ކޮންމެ ޤައުމެއްގެވެސް އެންމެ މުހިންމު އެއް މިލްކިއްޔާތަކީ، އެޤައުމެއްގެ ބިންކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ކޮންމެ ދައުލަތެއްގެވެސް އެންމެ މުހިންމު އެއް މިލްކިއްޔާތަކީ، އެޤައުމެއްގެ ބިން ކަމަށާއި، ޤައުމެއްގެ އިޤްތިޞާދު ބިނާވެފައި އޮންނަނީ، އެޤައުމެއްގެ ބިމުގެ ތަނަވަސްކަމާއި، އެ ބިމުގެ މުއްސަނދިކަމުގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވެގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވައި، އެމަނިކުފާނު މިއަދު ހެނދުނު ދެއްވި ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި، ރާއްޖޭގައި ބިން ހެޔޮގޮތުގައި ބޭނުންކުރެވޭނެ ޢާންމު އޮނިގަނޑެއް އެކުލަވައިލުމުގެ މުހިންމުގެ ކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު މިއަދު ދެއްވި ރޭޑިޔޯ ޚިޠާބު، ބިނާކުރެއްވީ މި މައުޟޫޢުގެ މައްޗައްށެވެ. މިމައުލޫގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބިމަކީ ވިޔަފާރިތަކާއި ޢާއިލާތަކާއި މާލީ އިދާރާތަކާއި އަދި މިނޫންވެސް މުޖްތަމަޢުގައި ހިމެނޭ އެންމެހާ ފަރާތްތަކުގެ އެންމެ ބޭނުންތެރި މިލްކިއްޔާތުކަން ބަޔާންކުރައްވަމުން، އެންމެންނަށް ފައިދާހުރި ގޮތަކަށް ބިން ބޭނުންކުރެވޭނެގޮތް ހެދޭނީ، ބިން ބޭނުންކުރާނެ ގޮތުގެ ޕްލޭނެއް ކުރެވިގެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، ހުރިހާ ފަރާތްތަކެއްގެ ބޭނުންތައް އެފަދަ ޕްލޭނެއްގައި ހިމެނި، އަދި އެކިއެކި ބޭނުންތައް ފުށުއަރާ ޙާލަތްތަކުގައި އެމައްސަލަތައް ޙައްލުކުރެވޭނެ ނިޒާމެއްވެސް ޤާއިމު ކުރެވިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އޭގެ ބޭނުމަކީ ބިމަކީ ދައުލަތުގެ އެންމެ މުހިންމު އެއްބައި ކަމަށްވެފައި، ޤައުމުގައި ދިރިއުޅޭ މީސްމީހުންނަށް އަމާންކަމާއި ހިތްހަމަޖެހުމާއެކު، އެހެން މީސްމީހުންގެ ފުށުން އުނދަގުލެއް ނުވަތަ ތުރާލެއްނެތި ބޯހިޔާކޮށްގެން ދިރިއުޅެވޭނެ މަގު ތަނަވަސްކުރުމަށް މަގުފަހިކުރުންކަމަށެވެ. އަދި އިޤްތިޞާދީ ޙަރަކާތްތަކަށް އެންމެންނަށް ހަމަހަމަ ފުރްޞަތުތަކުން ބިން ލިބި، ބިން ބޭނުންކުރެވޭނެ ގޮތެއް ހަމަޖެއްސުމާއި، ބިމުގައި ހިންގާ އެކިއެކި ޙަރަކާތްތަކުގެ ސަބަބުން މީހުންނަށާއި ތިމާވެށްޓަށް ލިބޭ އެކިއެކި ގެއްލުންތައް ކުޑަކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައިސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޒަމާނުއްސުރެ ފަށައިގެން ރާއްޖޭގެ ބިން ބޭނުންކުރެވެމުން އައި ގޮތުގެ މައްޗަށްވެސް ވަރަށް ތަފްޞީލުކޮށް ބައްލަވައިލެއްވި. އަދި 2002 ވަނަ އަހަރު ފާސްކުރެވުނު ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނުގެ އެކިމާއްދާތަކުގެ މައްޗަށްވެސް ބައްލަވައިލެއްވިއެވެ.

ބައެއް ޑިމޮކްރަސީ އަކީ ފިރައުނިއްޔަތުގެ ދެލި ކޮޕީއެއް
ތިމާގެ ސިއްރުތައް ބޭޒާރުކުރަމުންދާ ފޭސްބުކް
ވަޒީފާއަށް އަހުލުވެރިކުރުވުމަށް ކޮންމެދުވަހަކީ ދިވެހިންނަށް މިވަގުތު ވަރަށް މުހިއްމުކަމެއް.
13 އަހަރަކީ ކުޑައުމުރެއްނޫނެވެ. 18 އަހަރަކީ ބޮޑުމީހަކަށް ބަލާ އުމުރުކަމަށް ބަލަނީ "ޤައުމީ" ނަޒަރަކުންނެވެ.
ފޭސްބުކް ލައިޓް
ތީ ބިން ވިއްކަންވެގެން އަޅުވާ އަނދުނެއް!!
[މިހިޔާލަށް ރައްދު ދިނުމަށް]