ބައެއް ޑިމޮކްރަސީ އަކީ ފިރައުނިއްޔަތުގެ ދެލި ކޮޕީއެއް

އަންގާރަ, 8 ސެޕްޓެމްބަރ, 2009

ޔޫސުފް ޔޫޝަޢު

pharao1ނޯޓް: މިލިއުމަކީ ފިޔެސް ނޫހުގައި ޔޫސުފްޔޫޝައު މީގެ ދެއަހަރެއް ކުރިން ލިޔެފައިވާ ލިއުމެކެވެ.

ފިރައުނުން އުޅެމުން އައީ މިސުރުގައި އުފެދިގެން އައި ރަސްކަމެއްގައެވެ. އެ ތަހުޒީބަކީ މޫސާގެފާނުގެ އެތައް އަހަރެއްގެ ކުރިން މިސުރުގައި އުފެދި ކުރިފޯދި ބާރުލިބިފައިވާ ވެރިކަމެކެވެ. މިސުރުބިނާ ކުރުމުގައި ސެޓި ( ފިރައުނު ) މަސައްކަތް ކުރުމުގައި ވަނިކޮށް އޭނާގެ އަޖަލު ޖެހުނެވެ. އެއަށްފަހު ރަމްސެސް 2 ފިރައުނުގެ މަގާމަށް އިސްވިއެވެ. އަހަރެމެން މިކިޔާ މޫސާގެ ފާނުގެ ފިރުއައުނަކީ ރަމްސެސް2އެވެ.  ފިރައުނުގެ ވެރިކަމަކީ ފެންނަންހުރި ފާޅުކަން ބޮޑު ރަސްކަމެކެވެ. ރައްޔިތުންނަށް އިޙްތިޔާރު ތަކާއި ބާރުތައް ލިބިނެތް ހުދުމުހުތާރު ވެރިކަމެކެވެ. ޑިމޮކްރަސީ އަކީގްރީސްގެ ބަހުން އުފެދިގެން އައި ވެރިކަމުގެ ނިޒާމެއްކަމުގައިވާނަމަ އޭރު ޑިމޮކްރަސީ އަދި އުފަނެއްނުވާނެއެވެ. އެހެންކަމުން ފިރައުނުގެ ވެރިކަން ޑިމޮކްރަސީ އަކަށް ވުންވަރަށްދުރެވެ. ހުރިހާ ބާރެއް އޮތީ ފިރައުނުގެ އަތްމަތީގައެވެހުކުން ތަންފީޒުކުރުމާއި އުގޫބާތު ކަނޑައެޅުން އޮތީ އާމޫން ( ހާމާން) ގެ އަތްމަތީގައެވެ. ވެރިކަމަށް ބާރުދޭ އަނެއް ފަރާތް ތަކަކީ އަންހެނުން ނެފެރެތާރީ އެވެ. މަރުވި ފިރުއައުނުގެ އަންހެނުން ތޫޔާ ރަމްސެސް2 ގެ ވެރިކަމަށް ބާރު ދެމުން ދިޔައެވެ. އެހެނަސް ސެޓި ގެ ދެންހުރި ފިރިހެން ދަރި ސާނަރ އަބަދުވެސް ފިރައުނަކަށް ވުމުގެ ހިޔާލު ދެކެމުން ދިޔައެވެ. ރަމްސެސްގެ ދޮށީ ދައްތަ ދޮލޯރާ ވެރިކަމުގެ ކަންތަކަށް ޖާސޫސްކޮށް ބައްޓަން ކުރުމުގައި ރަމަސެސް2 އަށް އެހީތެރިވަމުން ދިޔައެވެ. މިއީ ރަމެސެސް2 ގެ ހިންގުމުގެ ގިއުގަނޑު އޭރު ހިނގަމުން އައިގޮތެވެ. ރަމްސެސް2 ގެ ވެރިކަމުގައި ޑިމޮކްރަސީގެ އެއްވެސް ކުލައެއްނެތެވެ. އަދި ހަމަ އެހެންމެ ރަމަސެސް2 ގެ އަތްދަށުގާ ތިބީ ވެރިކަމުގެ ގޮތްފާޑުތަކެއް އެނގޭ ބައެއްނޫނެވެ. ކޮންމެއަކަސް މާތް ﷲ އަށް ކުފުރުވެ ކަލަކުކަމަށް ރަމަސެސް2 ދަޢުވާ އުފުލިއެވެ. އާޚިރު ނަތީޖާ އަކަށްވީ ކަނޑަށް ޤަރަޤުވުމެވެ. އޭނާ ވެރިކަމުގައި ދެމިހުރުމަށް ﷲ މިންވަރު ކުރެއްވި ދުވަސް ހަމަކޮށް އަޖަލުޖެހުނީއެވެ.

ފުރިހަމަ ޑިމޮކްރަސީގެ ވުޖޫދަށް ނޭވާ ނުލެވި އޮންނަ ކޮންމެ ވެރިކަމެއްގައި އެންމެ ބޮޑަށް ފެންނަ ކުލައަކީ ރަމަސެސް2ގެ ކުލަ ކަމުގައިބުނަން ދައްޗެވެ. އެހެނަސް ރަމެސެސް2ގެ ކުލަ ހަމަޔަޤީނުންވެސް ކޮމިއުނިސްޓް ވެރިކަންތަކުގައި ފިސާރި ރަނގަޅަށް ހިފާފާ އެބަހުއްޓެވެ. އިގްތިޞާދު ބިނާކުރުމުގައި ޤާރޫނު ގެ ފިކުރު އެފަދަ ކޮންމެ ވެރިކަމަކުން ތަންފީޒުކުރެއެވެ. ގޮށްމުށުގެ ބާރާއި އަނިޔާވެރި ވެރިކަން ފެށިގެން އަންނަނީ ފިރައުނިއްޔަތު އުފެއްދި ފިރައުނުގެ ކިބައިންނެވެ. މި އެންމެ ފިކުރެއްގެ މަތީ ކޮމިއުނިޒަމް އާއި މާރކްސިޒަމް އުފެދިގެން އައިކަމުގައި ބެލެވިދާނެއެވެ.

އެހެނަސް ޑިމޮކްރަސީ އަކީ ރަމަސެސް2 ގެ ވެރިކަމާއި ޚިލާފަށް ރައްޔިތުން ގެ އިހްތިޔާރުތަކާއި ބާރުލިބިއޮވެ، ހިޔާރުކުރާ ވެރިއަކު ރައްޔިތުންނާއި ހަވާލުވާ ވެރިކަމެކެވެ. މި ގޮތަށް ވެރިކަން ލިބި އޮތްކަމުގައި ވިއަސް ބައެއްޑިމޮކްރަސީ ތަކުން ފެނިގެން ދަނީ ރަމަސަސް2 އަށް ވުރެ ފަސްގަރުނު ފަހުން ވެރިކަމާއި ހަވާލުވި ޕެޔަންޚާއީ (ކަޅު ފިރަޢުނު)  ގެ ސުލޫކެވެ. ކަޅުފިރައުނު ވެރިކަމާއި ހަވާލުވީ ނޫބިއަންގެ ފުށުންނެވެ. މި ފިރައުނު ވެރިކަން ކޮށްފައިވަނީ އީސާއީ ސަނަތުގެ ކުރިން 517- 747 އެވެ. ރައްޔިތުން ކިޔަމަން ކުރުވުމުގެ މަސްއޫލިއްޔަތާއި އެކު ޖެހިފައިއޮތީ ލީބިޔަން ވަލީ އަހުދާއި ކުރިމަތިލާށެވެ.  ވެރިކަން ދިފާޢު ކުރުމަށް ޓަކައި އެކިއެކި އަވަށް ތަކުގެ ( ޕާޓީތަކުގެ) ވެރިކަން ގެ މައްޗަށް އަތްގަދަކުރުމަށް މަޖުބޫރުވެފައިވެއެވެ. ރައްޔިތުން ލައްވާ ގަދަކަމުން ކަޅުފިރައުނުގެ މައްޗަށް ބޯލަނބުވާ ކިޔަމަން ގަތުމާއި ، ފިރައުނަށް ކުޑައިމިސް ބުނާފަރާތްތަކަށް މަރުގެ އަދަބު ދެމުން ދިޔައެވެ. މިއީ ކޮންމެ ފިރައުނެއްގެ ވެރިކަމުގައި ހުރި އެންމެ ހުތުރުކަން ބޮޑު ސިފައެވެ. މި އަމަލު ޑިމޮކްރަސީ އަށް ތަބާވާ މެދު އިރުމަތީގެ ގިނަ ގައުމުތަކުން ފެނިގެން ދެއެވެ. ލީބިޔާ ، ފަދަ ގައުމުތަކާއި މެދު ގިނަމީހުން ޝައްކުކުރާ އެއްކަމަކީ މިއީއެވެ. ދެމީހަކު ދެބަސްނުވެ އެއްބަސްވެވޭނެ ފަދައިން އިރާގުގައި އޮތީ ޑިމޮކްރަސީ އެއްގެ ނަމުގައި އޮތް ފިރައުނިއްޔަތުގެ ދެލިކޮޕީއެކެވެ.

މިލިޔުމަށް ހިޔާލުފާޅު ކުރެއްވުމަށް ތިރީގައިވާ ފޯމު ބޭނުން ކުރައްވާ

ހިޔާލު ހޯދާލުމުގެ ވޯޓް

ކާވެނިކުރުމަށް އެންމެ ރަގަޅު އުމުރަކީ

View Results

Loading ... Loading ...

އަރުޝީފު

ކުޅިވަރު

ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

މި ހާރު ކުރިޔަށްދާ އޭއެފްސީ ފުޓުބޯޅަ މުބާރާތުގައި ދިވެހި ރާއްޖޭގެ ވީބީ ސްޕޯޓްސް ...

ވިޔަފާރި

ވޭތުވެ ދިޔަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 34 އިންސައްތަ ދަށަށް ގޮސްފައިވޭ

ވޭތުވެ ދިޔަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 34 އިންސައްތަ ދަށަށް ގޮސްފައިވޭ

ވޭތުވެ ދިޔަ 2009ވަނަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެ އެތެރެކުރެވުނު މުދާ އޭގެ ...

ދީން

ޤުރުއާން އަޖައިބުކުރުވަނިވި ފޮތެއް

ޤުރުއާން އަޖައިބުކުރުވަނިވި ފޮތެއް

މުސްލިމް ނޫން އެތައްބަޔަކު ކީރިތި ޤުރުއާން ނުހަނު ގާތުން، ދިރާސާކޮށް ބަލަމުންދާއިރުވެސް މީގެތެރެއިން ...

ޓެކްނޮލޮޖީ

އެޕަލްގެ އައިޕެޑް އޭޕްރީލް 3ގައި ބާޒަރަށް

އެޕަލްގެ އައިޕެޑް އޭޕްރީލް 3ގައި ބާޒަރަށް

އެޕަލްގެ އައިޕެޑް މިއަންނަ އެޕްރީލް މަހުގެ ތިނެއް ގައި އެމެރިކާގެ ބާޒާރަށް ނެރެވޭނެ ...