މަލާއިކަތުން ކަމަށް ދަޢުވާ ކުރާ ދިވެހިން

އާދީއްތަ, 25 އޭޕްރީލް, 2010

lightningފޭސްބުކަކީ މިލިއަނުން ދުނިޔޭން މީހުން އެމީހުންގެ މަޢުލޫމާތު ތައް ރައްޓެހިންނާއި އެނޫން މީހުންނާ ހިއްސާކުރަމުން އަންނަ އިޖްތިމާޢީ ވިއުގައެކެވެ. ފޭސްބުކުގައި  “އެންޖަލް” މަލައިކަތުން ޖަހާފައި ހޯދާއިފިނަމަ ( ސާރޗް ކޮށްފިނަމަ) ގިނައަދަދަކަށް ފެނިގެން ދާނީ ދިވެހިކުދިން “އެންޖަލް” މިނަމުގައި ރަޖިސްޓްރީ ކޮށްފައިވާތަނެވެ.  ޔޫރަޕްގެ ޤައުމުތަކުގައި ނުވަތަ ނަސޯރާ ނަމެއްގެ ގޮތުގައި “އެންޖޮލީނާ” “އެންޖަލިކާ” ފަދަ ނަންތައް ވި ނަމަވެސް އެންޖަލް ( މަލައިކަތުން) ކިޔާފައި ހުންނަތަން ވަރަށް ނުފެނެއެވެ.

ދިވެހިކުދިން ފޭސްބުކުގައި ދައުވާ ކުރަމުން ދަނީ އެމީހުންނަކީ މަލައިކަތުން ކަމުގައެވެ. ނުވަތަ މަލައިކަތުންގެ ދަރިން ކަމުގައެވެ. ( ކަމަކަށް ދަޢުވާ ކުރެވެނީ ތިމާގެ ބަހުން ނުވަތަ ޢަމަލުންނެވެ.  އެހެން ކަމުން ދިވެހިކުދިން ކުރަމުން މިގަންދާ ދޮގުދަޢުވާ އިސްލާހު ކުރުމަކީ މުސްލިމުން ކަމުގައި ވީ ހިނދު ވަރަށް މުހިއްމު ކަމެކެވެ. )

އޭންޖަލް     ޖަހާފައި ފޭސްބުކުގައި ހޯދައިފި ނަމަ  “އޭންޖަލް ފާތުން” “އޭންޖަލް މަރިޔަމް” ފެންނާނެއެވެ. މީގެ އިތުރަށް ” ކްރޭޒީ އެންޖަލް” ( މޮޔަ މަލާކަތާ) ފަދަ ނަންނަމުގައި ދިވެހިކުދިން ދަޢުވާ އުފުލަމުން ދެއެވެ.

މަލާއިކަތުން ﷲ ތަޢާލާ ހައްދަވާފައިވާ ބޭނުމާއި ، މަލާއިކަތުންނަކީ ކޮންބައެއްކަން އެނގޭހާލުވެސް ތިމާ އަކީ މަލައިގަތެއް ކަމަށް ދަޢުވާ އުފުލުމަކީ ކިހާބޮޑު ފާފައެއްބާއެވެ

ބަނީ އިސްރާއީލު ގެ މީހުން އީސާގެ ފާނަކީ ﷲ ގެ ދަރިކަލެއް ކަމަށް ދަޢުވާކުރިއެވެ، އެމީހުންގެ ބަހުން ތިމަންމެނަކީ އިލާހުގެ ދަރިންނޭ ބުނަމުންދިޔައެވެ. އެހެނަސް ދުވަހަކުވެސް އެމީހުން ހައްދަވާފައިވާ އިންސާނިއްޔަތު ކަމުން ނުކުމެ ތިމަންމެންނަކީ މަލަކޫތީ ބައެކޭ ނުވަތަ މަލައިކަތުންނޭ ބުނަމަކުން ނުދެއެވެ.

ދިވެހި ގިނަ އަންހެން ކުދިން ފޭސްބުކުގައި މިގޮތަށް މަލައިކަތުން ކަމުގައި ބުނެ ފުރައްސާރަ ކުރަމުންދަނީ މަލަކޫތީ ޢާލަމް ގެ އެންމެހާ ކަންތައްތަކަކާއި މަލާއިކަތުން ގެ ދަޢުރު ކިހާވަރަކަށް އެނގިތިބެ ބާއެވެ..

“ މަލާއިކަތުން ކަމަށް ދަޢުވާ ކުރާ ދިވެހިން - މިލިޔުމާއި މެދު ކިޔުންތެރިންގެ ހިޔާލު ”

  1. ރިޔާޝާ

    ވަރަށް ރަނގަޅު ލިޔުމެއް.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  2. ޟާމިނު

    ދިވެހި އަންހެން ކުދިންނަކީ ބޮޑު ބަލާއެކޭބުނަނީ ހަމައެހެންވެ!!!

    [މިހިޔާލަށް ރައްދު ދިނުމަށް]

  3. ޟާމިނު

    އެމީހުން ރަނގަޅު ވާނީ ހަމަ އެންމެ ކަމަކަށް، އެއީ ބަނޑު އަޅުވައިގެން ގިސްލައިފައި ކެއުމާ، ރޭނގަޑު އެނދުމަތި ފަޅުފިލުވުން!

    [މިހިޔާލަށް ރައްދު ދިނުމަށް]

  4. ޟާމިނު

    ދެން ކޮން އެންޖަލަކަށް ހެދޭކަށް ތަ؟ ދިވެހި ކުދިން ގެ %‫​99އަކަށް އަސްލުނަމުން ފޭސްބުކްގަ މުޢާމަލާތް ކުރާކަށް ނުކެރޭ.‫.‫​.‫​ހެއްދެވިފަރާތް ނޫންނީ ބިރުގަންނަ އެހެންފަރާތެއް ވެސް ވަނީ ކަންނޭގެ.‫​.‫​.އެންޖަލް ކިއަނީ ދެން ރީތި ނަމެއް ކިއަން ވެގެން.‫.‫​.‫​މީހާގެ އަސްލުނަން ފޮރުވަންވެގެން.‫​‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  5. އިބޫ

    މި ރިޕޯޓް ކިޔުމަށް ފަހު ޓެސްޓް ކޮށް ލަން ވެގެން އަހަރެންވެސް ފޭސްބުކް އަށް ގޮސް “އޭންޖަލް” ޖަހައިފިން، ފުރަތަމަވެސް އެރީހަމަ ދިވެހި ކުއްޖެއްގެ ނަން. ދެވަނައަށްވެސް ހަމަ ދިވެހި ކުއްޖެއް.‫.‫​.‫​އެންޖަލް އެންޖަލް.‫​.‫​ހަމަރަނގަޅުވާހަކަ އެއް، ދިވެހި ކުދިން އެންޖަލް ނަމުގެފަހަތަށް ލައިހަދާކަން މީގެ ކުރިއަކުން ފާހަގަކުރެވިފައިނެތް.‫​ މީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވީހިނދު ވިސްނާލަން ހަމަ ރަނގަޅު ކަމެއް.‫​ މިކަންތަށް ކިޔުންތެރިންގެ ސަމާލުކަމަށް ގެނެސްދެއްވީތީ “ވަތަން” ގެ އެޑިޓަރު އަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން.‫​މީހަމަ ވިސްނާލުން ރަނގަޅު ކަމެއް.‫​ – އިބޫ، މާލެ

    [މިހިޔާލަށް ރައްދު ދިނުމަށް]

  6. Anonymous

    ވަރަށް ރަނގަޅު ވާހަކައެއް.‫​.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  7. ތަކުރުފާނު

    ވަރަށް ރަނގަޅު ވާހަކައެއް.‫​.‫​.‫​ ހަމަ ދިވެހީންނަށް ނުވިސްނެނީ.‫​.‫​.‫​ ކީއްކުރާނީ މިކަމަށްވެސް ކޯފާއެއް ބާއްވާލައްވައިފިއްޔާ؟

    [މިހިޔާލަށް ރައްދު ދިނުމަށް]

  8. މަސީ

    އެކުދިންނަށް އަޅުގަނޑު އައިޑިއާއެއް ދީފާނަން މަލާއިކަތުންނަކީ ކެއުމެއް ބުއިމެއް ބޭނުންވާ ފަރާތްތަކެއްނޫން ދެން އެކުދިން ގާތުވެސް ބުނޭ ދަޢުވާ ކުރަންޏާ ނުކައި ނުބޮއެތިބެބަލާށޭ ވާގޮތް ބަލާލަން

    [މިހިޔާލަށް ރައްދު ދިނުމަށް]

މިލިޔުމަށް ހިޔާލުފާޅު ކުރެއްވުމަށް ތިރީގައިވާ ފޯމު ބޭނުން ކުރައްވާ

ހިޔާލު ހޯދާލުމުގެ ވޯޓް

ކާވެނިކުރުމަށް އެންމެ ރަގަޅު އުމުރަކީ

View Results

Loading ... Loading ...

އަރުޝީފު

ކުޅިވަރު

ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

މި ހާރު ކުރިޔަށްދާ އޭއެފްސީ ފުޓުބޯޅަ މުބާރާތުގައި ދިވެހި ރާއްޖޭގެ ވީބީ ސްޕޯޓްސް ...

ވިޔަފާރި

ވޭތުވެ ދިޔަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 34 އިންސައްތަ ދަށަށް ގޮސްފައިވޭ

ވޭތުވެ ދިޔަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 34 އިންސައްތަ ދަށަށް ގޮސްފައިވޭ

ވޭތުވެ ދިޔަ 2009ވަނަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެ އެތެރެކުރެވުނު މުދާ އޭގެ ...

ދީން

ޤުރުއާން އަޖައިބުކުރުވަނިވި ފޮތެއް

ޤުރުއާން އަޖައިބުކުރުވަނިވި ފޮތެއް

މުސްލިމް ނޫން އެތައްބަޔަކު ކީރިތި ޤުރުއާން ނުހަނު ގާތުން، ދިރާސާކޮށް ބަލަމުންދާއިރުވެސް މީގެތެރެއިން ...

ޓެކްނޮލޮޖީ

އެޕަލްގެ އައިޕެޑް އޭޕްރީލް 3ގައި ބާޒަރަށް

އެޕަލްގެ އައިޕެޑް އޭޕްރީލް 3ގައި ބާޒަރަށް

އެޕަލްގެ އައިޕެޑް މިއަންނަ އެޕްރީލް މަހުގެ ތިނެއް ގައި އެމެރިކާގެ ބާޒާރަށް ނެރެވޭނެ ...