ފާއްދާލި ފެންފޮދު
ލިއުނީ : ޔޫސުފް
މަޑު ފިނި ވައިރޯޅީގެ ބީހިލުމާއި އެކު އަހަރެން ލޯ މަރާލީމެވެ. އަހަރެން އޮށޯވެލައިގެން އޮތީ ގޭ ކުރިމަތީ އިން ޖޯއްޔެއްގައެވެ. ދުރުގައި ހުރި ގަހެއްގައި ރީނދޫ ކުލައިގެ ކޮކާލެއް ޖައްސައިފިއެވެ. އެ ކޮކާ ފަހަރަކު މަލެއްގައި އިށީންނަމުން، މަލުގެ ފޮނިބޮމުން ދާ މަންޒަރު ދެކެން އަހަރެން އިންއިރު އަހަރެންނަށް ޚިޔާލު ކުރެވެމުންދިއައީ އަހަރެންގެ ފިރިމީހާ ސުޒޭނުގެ އުޅުމާއި މެދުއެވެ.
ކާވެއްޏަށް 2 އަހަރު ވެގެން ދިޔައެވެ. އޭރުވެސް އަދި އަހަރެމެންނަށް ދަރިއަކު ނުލިބެއެވެ. މިކަމާއަހަރެން އެތައްފަހަރަކު ޑޮކްޓަރަށް ދެއްކީމެވެ. އަހަރެންގެ ކިބައިގާ މައްސަލައެއް ވާކަމަކަށް ނުބުނެއެވެ. ސުޒޭނު ޑޮކްޓަރަށް ދެއްކުމަށް އޭނާ އިންކާރު ކުރެއެވެ. މިގޮތަށް ދިމާވުމުން ދިރިއުޅުން ހަލަބޮލިވާން ދިމާވިއެވެ. ދެމީހުން ހިތް ހަމަ ނުޖެހި އެކި ވާހަކަ ތަކުން ޒުވާބު އުފެދެން ފެށިއެވެ. މިކަމުގެ ހައްލެއްކަމަށް އަހަރެންނަށް ފެނުނީ ހަމަ ދަރި އަކު ހޯދުމެވެ. ސުޒޭނު ކިތަންމެ ވަރަކަށްވެސް ދަރިއަކު ބޭނުން ކަމުގައި ބުނެއެވެ. އެހެނަސް އޭނާގެ ކިބައިގާ މިހާރު އެބާރު ނެތީ ކަމުގައި އޭނާ އަށް ވެސް ހީވާންފެށިއެވެ. ސުޒޭނުވެސް ބޭނުންވަނީ އަހަރެންނާ އެކު ދިރިއުޅޭށެވެ.
ސުޒޭނުގެ ރައްޓެހި މަތީނު ސުޒޭނު ގެއަށް ގެންނަންފެށިއެވެ. މީނާ އަކީ ފަންޑިތަ ހަދާ އުޅޭމީހެކެވެ. ފަންޑިތަ ހެދުމަކީ އަހަރެން ޤަބޫލު ކުރާކަމެއްނޫނެވެ. އެހެނަސް ސުޒޭނުގެ އެދުމުގެ މަތިން އެކަމަށް އަހަރެން އެއްބަސްވީއެވެ. ސުޒޭނު ގެ އެދުމަށް އަހަރެން މަތީނުގެ ފަންޑިތައިގެ ފިޔަވަހިތަކަށް ކިޔަމަން ވަމެވެ. އަހަރެން ސުޒޭނާއި ގާތްނުވެ 2 މަސްދުވަހު ހުރުމަށް މަތީނުބުންޏެވެ. ކަންދިމާކުރި ގޮތުން ސުޒޭނު ދިރާގު އެންޓަނާތައް ޖެހުމަށްޓަކައި ރަށްތަކަށް (ރާއްޖެތެރެއަށް ) ދާންޖެހުނެވެ.
ކޮންމެ ރެއަކު މަތީނު ފަންޑިތަ ހެދުމަށްޓަކައި ގެއަށް އާދެއެވެ. އަހަރެންގެ ގައިގާ އޭނާ ނުހަނު އޯގާތެރިކަމާއި އެކު ފެންކާތައެވެ. އަހަރެންދެބަ ކުރުވައެވެ. މަޑުމަޑުން މި ހިތް މަތީނުގެ އޯގާތެރިކަމުގެ ތެރެއިން ލަންބާލިއެވެ.
ސުޒޭނު އަވަހަށް އަހަރެންގެ ގާތަށް އަންނަން ޖެހޭނެ ކަމަށް މަތީނު ބުންޏެވެ. އެއީ ހަނދުގެ ފޮއިމަތީގައި އަހަރެމެން ދެމީހުން ގާތްވާން ޖެހޭނެކަމަށް ފެންނާތީ ކަމުގައި ސުޒޭނު ގާތު ގުޅާފައި ބުނާނެ ކަމަށް އޭނާބުންޏެވެ.
އަހަރެން އޭރު ބަނޑު ބޮޑެވެ. މަތީނުގެ “ފާއްދާލި ފެންފޮދު” އަހަރެންގެ ބަނޑުގައި މި އަދު މިވަނީއެވެ. ސުޒޭނުގެ ވިސްނުން ހުރިގޮތުން މަތީނުގެ ކިޔެވެއްޔާއި ފަންޑިތަ ހަމަ މޮޅީއެވެ. އަހަރެން މިވާހަކަތައް ސުޒޭނަށް ކިޔައިދޭނެ ގޮތެއްނޭނގެއެވެ.

ވަޓަވައްރެހާ ގެ އޯނަރު ޖާބިރު ބޮޑު އަދަދަކުން ޖޫރިމަނާކުރުމުން އިންކާރު ކޮށްފި
ދިވެހިރާއްޖޭއިން ފެނުނު މަސްތުވާތަކެތީގެ ކޮންޓެއިނަރ އަށް ހަދާފައިވަނީ ކިހިނެތްބާ ؟
ހިމޭން ޝަކުވާ
އަންނަ މަހުން ފެށިގެން މާލޭ ސަރަޙައްދުން ކަރަންޓް ޔުނިޓަކަށް ނަގާ ޢަދަދު ސްޓެލްކޯއިން ބޮޑުކޮށްފި
މަންމަމެން ބުނެނުދީ ހުރިބައެއްވާހަކަތައް 4
ހާދަ ވަރުގަދަ ފެންފޮދެކޭ ދޯ،،،،ހެ ހެ،،،،ވަރަށް ރީތި އިނގޭ،،،،
[މިހިޔާލަށް ރައްދު ދިނުމަށް]
އަސްލު ތީ ވަރަށް ގިނައިން ވާކަމެއް.މީ ގެ ފްރެންޑަކަށްވެސް ހަމަ އެހެންވި،.ފަންޑިތަ ހަދާމީހުންނާ މެދު ސަމާލުވުމަށް ގޮވާލަން.....ވަރަށް އިބްރަތްތެރި ވާހަކައެއް......ތޭންކްސް ޔޫސުފް......
[މިހިޔާލަށް ރައްދު ދިނުމަށް]
ފަޒީލް ބުނަނީ:
ސެޕްޓެމްބަރ 22nd, 2009 at 9:35 pm
މި ގޮތަަް ނޫނަސް ކެހި ވެރިކަމުގެ އެކި އެކި ކުލަވަރުތައް ދަައްކައިގެން މިފަދަ ފެން ފޮދުތައް ފާއްދާލާ މީހުން އުޅޭކަން ވެސް ވިސްނާތި، ހަމަ އެކަނި ފަންޑިތަ ހަދާ މީހުން ނުވަތަ ކަންވެރިންނަކަށް ނުން ސަމާލް ވާންވީ..
[މިހިޔާލަށް ރައްދު ދިނުމަށް]
ހާދަ ވަރުހުރި ފެންފޮދެކޭ ދޯ؟؟؟؟؟؟؟؟؟؟؟؟؟؟ ތިކަހަލަ ފެންފޮދު ތަކުން ސަލާމަށްވުމަށް ގޮވާލަން
[މިހިޔާލަށް ރައްދު ދިނުމަށް]
ފެންފޮދެއް ނޫން ދޯ!
[މިހިޔާލަށް ރައްދު ދިނުމަށް]
އަޅެ ތީނަވެސް އެފުރުސަތު ދިނީމަޔެ ނު އެހެން އެވީ ދޯ
[މިހިޔާލަށް ރައްދު ދިނުމަށް]
ފިރިމީހާ ކުރި އިތުބާރު އެއްވެސް ބެލުމެއް ފިކުރެއް ނެތި.. ފުނޑުފުނޑުތިޔަ ކޮއްލީ.. ކެހިވެރިކަން ނޫނީ އަންހެނެއްގެ ކިބަޔަކު ނުހުންނާނެ.... އޯގާތެރިކަމާއި.. ލޯތްބަކީ އަންހެނުން ދަންނަކަމަށްވާ ޢިލްމެއްނޫން... ވަގުތީ އުފަލާއި އަރާމް.. ފައިސާ،. ހިތްހަމަޖެހުން... މުދާ...
[މިހިޔާލަށް ރައްދު ދިނުމަށް]
އެއްޗެއް ނެތްތާކު ދެން އޯކޭދޯ. ވާހަކަ އަސްލު އެހާ ރީއްޗެއް ނޫން.......
[މިހިޔާލަށް ރައްދު ދިނުމަށް]