މާލޭގައި މިހާތަނަށް ޢިމާރާތްކުރެވިފައިވާ އެންމެއުސް ޓޫރިސްޓް ހޮޓެލް މާދަމާ ހުޅުވަނީ
މާލޭގައި މިހާތަނަށް ޢިމާރާތްކުރެވިފައިވާ އެންމެއުސް ޓޫރިސްޓް ހޮޓެލް މާދަމާ ހުޅުވޭނެ ކަމަށް އެހޮޓެލްގެ މެނޭޖްމަންޓުން ހާމަކޮށްފިއެވެ

ހޮލިޑޭއިން މާލޭ ގެ ނަމުގައި ހުޅުވާ ފަނަރަބުރީގެ މިހޮޓެލްއަކީ ދުނިޔޭގެ މަޝްހޫރު ހޮޓެލް ގުރޫޕެއް ކަމުގައިވާ އިންޓަރ ކޮންޓިނެންޓަލްއިން މެނޭޖްކުރާނެ ތަނެކެވެ. ސަތޭކަ ސަތާރަ ކޮޓަރީގެ މިހޮޓަލަކީ މާލޭގައި ހުޅުވޭ ދުނިޔޭގެ މަޝްހޫރު މިފަދަ ބުރޭންޑެއްގެ ފުރަތަމަ ހޮޓެލްވެސްމެއެވެ.”ހޮލިޑޭއިން މާލެ” ހޮޓެލްގެ ބިޒްނަސް މެނޭޖަރ ޢަލީ ފާއިޒު
މަޢުލޫމާތު ދެއްވިގޮތުގައި މާދަމާ މިހޮޓެލް ހުޅުވުނު ނަމަވެސް ރަސްމީކޮށް މިހޮޓެލް ހުޅުވުމަށް ހަމަޖެހިފައި ވަނީ މިއަންނަ އޮކްޓޫބަރުމަހުގެ ތެރޭގައި ކަމަށެވެ
އިންޓަރ ކޮންޓިނެންޓަލްއަކީ ކޮޓަރީގެ އަދަދުން ބަލާނަމަ ދުނިޔޭގެ އެންމެބޮޑު ހޮޓެލް ގުރޫޕެވެ. ދުނިޔޭގެ ސަތޭކައަށްވުރެ ގިނަ ޤައުމާއި އެތައް ސަރަޙައްދެއްގައި
މިގްރޫޕްގެ ހޮޓެލްތައް ދަނީ ހިންގަމުންނެވެ. އިންޓަރ ކޮންޓިނެންޓަލްގެ ހޮލިޑޭއިން ބްރޭންޑަކީ ފަތުރުވެރިކަމުގެ
ދާއިރާގައި ދުނިޔޭގައި ނަން މަޝްހޫރު އިނާމުތަކެއް ޙާޞިލްކޮށްފައިވާ ބްރޭންޑެކެވެ.

އަލަތު ކާވެނީގެ މަހާނަ 3
މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށްގެނެސްފިއެވެ.
ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި
ލެނޯވާ އިން މަލްޓިޓަޗް ތިންކުޕެޑްއެއް ނެރެނީ