ލޯބި – ސުވާލާއި ޖަވާބު 1

އަންގާރަ, 15 ސެޕްޓެމްބަރ, 2009

Loveމި ކޮލަމް އަކީ ޔޫތަލް އަށް ލޯތްބާއި މެދު ކުރެވޭ ސުވާލުގެ ޖަވާބު ގެނެސްދޭ ކޮލަމެކެވެ. މި ކޮލަމަށް އެއްވެސް ސުވާލެއް ވާނަމަ ކޮމެންޓެއްގެ ގޮތުގައި ފޮނުވައިދެއްވުމުން ޖަވާބު އަރިސް ކުރާނަމެވެ.

މަރީ: “ޔޫތަލްއެވެ.  އަހަރެން ނަކީ ވަރަށް ފަސޭހައިން ލޯބިވާ ކުއްޖަކީމެވެ.. ލޯބިވަނީ ކިހިނެތްކަން ބުނެދީފާނަންހެއްޔެ؟

މަރީ ! މަރީ ތިބުނަނީ ވަރަށްވެސް ބޮޑު ތެދެއް.. ވަރަށް ފަސޭހައިން ލޯބިވެދާނެ ..ހަމަ ކުޑަ ހިނދުކޮޅަކުންވެސް ލޯބި ވެދާނެއެވެ. އެހެނީ ލޯތްބަކީ ލޭ ހިނގުމުގައާއި ހަމުގައި ( ޑީޕްސިކިން އާއި ބްލަޑް ސްޓްރީމް ގައި ) އުފެދޭ ޖަޒްބާތެއް. މި ޖަޒްބާތަކީ ތަދެކޭ އެއްފަދައިން އުފެދޭ ޖަޒްބާތެއް .. އިންސާނާ އަށް ތަދުވަނީވެސް އޭނާގެ ހަމަށް އަދި އެ އުފައްދަނީ ލޭހިނގުމުގެ ތެރެއިންލާފައި …
ލޯބި ވިނަމަވެސް އެކުގައި އުޅެން ބައެއް ފަހަރަށް ދަތިވޭ ދޯ .. އެކަމަކީ އަސްލު ބްރައިންކެމިސްޓްރީ ދިމާ ނުވާތީ .. މިއީ ވަރަށް ގިނަފަހަރަށް ދިމާވާ ގޮތެއް ކަމަށް ވަރަށް ގިނަމީހުން ބުނާނެ..

ލޯބިވަނީ ކިހިނެތްތޯ އަހައިފިނަމަ ޖަވާބަކީ ލޯބިވަނީ ހިތުންނެވެ.. ހިތުން ފޮނުވާ ލޭގެތެރެއިން ..އިންސާނާގެ ހަމުގައި އެ ޖަޒްބާތު އުފައްދައެވެ. މި ޖަޒްބާތު އެތައް ކަމެއް ހާސިލްކުރުމަށް ބޭނުންވެއެވެ.

“ ލޯބި – ސުވާލާއި ޖަވާބު 1 - މިލިޔުމާއި މެދު ކިޔުންތެރިންގެ ހިޔާލު ”

  1. އައި

    އަހަރެން ކޮންމެ ފަހަރަކު އަހަންހަމަ އުޅޭތަނަށް ކޮންމެވެސް ކަމެއް ވެގެން އެކުއްޖާ ދަނީ.‫​ މިހާރު އަހަންއުޅޭ ކުއްޖާކައިރީގައި އަހަން ބަލައިލި އިރު އޭނަ މާ ފިރިހެންކުދިންނާ ގައިގޯޅި ވަނީ.‫​ އެހެންވީމާ ދެން ހަދަންވީ ކިހިނެއް!

    [މިހިޔާލަށް ރައްދު ދިނުމަށް]

    admin ބުނަނީ:

    އެއްޖިންސުން ގުޅުން ހިންގާނަމަ އެކަން ކަމާބެހޭ ފަރާތަށް އަންގަންވާނެ އެކަމުގައި ގިނަބަޔަކު ހަލާކުވެ ނުދަނީސް

    [މިހިޔާލަށް ރައްދު ދިނުމަށް]

    Anonymous ބުނަނީ:

    ފަހަރެއްގެ ވެދާނެ ދޯ އައި އެދައްކަނީ އަންހެން ކުއްޖެއްގެ ވާހަކަ ކަމަށްވެސް.‫​.‫​ އައި އަކީ އަންހެން ކުއްޖެއްތަ؟؟؟؟؟؟

    [މިހިޔާލަށް ރައްދު ދިނުމަށް]

  2. Z

    hi euthal .. i think this is great work you doing and i thank you for that. sorry that im not writing in dhivehi.

    coming to my question. CAN SOMEONE FALL IN LOVE WITHOUT SEEN THEM. LIKE MAYBE THROUGH TXT MESSAGES, PHONE CALLS AND INSTANT CHATS. IM REALY IN TROUBLE RIGHT NOW. WHAT I COULD ONLY THINK OF IS HER :s

    [މިހިޔާލަށް ރައްދު ދިނުމަށް]

  3. admin

    ހަމަޔަޤީނުންވެސް ލޯތްބަކީ ލޮލަށް ފެންނައެއްޗެއްނޫނެވެ.‫​ އެއީ ޖަޒްބާތެކެވެ.‫​ އެހެންކަމުން ލޮލަށް ނުފެންނަ ކަންކަމުގެ ތެރެއިން ލާފައި ލޯބިހިނގުން އަވަސްވެއެވެ.‫​ ފޯނު ކުރުމާއި ، ޓެކްސް މެސެޖް ކުރުމާއި ޗެޓް ކުރުމުގެ ފުރަގަހުން ތިމާ އަށް ކުރުވާ އަސަރަކީ އަޅާލުމާއި އޯގާތެރިކަން ކަމުގައި ވާނަމަ ލޯބި އުފެދުމަކީ އެންމެ ގާތުގައިވާ ނަތީޖާއެވެ.‫​ ލޯބިވުމަކީ ބައެއްފަހަރަށް ވަރަށް ތަފާތު އިހްސާސްތަކާއި ޤަބޫލުކުރަން ދަތި ގޮތްތަކެއް ތިމާއަށް ކުރުވާ ކަމެކެވެ.‫​.‫​ އެއަސަރުތަކުން މީހާ ހަމަމަގަށް އަޅުވާ ނުވަތަ މަގުފުރެދި ދިއުމަކީވެސް އެކަމުން ނުކުމެދާނެ ނަތީޖާއެކެވެ.‫​

    ތިމާގެ މައްޗަަށް ލޯބި ގަދަނުވަނީސް ތިމާ ލޯބީގެ މައްޗަށް ގަދަވެގަތުމުގެ ހުނަރު ތިމާގެ ކިބައިގާ ހަރުލެއްވުމަކީ ލޯބިކާމިޔާބު ކުރުމަށް ވަރަށްމުހިއްމު ކަމެކެވެ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  4. އ

    އަހަރެންނާއި އޭނަ ދިމާވީ ދެމީހުންވެސް ވަރަށް ކުޑައިރު، އޭގެ ފަހުން ދެމީހުން ދިމާވީ ދެމީހުންވެސް ފުރާވަރުގެ ދުވަސްތައް ގުނަމުން ދަނިކޮށް.‫​ ދުވަސް ކޮޅަކު އަހަރެން ގޭގައި އޭނަ ހުރި.‫​އަދި އަހަރެންނަށް އޭނަ ދެކެ ލޯބި ވެވުން.‫​ ދެން އަހަރެން ނިންމީ އޭނަ ކައިރިއަށް ގޮސް އެވާހަކަ ބުނަން އެކަމަކު އަހަރެންނަށް ނުބުނެވެނީސް އޭނާގެ ކެތްތެރިކަން ކުޑަކަމާއި އިތުބާރު ނުކުރެވޭ ކަންތައްތަކެއް އޭނަގެ ކިބައިން ފެނުނު.‫​ އޭރު ކޮންމެވެސް ސިފައެއްގައި އެވާހަކަ ވަނީ އޭނަ ކައިރީގައި ބުނެވިފައި.‫​ އަހަރެންނަށް އޭނަ ކަމުނުދިޔައީ ކުރިން ބުނިހެން އިތުބާރު ނުކުރެވެން.‫​ އަހަރެން ނިންމީ އެކަން އެހިސާބުން ނިންމާލުމަށް ފަހު އާސޮފްޙާއެއް ފަށަން.‫​ މިހާރު އަހަރެން ލޯބިވަނީ ކުރީގެ ލޯބިވެރިޔާގެ ދައްތަދެކެ.‫​ މީނައަކީ އަހަރެންނަށް ވުރެ އެއް އަހަރު ދޮށީ ކުއްޖެ.‫​ މިހާރު ދެމަސް ވީއިރު އަދި ހިތްހަމަނުޖެހޭ ކަމެއް ދިމައެއްނުވޭ.‫​ އަހަރެން ގެ ސުވާލަކީ.‫​ ފިރިހެން ކުއްޖާ އުމުރުން ކުޑަވުމަކީ މައްސަލައެއް ހޭ.‫​ އަދި މީނަ ކައިރީގައި ލޯބިވާ ވާހަކަ ބުނާނީ ކިހިނެތްހޭ.‫​ އަދި މީނަ އަކީ ކުރީގެ ލޯބިވެރިޔާ ގެ ދައްތައަށް ވުމުން މައްސަލައެއް ޖެހިދާނެތޯ (އަހަރެން ކުރީގެ ލޯބިވެރިޔާ ކައިރީގައި ނުބުނަނީސް އޭނަ ގެ ގޮތްގަނޑު އަހަރެންނަށް އެނގުނު.‫​ މާނަ އަކީ ކުރީގެ ލޯބިވެރިޔާ ގާތު ލޯބިވާ ވާހަކަ ނުބުނަން).‫​ އެހީއެއް ބޭނުން.‫​.‫​.‫​.‫​.‫​.‫​.‫​.‫​.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

    admin ބުނަނީ:

    ކާވެނިކުރަން ގަސްތުކުރާ އަންހެންކުއްޖާއަށް ވުރެ ފިރިހެންކުއްޖާ އުމުރުން ހަގުވުމަކީ އެއްވެސް މައްސަލައެއްނޫނެވެ.‫​ މީ މައްސަލައެއްކަމުގައި ހީކުރެވޭ ހީކުރުމެއް އޭސިޔާގައި އަހަރެމެންގެ ތެރޭގައި ވަރަށް ބޮޑަށް އަށަގަންފައިވެއެވެ.‫​ އިސްލާމީ ތާރީޚަށް ނަޒަރުހިންގާލާއިރުވެސް އުމުރުން ހަގުފިރިހެނުން އުމުރުން ދޮށީ “ތަޖުރިބާކާރު” އަންހެނުންނާ ކައިވެނިކޮށްފައިވާކަން ފާހަގަކުރެވޭނެއެވެ.‫​ މިކަމަކީ ދުނިޔެވީ ގޮތުންނާއި އުޚުރަވީގޮތުން މައްސަލައެއްނަމަ މިކަންމިހެން ކުރެވިފައެއްނުވީހެވެ.‫​ ހޯދުންތަކުން ދައްކާގޮތުގައި އަންހެނުންނަށްވުރެ ފިރިހެނުންގެ “ޖިސްމާނީބާރު” ގަދަވެފައި މުސްކުޅިވުންލަސްކަމުގައި ބެލެވެއެވެ.‫​ އެހެނަސް ދުނިޔެވީލޯތްބާއި އޯގާތެރިކަމުގެ މަހެފިލް ބިނާކުރެވެނީ ތިމާގެ ކިބައިގާ ހުންނަ ތަޖުރިބާ އަކާއި ކުޅަދާނަކަމެއްގެ މައްޗަށެވެ.‫​ އެހެންކަމުން އުމުރަކީ ކުޑަތަފާތެއް ވުމުން އެެއްވެސް ވަރަކަށް މައްސަލައެއް އުފައްދާ ކަމެއްނޫނެވެ.‫​

    ކުރީގެ ލޯބިވެރިޔާގެ ދައްތަކަމުގައި ވުމުން މައްސަލަ ޖެހެންވެއްޖެނަމަ މައްސަލަ ޖެހޭނީ ތިބާގެ ހިތުގައެވެ.‫​.‫​ އެކަން ހިތުގައި ދާދިފަސޭހައިން ފޮރުވާލެވިދާނެއެވެ.‫​

    ލޯބި ހުށަހެޅުމުގެ އެކިގޮތްތައް ހުރެއެވެ.‫​ ލޯބި ހުށަހަޅުމުން އެކަން ލިބިގަންނަ ކުއްޖެއްގެ އުމުރާ ގުޅޭގޮތަށް ހުށަހެޅުމަކީ މިގޮތުން މުހިއްމު ކަމެކެވެ.‫​.‫​ އުމުރު އެނގޭނަމަ ތިކަމަށް ޔޫތަލް އަށް ރަނގަޅު ޚިޔާލެއް ދެވިދާނެ އެވެ.‫​.‫​.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

    އ ބުނަނީ:

    އަހަރެންގެ އުމުރު 16އެވެ.‫​ އޭނަ17 އެވެ.‫​ އޭނަ އާއި އަހަރެން މިހާރު އުޅެނީ ދެރަށެއްގަ.‫​.‫​ ދިމާވިޔަސް ދިމާވާނީ 3ހަފްތާ ފަހުން.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

    admin ބުނަނީ:

    ޓީންއޭޖް އުމުރަކީ އާދަޔާ ޚިލާފަށް ލޯބި މި ޖަޒްބާތު ވަރަށް ތަނަވަސް ގޮތެއްގައި ހިނގަމުން އަންނަ އުމުރެކެވެ.‫​.‫​ ލޯބި ހުށަހެޅުމަށް ސީދާސީދަލަށް ބުނުމަށްވުރެ ކާމިޔާބު ގޮތެއް އަދި މިވީހާތަނަށް ހޯދިފައެއް ނުވެއެވެ.‫​ – ޖަވާބު: ޔޫތަލް

    [މިހިޔާލަށް ރައްދު ދިނުމަށް]

    އ ބުނަނީ:

    މި އޭޖަކީ ރަނގަޅު އުމުރެއް ތައް ލޯބިވާ ވާހަކަ ބުނަން.‫​؟މިހެން މިބުނީ ބައެއް މީހުން ބުނޭ ޅަ އުމުރުގަ ނުވަތަ ފުރާވަރު ދުވަސްވަރު އުފެދޭލޯބި ބޭކްވުން ގާތޭ އެއީ ކިހާ ހަޤީގަތެއް ހުރިވާހަކައެއް؟

    [މިހިޔާލަށް ރައްދު ދިނުމަށް]

    admin ބުނަނީ:

    އެކަން ބިނާވަނީ އެކި ސަބަބުތަކުގެ މަތީގައި

  5. ިމަރީ

    އަހަރެންނަށް ނޭގި ލޯބިވެވުނީ މީހެއްގެ ފިރިޔަކު ދެކެ، އެކަން އެގުނީ ފަހުން .‫​އެގުނުއިރު އަހަންނަށްހުރީ އޭނާއާއި ވަކިނުވެވޭވަރަށް އޭނަދެކެ ލޯބިވެވިފައި.‫​ ދެން ކިހިނެތް ހަދާނީ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

    admin ބުނަނީ:

    ލޯބިވުމުގައި އަދި ވަކިނުވާވަރަށް ގާތް ވުމުގައި (ލޯބީގެ ގޮތުން) މައްސަލައެއް އޮތް ކަމަކަށް ލޯބީގެމާހިރުން ނުދެކެއެވެ.‫​ އެހެނީ ލޯތްބަކީ ހަމައެކަނި ޖަޒްބާތަކަށް ވުރެ ގާތް ކަމެއް އުފެދިގެން ނޫނީ ވަރުގަދަވެ އާލާވެވޭ ޖަޒްބާތަކަށް ނުވުމާއި އެކު ތިވާ ގަދަލޯބި މަޑުމަޑުން ފަނޑުވެދާނެއެވެ.‫​ އެކަމަކު އެއީ އިތުރު ގުޅުން ތަކެއް ނުހިންގާ ނަމައެވެ.‫​ ހަދަންވީހާވެސް ގޮތަކަކީ ލޯބިވެވޭ އެންމެ މަތީ ދަރަޖައަށް ލޯބިވުމެވެ.‫​ ދޭއޭގެ އަމިއްލަ ޒާތުގައި ހަމަޖެހުން ލިބޭނެއެވެ.‫​ ނުވަތަ ހަނދާން ނައްތާލަން އެއްވެސް މަސައްކަތެއް ނުކޮށް ހުރުމެވެ.‫​ ލޯބީގެ ޖަޒްބާތާއި ދެކޮޅަށް މަސައްކަތ ކުރުމަކީވެސް ލޯބިގަދަވާކަމެކެވެ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  6. ހުސެއިން

    ލޯބިވާކަން ބުނާނީ ކިހިނެއް؟ މިބުނީ ރަނގަޅު ގޮތެއް ނުވަތަ ހިޔާލެއް ދީބަލާށޭ

    [މިހިޔާލަށް ރައްދު ދިނުމަށް]

    admin ބުނަނީ:

    ބުނާނީ އަމަލުން.‫​.‫​ ބަހުން .‫​.‫​ އަޅާލުމާއި އޯގާތެރިވުމުން.‫​.‫​.‫​ ހިތްހެޔޮކަމާއި ސަމާލުކަންދިނުމުން.‫​.‫​.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

    ހުސެއިން ބުނަނީ:

    ތިބުނީ ހަމަ ރީތިކޮށް ކުރިމަތި ލައިގެން ހާމަކުރުން ތައް؟.‫​. ވަކި އުމުރެއް ލޯބި ހުށައެޅުމަށް މުހިންމުތަަައް

    [މިހިޔާލަށް ރައްދު ދިނުމަށް]

    admin ބުނަނީ:

    ވަކި އުމުރެއް މުހިއްމެއް ނުވާނެއެވެ.‫​.‫​ އެހެނަސް ލޯބި ހުށަހެޅުމުގައި އެންމެ ކާމިޔާބު ގޮތަކީ ބަހަކުން ހުށަހެޅުމަށް ވުރެ ޢަމަލުން ލޯބިވާ ކަންދެއްކުމެވެ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  7. ހުސެއިން

    އަމަލުންނޭ ތިބުނީ ކިހިނެއް؟؟؟ މިސާލެއް ބުނެދީބަލަ

    [މިހިޔާލަށް ރައްދު ދިނުމަށް]

    admin ބުނަނީ:

    އެއީ ތިމާގެ އަޙްލާގު އެގޮތަށް ބެހެއްޓުމުން

    [މިހިޔާލަށް ރައްދު ދިނުމަށް]

  8. ހުސެއިން

    ޔޫތަލްގެ ޙިޔާލުތަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ .‫​ ނަމަވެސް.‫​.‫​ އަހަރެންނަށް އެކުވެރިއެއްގެ ކިބައިން ލިބުނު މައުލޫމާތުގެ ސަބަބުން އަހަރެންނަށް މަޖުބޫރުވި އަހަރެންގެ ޖީއެފް އަށް އިންޒާރެއްދޭން.‫​ އެއީ 20 މެއި (މިއަހަރު) ގައި ވިސްނަައިގެން ރައްކާތެރިވެގެން ހުރުމަށް.‫​ އަހަރެންނާއި އަހަރެންގެ ޖީއެފް އުޅޭނީ ދެރަށެއް ގައިކަމުން އަހަރެން ، އަހަރެންގެ އެކުވެރިން ގެ އެހީއާއެކު އަބަދުވެސް އަހަރެންގެ ޖީއެފް ގެ ޙާލުބަލަމެވެ.‫​ އެކަމަކު މިކަމެއް ޖީއެފް އަކަށް ނޭނގޭނެވެ.‫​ އަހަރެން ޖީއެފް އަށް ގުޅުމަށް ފަހު ރައްކާވެގެން ހުރުމަށް ބުނީމެވެ.‫​ އަދި މިދުވަހު އެއްވެސް ކަމެއް ވެއްޖެނަމަ އަހަރެން ގާތުބުނުމަށް ވެސް އެދުނީނެމެެވެ.‫​ ނަސީބަކުން މިއަދު އެކަހަލަ ކަމެއް ނުހިނގާ ކަމަށް ޖީއެފް ބުނިއެވެ.‫​ ދެން ޖީއެފް ކުރި ސުވާލަކީ އެއީ ކޮން ކަމެއްތޯ އާއި އެއީ ކިހިނެއް އެނގުނު ކަމެއްތޯއެވެ.‫​ އަހަރެން ބުނީމެވެ.‫​ އެއީ ކޮންކަމެއް ކަން އަހަރެންނަށް ނޭނގޭއެވެ.‫​ އަހަރެންނަށް ލިބުނު މައުލޫމާތަކީ އެއީއެވެ.‫​ ދެން އެހެން ބުނުމުން އޭނަ ފޯނު ބޭައްވީއެވެ.‫​ ފަހުން ފޯނު ވެސް ނުނަގައެވެ.‫​ މެސެޖް އަށް ރިޕްލޭވެސް ނުކުރެއެވެ.‫​ އަދި އަހަރެން ޕޭންކޮށް ފައި މިހުރީ ބަންދުވުމުން ޖީއެފް އާއި މީޓް ކުރުމަށް އެރަށަށް ދިއުމަށެވެ.‫​ މިކަމަށް އެޙީއެއް ވެދޭށެވެ.‫​ އަވަސް ހީޔާލެއް ދޭށެވެ.‫​
    ހު ސެއިންގެ ނަމުގައި މަތީގައި އެވަނީ އަޅުގަނޑުގެ ސުވާލުތަކެވެ.‫​ އިތުރު މައުލޫމާތު އޭގައި ވާނެއެވެ.‫​ އަދި އ ގެ ނަމުގައިވެސް އެވަނީ އަޅުގަނޑެވެ.‫​ ޕްލީޒް އަވަސް ޙިޔާލެއް ބޭނުން

    [މިހިޔާލަށް ރައްދު ދިނުމަށް]

    މިޟޫ ބުނަނީ:

    ޔޫތަލް މިއަށްހަމަ ހިޔާލެއް ނެތީތަ

    [މިހިޔާލަށް ރައްދު ދިނުމަށް]

  9. އޒ

    އަހަރެންނަށް ކުއްޖަކުދެކެ ލޯބިވެވުނެވެ.‫​ އަހަރެން އެކުއްޖާއަށް ލޯބިހުށައެޅުމުން އެކުއްޖާބުނީ ” އަހަރެން ކަލޭދެކެނީ އާއިލާ ކުއްޖެއްގެ ” ގޮތުގައިކަމެވެ.‫​ އަހަރެން އަދިވެސް އޭނަދެކެ ލޯބިވެއެވެ.‫​ އަދިވެސް އަހަން ބޭނުމެވެ.‫​ ވީމާ މިކަމަށް ރަނގަޅު ޙިޔާލެއް ދެއްވުން އެދެމެވެ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

މިލިޔުމަށް ހިޔާލުފާޅު ކުރެއްވުމަށް ތިރީގައިވާ ފޯމު ބޭނުން ކުރައްވާ

ހިޔާލު ހޯދާލުމުގެ ވޯޓް

ކާވެނިކުރުމަށް އެންމެ ރަގަޅު އުމުރަކީ

View Results

Loading ... Loading ...

އަރުޝީފު

ކުޅިވަރު

ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

މި ހާރު ކުރިޔަށްދާ އޭއެފްސީ ފުޓުބޯޅަ މުބާރާތުގައި ދިވެހި ރާއްޖޭގެ ވީބީ ސްޕޯޓްސް ...

ވިޔަފާރި

ވޭތުވެ ދިޔަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 34 އިންސައްތަ ދަށަށް ގޮސްފައިވޭ

ވޭތުވެ ދިޔަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 34 އިންސައްތަ ދަށަށް ގޮސްފައިވޭ

ވޭތުވެ ދިޔަ 2009ވަނަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެ އެތެރެކުރެވުނު މުދާ އޭގެ ...

ދީން

ޤުރުއާން އަޖައިބުކުރުވަނިވި ފޮތެއް

ޤުރުއާން އަޖައިބުކުރުވަނިވި ފޮތެއް

މުސްލިމް ނޫން އެތައްބަޔަކު ކީރިތި ޤުރުއާން ނުހަނު ގާތުން، ދިރާސާކޮށް ބަލަމުންދާއިރުވެސް މީގެތެރެއިން ...

ޓެކްނޮލޮޖީ

އެޕަލްގެ އައިޕެޑް އޭޕްރީލް 3ގައި ބާޒަރަށް

އެޕަލްގެ އައިޕެޑް އޭޕްރީލް 3ގައި ބާޒަރަށް

އެޕަލްގެ އައިޕެޑް މިއަންނަ އެޕްރީލް މަހުގެ ތިނެއް ގައި އެމެރިކާގެ ބާޒާރަށް ނެރެވޭނެ ...