ހޮސްޕިޓަލް
ތޫޔާ މޫނުފުހެލަމުން އެނދުން ތެދުވާން މަސައްކަތްފެށިއެވެ. އޭނާގެ ދެފައާއި ދެއަތްވަނީ އެނދާއެކު އައްސާފައެވެ.
ވަށައިގެން ހޯދާ ބަލައިލިއެވެ. ހެދުން ވަނީ ބަދަލުވެފައެވެ. އޮޕަރޭޝަންއަށް ތައްޔާރު ކުރެވިފައިފަދަ ގޮތަކަށް ހެދުން ބަދަލު ކޮށްފައި ކަމަށް އޭނާއަށް އެނގުނެވެ. މަޑުމަޑުން އެއްވެސް ހަރަކާތެއް ނެތި ތޫޔާ އޮތެވެ. ކުއްލިއަކަށް ހަޅޭލަވައިގަތެވެ. ދުވެފައި ކަހަލަ ގޮތަކަށް ދެ ނަރުސްކުދިން އައެވެ. ތޫޔާ ގެ ހަޅޭލެވުން އިތުރުވިއެވެ. އޭނާ އެއްވެސް އެއްޗެއް ނުބުނެ ހަމަ ބާރަށް ހަޅޭލަވަނީއެވެ. އެތަނަށް އެހެން ޑޮކްޓަރެއް އެއެވެ. އޭނާއަށް ގުޅާފައިވާ އައިވީ ފުޅީގެ ތެރެއަށް ޑައެޒެޕާމް( އިންޖެކްޝަން) ޖެހުމާއިއެކު ކުޑައިރުކޮޅެއްގެ ތެރޭގައި އޭނާގެ މައްޗަށް ހަމަހިމޭންކަން ވެރިވެއްޖެއެވެ.
ތޫޔާ މި ހޮސްޕިޓަލަށް ގެނެވުނީ މީގެ ދެދުވަހެއް ކުރިނެވެ. މި ހޮސްޕިޓަލްގައި މުޅިންވެސް ތިބޭނީ ސިނކުޑީގެ ބަލިމީހުންނެވެ. އެކިވަރުގެ މޮޔައިންނެވެ.
“އޭނާގެ މައްސަލަ ވަރަށް ސީރިއަސް! އަހަރެމެން ކޮންމެ މީހަކު ވަރަށް ހުޝިޔާރުވެގެން ތިބެންވާނީ ” ޑޮކްޓަރ ޑަޔާނާ ނަރުހުންނަށް ކުރިމަތިލައިގެން ހުރެބުންޏެވެ.
މެކްލީން ހޮސްޕިޓަލް (މަސްހޫރު ސޯމަވިލައި އެސައިލަމް ނުވަތަ ޗާލްސްޓައުން އެސައިލަމް) އިން މިތަނަށް ތޫޔާ ގެނެވިފައިވަނީ ކޮންބޭނުމަކު ކިހިނެތް ވެގެން ކަމެއް މިތާ މިތިބަ އެއްވެސް ނަރުހަކަށް ނޭނގެއެވެ. މެކްލީން ހޮސްޕިޓަލް އަކީ ނިވްޔޯކްގައި ހުންނަ އެންމެ ފެންވަރު ރަނގަޅު މިފަދަ އެއް ހޮސޕިޓަލެވެ. ޖޭމްސްޓެއިލަރ ، ރިކްޖޭމްސް ، ސްޓީވަން ޓެއިލަރ ފަދަ މަޝްހޫރު މިއުޒިކްކުޅޭމީހުން ބުއްދިގޯސްވެ ސިކުނޑީގެ ބަލިމީހުންނަށް ވުމުން އެ ހޮސްޕިޓަލުން ފަރުވާދެވިފައި ވެއެވެ.
ތޫޔާ އާއި އެކު އައި އޭނާގެ އެހީތެރިޔާ ތޫޔާގެ ގާތަށް އަތުވެއްޖެއެވެ. އޭނާހުރީ ވަރުބަލިވެފައެވެ. ދެލޯނުހަނު ރަތެވެ. އެއްގޮތަކަށްވެސް ރޭގައި ނިދިހެނެއް ހިއެއްނުވެއެވެ. ފެންނަފެނުމަށް އޭނާ އަކީ ލެޓިން ގައުމެއްގެ މީހެކެވެ. އިސްކޮޅުންދިގެވެ. ފިރިހެންވަންތަ ބަރު އަޑެއް އޭނާއަށް ލިބިފައިވެއެވެ. އެހެނަސް ތޫޔާ އަކީ ހަމަ ޔަގީނުންވެސް އޭސިޔާ ސަރަހައްދުގެ ނުވަތަ ކެރީބިއަން ދަރިކޮޅުގެ މީހެކެވެ.
“ޑޭވިޑް! ތޫޔާ އަށް ދެންމެ ވަރަށް އުނދަގޫވެގެން އުޅުނު.. މާދަމާ އަށް ހުރިހާކަމެއް ނިންމަދޭންވާނެ .. ” ޑޮކްޓަރ ޑަޔާނާ ޑޭވިޑަށް ބުންޏެވެ.
ޑޭވިޑް: ( ހިނިތުންވެލާފައި) ” ރަނގަޅު ގޮތަކީ ޕޮލިހުންގެ ބެލުމުގެ ދަށުން ގެންދިއުން.. ”
ޑޮކްޓަރ ޑަޔާނާ ” އޭނާ އާއި ބެހޭ އެންމެހާ ޑޮކިއުމެޓްތައް ސްޓޭޓްޕޮލިހާ ހަވާލު ކޮށްފިނަމަ އެމީހުން އޭނާ ގުޅިގެން އެކަން ކުރެވިދާނެ”
ޑޭވިޑް:- “އާން! އަހަރެން އޭނާގެ މައިންބަފައިނަށް އަންގައިފިން މި ދިމާވި ކަންތައްތަކުގެ ވާހަކަ.. އެމީހުން ބޭނުންވަނީ އެމީހުން ގެ ޤައުމަށް އޭނާ އަވަހަށް ގެންދަން”
ތޫޔާ އެމެރިކާގެ ނިވްޔޯކަށް އައި މީގެ ދެއަހަރުކުރިންނެވެ. އެއީ ސަރުކާރުން ލިބުނު ސޮކޮލަރޝިޕެއްގައެވެ. މި ވޭތުވެދިޔަ ދެއަހަރު ދުވަހުގައިވެސް އޭނާ ޤައުމަށް ގޮސްފައެއް ނުވެއެވެ. އެމެރިކާ އަށް ކިޔަވަން އައުމުގެ ކުރިން ތޫޔާ ވަނީ ގްރީކް ގައި ގިނަދުވަސްތަކެއް ހޭދަކޮށްފައެވެ.
=ނުނިމޭ-

ޕްލޫރަލިޒަމް -ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން
ދުނިޔެއަކީ ވަގުތީ ތަނެއް ކަމާމެދު މިއަދުގެ މިޖީލުގެ ކިތަކިތައް ކުދިން ވިސްނާބާއެވެ.
މާފުށީ ޖަލުގައި ހުކުމް ތަންފީޒްކުރަމުންދާ ބައެއް ކުށްވެރިން ގޭ ބަންދަށް ބަދަލްކުރައްވަން ފަށްޓަވައިފިކަމަށް ހޯމް މިނިސްޓަރ މުހައްމަދު ޝިހާބު ވިދާޅުވެއްޖެ.
އިސްލާމްދީންގެ އަސްލުތަކާ ހިލާފު ވާހަކަ ދިވެހި ބަހުން ލިޔެ ތައްޔާރުކޮށްފައިވާ އެއްޗެހި އެތެރެކުރަން އުޅުނު މީހާ ޑީޕޯޓްކޮށްފި
ވާހަކަ ނިމުނީތަ،،ކަމަކު ނުދޭ ނިންމުން،،،އުންމީދުކުރަން ޔޫސުފް ދެންލިޔާ ވާހަކަ ރީތި ވާނެކަމަށް،،،
[މިހިޔާލަށް ރައްދު ދިނުމަށް]
ވަތަން ބުނަނީ:
ނޮވެންބަރ 17th, 2009 at 8:02 pm
އެއޮތީނޫންތަ ނުނިމޭ ޖަހާފަ! ސާބަސް ދަރިޔާ!
[މިހިޔާލަށް ރައްދު ދިނުމަށް]
ވާހަކަޔަކަށް ނުވޭ! ވަރަށް ހަޑި
[މިހިޔާލަށް ރައްދު ދިނުމަށް]
އަސްލު ވަރަށް ހަޑި އެއްވެސް ތާކުންތާކުނުޖެހޭ ހީކުރަން ފަހުން ރަނގަޅު ވާނެކަމަށް.
[މިހިޔާލަށް ރައްދު ދިނުމަށް]
ދެން މިވަރުން ވާހަކަ ނުލިޔަންވީނު ދޯ!
[މިހިޔާލަށް ރައްދު ދިނުމަށް]