ކަރުނަޔާ ހިތްދަތިކަން ވޭނާއާޚް-5

އިތުރަށް ކަލާމަތިން ހަނދާންނުވޭތޯ އަހަރެން ވަރަށް މަސައްކަތްކުރީމެވެ. މެސެޖް ނުފޮނުވާވޭތޯ ވަރަށް ކެތްކުރީމެވެ. ކަލާބުނީ ތެދުވާހަކައެކެވެ. އަހަރެން ކަލާޔާ ދުރައްދާން އުޅޭވަރަކަށް ވެވެނީ ހައްތަހާ ކައިރިއެވެ. ހަނދާންވަނީ ކެތްނުވާވަރަށެވެ. ލޯބިދަނީ އިތުރު ވަމުންނެވެ.
އަހަރެންނަށް މެސެޖްނުކޮށް ކަލާކެތްކުރެއެވެ. ނުގުޅާން ވަރަށް މަސައްކަތްކުރެއެވެ. އެންމެ ފަހުން ކެތްނުވީ އަހަންނަށެވެ. އަނެއްކާވެސް މެސެޖް ކުރެވުނެވެ. ފޯނުކުރެވުނެވެ. ކަލާޔާ ދުރުގާ ހުންނަންކެތް ނުވެގެންނެވެ. ނަމަވެސް ކަލާ ހުރީ ހިތްހަމަ ނުޖެހިފައެވެ. އެކަންވާނީ އެހެންކަން އަހަރެން ޤަބޫލްކުރަމެވެ. ކަލާ ބުނަމުން ދިޔައީ ވާހަކަ ދައްކަން ބޭނުންނުވާ މީހުންނާ ވާހަކަ ދެއްކުން އެއީ ކަލާ ކުރާހިތްވާ ކަމެއްނޫންކަމެވެ. އަހަރެން ވަރަށް ދެރަވިއެވެ. އަހަރެންގެ މަޖުބޫރީ ހާލަތުގެ މާނަ ކަލާ އޮޅުވާލީމައެވެ. ނުވަތަ ކަލާއަށް އޮޅުމުންނެވެ. އަހަރެން ހުރިހާ ކަމެއްވެސް ކުރީ ހަމަ ކަލާއަށްޓަކައެވެ. ކަލާ އަހަރެންގެ ފޯނު ކަޑާލިއެވެ. އަހަރެންނަށް ވާހަކަ ނުދައްކާ ބަސްމަދުވެފާ އިދެވުނެވެ.
އަނެއްކާވެސް ރުޔުން އަލުން އިޔާދަވިއެވެ. ކަލާ އަހަރެންނާ ދޭތެރޭ ގޯސްކޮން ދެކުނީމައެވެ. ލޯބިވާއެވެ. އަހަރެން އަބަދުވެސް ކަލާޔާ ވާހަކަ ދައްކާހިތްވެއެވެ. އަބަދުވެސް ބޭނުންވަނީ ކަލާޔާއެކުގަވާށެވެ. ލޯބިވާއެވެ. ނަމަވެސް އަހަރެންނަށް މަޖުބޫރުވަނީއެވެ. ކަލާ ގިނަވެދާނެތީއެވެ. އިއްޔެ މުންދުރު އަހަރެންގެ ހަޔާތަށް އައި އޯގާތެރިޔަކު އަހަރެން ގިނަކުރަނީ ކިހިނެތް ހެއްޔެވެ؟ އެއްދުވަހު ކޮންމެވެސް މީހަކު ކަލާގެ އޮފީހަށް ގުޅިއެވެ. ހީވާ ގޮތުން ދޮންބެއެވެ. ކަލާ އަހަރެންނާ ގުޅާތީއެކަން ހުއްޓުވާށެވެ. މިވާހަކަ އަހަރެންގެ ގާތު ބުނީ ޚުދު ކަލާނޫން ހެއްޔެވެ؟ވީއިރު އެކަހަލަ އެތަށްކަމެއް ކަލާގެ ހަޔާތަށް އަހަރެން ކުރިމަތި ކުރުވާނީ ކިހިނަކުން ހެއްޔެވެ؟ ކުށެއްނެތް ކަލާ ބަދުނާމުވާތަން ދެކޭނީ ކޮން ލޮލަކުން ހެއްޔެވެ؟ އެތަން ދުށުމަށްވުރެ ލޮލަށް ފެނުމަށް ނުކުލެދޭ މީހުންގެ ސަފުގާ ލެއްވިނަމަ މާ ރަގަޅުވީހެވެ.
ލޯބިވާއެވެ. އަހަރެން ކުށެއް ނުކުރަމެވެ. ކަލާވެސް ކުށެއް ނުކުރެއެވެ. ހަމައެކަނި ލޯބިވީއެވެ. އަހަރެން ކަލާދެކެ އަދި ކަލާ އަހަރެންދެކެއެވެ. އެއީ ކުށެއްކަމަށް ދެކެފިނަމަ ދުނިޔޭގެ ހުރިހާ ލޯބިވެރިން އެކުރަނީ ކުށެވެ. ހީވާ ގޮތުން ދޮންބެ އާއި ނުޒޫވެސް އެކުރަނީ ކުށެކެވެ. ވީއިރު ކުށަކަށްނުވާ ކުށެއްގައި އަހަރެންނަށް ކަލާއަށް އަނިޔާވެރި ވެވިދާނެ ހެއްޔެވެ؟ ނުވާނަމެވެ. ދުވަހަކުވެސް އަހަރެންގެ ހައްޤުގައި ކަލާއަށް އަނިޔާއެއް ވިޔަކަ ނުދޭނަމެވެ. ކަލާ ބަދުނާމު ވިޔަކަ ނުދޭނަމެވެ. އަދި ކަލާ މުޅި ދުނިޔެއަށް ގިނަވިޔަކަނުދޭނަމެވެ. އަހަރެންގެ ހިތް ހަލާކުވިޔަސް ފަރުވާލެއްނެތެވެ. ކަލާއަށްޓަކައި މަރުގެ ހުކުމް ކުރިޔަސް އެކަން ގަބޫލުކުރާނަމެވެ. ކަލާގެ ހައްޤުގާ މަރުގެ ހުކުމް އިއްވުން ހިތްހަމަޖެހޭތީއެވެ. ކަލާގެ ހަނދާނުގައި ވަރަށް ގިނަވަގުތު ރުއީމެވެ. ވޭނުންފުރިގެންވާ ހިތްދަތި ޚާލުގައެވެ. ކުއްލިއަކަށް އިވުނީ ބައްޕަ ކެއްސާލިއަޑެވެ. އަހަރެން ވަރަށް ބާރަށް ކޮޓަރިން ނިކުތީމެވެ. ބައްޕަ ގާތަށް ދިޔައިރު ބައްޕަ ތެޅި ފޮޅެނީއެވެ. އަހަރެން ވަރަށް ހާސްވިއެވެ. ގޭގައި އެކަކުވެސް ނެތީމައެވެ. ދޮންބެވެސް ވީތަނެއް ނޭނގެއެވެ. އަހަރެން އައިޝާއަށް ގުޅީމެވެ. މާގިނައިރުތަކެއްނުވެ އައިޝާ އަތުވެއްޖެއެވެ.
ލޯބިވާއެވެ. އެ ހާލުގާ ބައްޕަ ތެޅިތެޅި އޮތީ އަހަރެންގެ މި ދެލޮލުގެ ކުރިމަތީގައެވެ. އިރުގަނޑެއްނުވެ ގެއެތެރެ މީހުނަނާއިގެން ފުރިއްޖެއެވެ. އެތައް ފަހަރަކު ދޮންބެގެ ފޯނަށް ގުޅޭތޯ ބެލީމެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ. ބައްޕަގެ ފަހުނޭވާލީ އަހަރެން ބައްޕަގެ ގާތު ވަނިކޮށެވެ. ދެންވީގޮތެއް އަހަރެންނަކަށް ނޭންގުނެވެ.
ހޭވެރިކަންވީއިރު މުޅި ގެއެތެރެވަނީ ހަމަހިމޭންވެފައެވެ. ޤުރުއާން ކިޔެވުމުގެ އަޑު ފިޔަވާ އިތުރު އަޑެއްނީވެއެވެ. އައިޝާހުރީ އަހަރެންގެ ގާތުގައެވެ. އަހަރެންނަށް ޤިސްލާ ރޮވެން ފެށުނެވެ. އަޑުހަރުކޮށް ބާރަށެވެ. އަވަސްވެ ގަނެވުނީ ބައްޕަ ހޯދުމަށެވެ. ބައްޕާ އޭ ގޮވާ ބާރަށް ހަޅޭ ލަވައިގަނެވުނެވެ. ކުރިމަތިން ފެންނަން އޮތީ ހުދު ކަފުނަކަށް ލެވިފައިވާ ބައްޕަގެ ފުރާނަނެތް މަސްގަނޑެވެ. އަހަންނަށް ބައްޕަ އާއި ދިމާއަށް ދުއްވައި ގަނެވުނެވެ. އެވަގުތު ފަހަތުން އަހަރެންގެ ގައިގައި މީހަކު ހިފެހެއްޓިއެވެ.
ފަސްއެބުރި ބަލާލީމެވެ. ބޮޑުދައިތަ ފެނުމުން ރުޔުން ބާރުވިއެވެ. ބާރުބާރަށް ބޮޑުދައިތަގެގައިގާ ބައްދާ ގަނެވުނެވެ. ރޮމުން ގިސްލަމުންނެވެ. އިރުކޮޅަކުން ދޮންބެ ފެނުނެވެ. ދުވެފާގޮސް ދޮންބެގެ ގައިގާ ބައްދައިގަތީމެވެ. ނަމަވެސް އަހަރެންގެ ހިތަށްވީ ހައްތަހާ ތަދެވެ. ރިހުންވީ އިތުރެވެ. އިސްއުފުލާ ދޮންބެގެ މޫނަށް ބަލާލީމެވެ. އެ ދެލޮލުގައި ހިތާމައިގެ އެއްވެސް ކުލައެއް ފެންނާކަށް ނެތެވެ. އެންމެ ހިތްދަތިކުރުވީ އެވަގުތުވެސް ދޮންބެ ހުރީ ހަމައިގާ ނޫންކަން އެގުމުންނެވެ. ލޯބިވާއެވެ. އަހަރެން މުޅިން ޔަތީމު ވެއްޖެއެވެ. މަންމަ މަރުވީއެވެ. ބައްޕަވެސް މަރުވީއެވެ. ހުރީ ހަމައެކަނި މީހަކީ ދޮންބެއެވެ. ދޮންބެ އަކީ ދުނިޔޭގައި ހުއްޓަސް އަހަންނަށްޓަކައި ނެތްމީހެކެވެ.
ބައްޕަ މަރުވުމުން އަހަރެންގެ ދިރިހުރުމުގެ އުއްމީދު ގެއްލުނެވެ. ރުޔުން ނޫންކަމެއް ނުކުރަމެވެ. އެތަށް ފަހަރަކު ހަނދާންވަނީ ދޮންބެގެ ފަރާތުން ބައްޕައަށް ލިބުނު އަނިޔާތަކެވެ. ދޮންބެ ބުނަމުންދިޔަ ބަދުދުޢާގެ ބަސްތަކެވެ. ބައްޕައަށްޓަކައި އަހަރެން އުޅެންޖެހުނު ގޮތެވެ. ސަލާންޖަހަން މަޖުބޫރުކުރުވީ ދުވަސްތަކެވެ. އެތަށް އެތަށް ހިޔާލުތަކަކުން އަހަރެންގެ ސިކުނޑި ބަރާކޮށްލިއެވެ. އަމިއްލަ އިޚްތިޔާރުން ބޭރުވެވެން ފެށުނެވެ. މޮޔަގޮވަންފެށުނެވެ.
ލޯބިވާއެވެ. މުޅި ދުނިޔެއަށް އަހަރެން އެކަނިވެއްޖެއެވެ. އަޅާލާނެ އެއްވެސް މީހަކުނެތް އަހަރެން ދެން ދިރިއުޅޭނީ ކިހިނެއް ހެއްޔެވެ؟ ދިރިއުޅުން ވޭނަކަށް ވެއްޖެއެވެ. މަރުވުން ގާތްވެއްޖެކަމުގެ އިޚްސާސް ކުރެވެން ފެށިއްޖެއެވެ. ނަމަވެސް ކަލާ އަހަރެން މަރުވިޔަކަ ނުދިނެވެ. ބައްޕަ މަރުވި ހަބަރު ކަލާއަށްދިނީ އައިޝާކަން އެގުނެވެ. ކަލާ އަހަރެންނަށް ގުޅިއެވެ. އަހަރެންނަށް ކަލާގެ ފޯނުނަގާނެހާ ހިތްވަރުލިބިފައި ނުވުމުން ފޯނެއްނުނެގުނެވެ. ނަމަވެސް ހަމައަކަށް އެޅުމުން އަހަރެން ކަލާއަށް ގުޅީމެވެ. ރުޔުން ނޫން އެހެންކަމެއް ނުކުރެވެއެވެ. އަނެއްކާވެސް ކަލާ އަހަރެންނަށް އޯގާތެރިވިއެވެ.
ލިޔުނީ:ލަތީފާ
=ނުނިމޭ=

ރައީސް ނަޝީދަށް ގޯނާއެއް އަތުވެދާނެބާ ؟
ވަރަށްގިނަ ޢަދަދެއްގެ ނަރުދަމާއާއި ބަނދަރުތަކުގެ މަޝްރޫޢުތަކުގައި ދެތިން މަސްދުވަހުތެރޭގައި ސޮއިކުރެވޭނެ - ރައީސް ނަޝީދު
މަސްކިރާ ބޯޓުފަހަރާއި، މަސްކިރާނެވަރު މިއަދުން ފެށިގެން މަސްވެރިންނަށް އެސް.އެމް.އެސް މެދުވެރިކޮށް އަންގައިދެވޭނެ ކަމަށް މިފްކޯއިން ހާމަކޮށްފި
ފާއިތުވި އަހަރު ޖީ.ސީ.އީ އޯލެވެލް އިމްތިހާނުން ފާސްވިއަދަދު އޭގެ ކުރީ އަހަރާބަލާއިރު %5 އިތުރުވެއްޖެ
ކިއްސަރު