މައުމޫނާއި މަބޫޓޫގެ ވެރިކަން – ނަޝީދާއި ކަބީލާގެ ވެރިކަން

ހޯމަ, 26 އޭޕްރީލް, 2010

1965 _45154790_45154362ން ފެށިގެން 1997 އާއި ހަމައަށް ކޮންގޯގައި ވެރިކަން ކޮށްފައިވާ މަބޫޓޫ ސީސީ ސޭކޯ އާއި 30  އަހަރު ދުވަހު ހުދުމުހތާރުކޮށް ވެރިކަން ކުރައްވާފައިވާ މައުމޫނާއި ނުހަނު ގާތްކަމެއް ވެރިކަމުގައި ފެންނާން އެބަހުއްޓެވެ.  މަބޫޓޫ ސީސީ ސޭކޯ ގެ ވެރިކަން ނިމުމަށްފަހު ކޮންގޯގެ ވެރިކަމާއި ހަވާލުވެލެއްވީ ލައުރެން ކަބީލާ އެވެ. ލައުރެން ކަބީލާ ގެ ވެރިކަމާއި ރައީސް ނަޝީދުގެ ވެރިކަމާއި ދެމެދު ވަރަށް ގިނަ ކަންތައްތަކެއް ގައި ގާތް ކަމެއް ވެއެވެ.

މަބޫޓޫ އާއި މައުމޫނު

30 ޖޫން 1960 ގައި ކޮންގޯ މިނިވަންވުމާއި ގުޅިގެން ކޯލިޝަން އަކުން އުފެދިގެން އައި ސަރުކާރެއް އުފެދިގެން އައެވެ.  މި ސަރުކާރުގައި ޕްރައިމް މިނިސްޓަރަކަށް ހުންނެވީ ކޮންގޯ މިނިވަން ކުރެއްވިލީޑަރުކަމުގައި ބެލެވޭ ލުމުމްބާ އެވެ. އަދި ރައީސަކަށް ހުންނެވީ  ޖޯސެފް ކާސާ ވަބޫ އެވެ.  އޭރު މަބޫޓޫ ހުންނެވީ ސިފައިންގެ ވެރިކަމުގައެވެ. ކާސާ ވަބޫ އާއި ލުމުމްބާ ސޯވިޔެޓް ޔޫނިއަން އާއި ގުޅިވަޑައިގަންނަވާ މަންޒަރު އިނގިރޭސިންނާއި އެމެރިކަންނުންނަށް ފެނުމުން ސީއައި އޭގެ ފުރިހަމަ ބާރާއި އެކު 1965 ވަނަ އަހަރު މަބޫޓޫ އަށް ވެރިކަން ހޯދައިދިނެވެ.  މައުމޫނެކޭ އެއްފަދައިން މަބޫޓޫ ބެލެވެނީ އާއިލާގެ ގިނަބަޔަކަށް ވެރިކަމުގެ މަޤާމްތައް ދީގެން ވެރިކަން ކުރެއްވި ބޭފުޅެއް ކަމުގައެވެ.  މީގެ އިތުރަށް އަމިއްލަފުޅަށް މަޖާ ކުރައްވާން ގަނޑުވަރު ބިނާކުރައްވާ ހެއްދެވިއެވެ. މައުމޫނު މަޖާ ކުރައްވާ ދަތުރު ވަޑައިގަތުމަށް އާރަށް (މާލެ ކައިރީގައި އޮންނަ ކުޑަ ރަށެއް ) ސަރުކާރު ބަޖެޓުން ހަރަދުކޮށްގެން މުއައްޒަފުން ލައިގެން ހިންގަމުން ގެންދެވިއެވެ. އާއިލާގެ ބޭފުޅުން ވިޔާފަރިކުރެއްވުމަށް ސަރުކާރު ބަޖެޓުން މަތިންދާބޯޓު ޗާޓަރ ކުރައްވައިގެން ފަރަންސޭސި ވިލާތަށް މަބޫޓޫ ވަޑައިގެން އުޅުއްވާ އިރު މައުމޫނު ވަޑައިގަންނަވަނީ ސިންގަޕޯރަށެވެ. މަބޫޓޫއަކީ ކޮންގޯ މިނިވަންކުރެއްވި ލީޑަރު ލުމްބާއަށް ފަހު ވެރިކަމާއި ހަވާލުވި ވެރިމީހާއެވެ. މައުމޫނަކީ ދިވެހިރާއްޖެ މިނިވަން ކުރެއްވި ނާސިރަށް ފަހު ވެރިކަމާއި ހަވާލުވެލެއްވި ވެރިމީހާއެވެ.

ލައުރެން ކަބީލާ އާއި ނަޝީދު

ލައުރެން ކަބީލާ ވެރިކަމާއި ހަވާލުވީ މަބޫޓޫގެ ހުދުމުހުތާރު ވެރިކަން ނިމުމާއި ގުޅިގެންނެވެ.  އެއަށްފަހު ޤައުމުގެ ހާލަތު ބަދަލު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދެވިއެވެ. ކުރީގެ ރައީސް މައުމޫނުގެ ވަޒީރު އިބްރާހިމް ހުސައިން ޒަކީގެ ލަފާއާއި އެކު ނަޝީދު ވެރިކަން ކުރައްވާ ފަދައިން ކަބީލާ ވެރިކަން ކުރެއްވީ މަބޫޓޫގެ ކުރީގެ ވަޒީރު  ސަކޮމްބީ ގެ ލަފާގެ މަތިންނެވެ.  ވެރިކަމުގެ ވަކި ހިސާބަކުން ސަރުކާރުގެ އެކި ދާއިރާގެ މުއްޒަފުން ކަބީލާގެ ވެރިކަމާއި އިދިކޮޅިވެ ނުރުހުން ފާޅުކުރަން ފެށިއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި ދުވަހަކު ސަރުކާރު މުއައްޒަފުން ހިތްހަމަ ނުޖެހޭ ވަރަށް ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. ނަޝީދު ގެ ބަހުން މީ “ހިތިބޭސް ބޯން ޖެހޭ ދުވަސް ވަރެވެ.”  ކަބީލާގެ ސަރުކާރުން ނުރުހުން ފާޅުކޮށް ކަބީލާ މަރުވެގެން ދިޔައީ ބޮޑީގާޑެއް ދިން ހަމަލާއަކުން 16 ޖެނުއަރީ  2001 ގައެވެ.

“ މައުމޫނާއި މަބޫޓޫގެ ވެރިކަން – ނަޝީދާއި ކަބީލާގެ ވެރިކަން - މިލިޔުމާއި މެދު ކިޔުންތެރިންގެ ހިޔާލު ”

  1. އިބޫ

    އޮބިނޯވެ މީ ވަރަށް ސަޅި ލިޔުމެއް!

    [މިހިޔާލަށް ރައްދު ދިނުމަށް]

  2. އިބޫ

    މިދިވެހިރާއްޖެ ގްރީސް އަށް ކުރިމަތިވެފައިވާ ފަދަ ހިތާމައިން ސަލާމަތް ވާނީ ވެރިން މިއަށްވުރެ ހަރުދަނާވެގެން.‫​ ތިމާއަށް ލިބޭވަރުން ޙަރަދުބަރަދު ނުބަހައްޓައި ރައީސް މައުމޫން ސަރުކާރުގައި “ދަރަނި ބޮއްސުންލައިގެން ދިއުމުގެ ހިތިނަތީޖާ ކުރާނީ ހަމަ ޙުދު އަހަރެމެން ދިވެހިންނަށް.‫​ ވީހިނދު އަހަރެން ހަރުއަޑުން ރައީސް ނަސީދުގެ ސަރުކާރަށް ގޮވާލަނީ މަޖްލިސް މެންބަރުންގެ މުސާރަ ކުޑަކޮށް، ސަރުކާރުން ބޭކާރު ޙަރަދު ހުއްޓާލައި، ‘ވޯރލްޑް ބޭންކް” އާއި “އައި.‫​ އެމް.‫​ އެފް.‫​” ފަދަ ބޭބޭފުލުން ގެ އިރުޝާދާ އެއްގޮތަށް ސަރުކާރުގެ މާލީ ސިޔާސަތު ބައްޓަންކުރަން.‫​ ދިވެހިރާއްޖެ އަކީ އަދިވެސް ފަގީރު ގައުމެއް ކަން ދިވެހިން ހަދާން ނައްތާލުން ވަރަށް ބުއްދިވެރި.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

މިލިޔުމަށް ހިޔާލުފާޅު ކުރެއްވުމަށް ތިރީގައިވާ ފޯމު ބޭނުން ކުރައްވާ

ހިޔާލު ހޯދާލުމުގެ ވޯޓް

ކާވެނިކުރުމަށް އެންމެ ރަގަޅު އުމުރަކީ

View Results

Loading ... Loading ...

އަރުޝީފު

ކުޅިވަރު

ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

މި ހާރު ކުރިޔަށްދާ އޭއެފްސީ ފުޓުބޯޅަ މުބާރާތުގައި ދިވެހި ރާއްޖޭގެ ވީބީ ސްޕޯޓްސް ...

ވިޔަފާރި

ވޭތުވެ ދިޔަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 34 އިންސައްތަ ދަށަށް ގޮސްފައިވޭ

ވޭތުވެ ދިޔަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 34 އިންސައްތަ ދަށަށް ގޮސްފައިވޭ

ވޭތުވެ ދިޔަ 2009ވަނަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެ އެތެރެކުރެވުނު މުދާ އޭގެ ...

ދީން

ޤުރުއާން އަޖައިބުކުރުވަނިވި ފޮތެއް

ޤުރުއާން އަޖައިބުކުރުވަނިވި ފޮތެއް

މުސްލިމް ނޫން އެތައްބަޔަކު ކީރިތި ޤުރުއާން ނުހަނު ގާތުން، ދިރާސާކޮށް ބަލަމުންދާއިރުވެސް މީގެތެރެއިން ...

ޓެކްނޮލޮޖީ

އެޕަލްގެ އައިޕެޑް އޭޕްރީލް 3ގައި ބާޒަރަށް

އެޕަލްގެ އައިޕެޑް އޭޕްރީލް 3ގައި ބާޒަރަށް

އެޕަލްގެ އައިޕެޑް މިއަންނަ އެޕްރީލް މަހުގެ ތިނެއް ގައި އެމެރިކާގެ ބާޒާރަށް ނެރެވޭނެ ...