
ތިބޭފުޅާއަކީ މުސްލިމެއްކަމުގައި ވާނަމަ ވިސްނެވުން ހުރި.. މިއުންމަތުގެ މީސްތަކުން މާތްﷲ މާތް ކުރައްވައި އެންމެ ހެޔޮ އުންމަތްކަމުގައި ލެއްވެވީ އެބައި މީހުންނަކީ ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް ނަހީކުރާ ބަޔަކަށްވާކަމަށްޓަކައި.. މިކަމަކީ ސީދާ ކީރިތި ޤުރުއާނުން އަހަރެމެންނަށް ފެންނަން އޮތް ހަޤީޤަތެއް...
[މިހިޔާލަށް ރައްދު ދިނުމަށް]
އަޅެ ދެން މިކަހަލަ މޮލު ލިޔުން ލިއަނީ ތީ ރައީސް ނަސީދު ބުނުއްވައި ގެން ކުރާކަމެއްތަ؟
[މިހިޔާލަށް ރައްދު ދިނުމަށް]
ވަރަށް ރަނގަޅު ވާހަކައެއް. ޔޫތަލް ގެ މި ލިޔުމުން އަހަރުމެން ނަށް ރަނގަޅު ގޮތް ބުނެދޭ.
[މިހިޔާލަށް ރައްދު ދިނުމަށް]
އިސްލާމްދީންގެ މަތިވެރި އުސޫލްތަކުގައި ދިވެހި ކުޑަކުދިން ޖައްސަން މަސައްކަތް ކުރެވެނީ ކިހާވަރަކަށް ބާވައޭހިތުގައި އުފެދޭ ސުވާލެއް!!
[މިހިޔާލަށް ރައްދު ދިނުމަށް]
ހޭ ހޭ ކަލޯ ކީކޭ ކިއަން ތަތިއުޅެނީ!!
[މިހިޔާލަށް ރައްދު ދިނުމަށް]
ބަލަ ތީކަލެޔާ ކަލޭގެ ބިޓުތަ؟
[މިހިޔާލަށް ރައްދު ދިނުމަށް]
ޒުވާނުންނަށް ވިސްނޭނީ ފަހުން!
[މިހިޔާލަށް ރައްދު ދިނުމަށް]