ކަނބުލޮ

ބުރާސްފަތި, 8 އޮކްޓޯބަރ, 2009

ލިއުނީ :- ޔޫސުފް

bcp013007

އަހަރެން އުމުރުގެ އެހެން ކުދިންނެކޭ އެއްފަދައަކުން އަހަރެން ހިނގާލަން ގޮހެއްނުހަދަމެވެ. އަހަރެންގެ ބޮލުގައި ތޮތްޕެއްވެސް ދުވަހަކު ނާޅަމެވެ. ގަހަކަށްވެސް ނާރަމެވެ. އެކަނި ވަގުތުކޮޅެއް ހޭދައެއް ނުކުރަމެވެ. އަކަނި ފެންވަރައެއް ނުހަދަމެވެ. އެކަނި ނިދާ ، އެނިކައިބޮއިއެއް ނަހަދަމެވެ. ކޮންމެ ކަމެއް އަހަރެން ކުރަނީ އަހަރެންގެ ލޯބިވާ ދައްތައާއި އެކުއެވެ. އަހަރެންގެ ދައްތަ ދެކެ އަހަރެން ނުހަނު ލޯބިވެއެވެ. އަހަރެމެން ދެމީހުން ބޭރަށް ނުކުމެލާއިރަށް މީހުން ބަލަންފަށައެވެ. މުޅި ސްކޫލް ދައުރު ނިންމާލީ އެކި މީހުންގެ ލޯ އެޅުންތަކަށް ކެތްކޮށްގެންނެވެ. އަހަރެންނާއި އަހަރެންގެ ދައްތައަކީ އެއްމާބަނޑު ދެބެންނެވެ. އަހަރެމެން ދެމީހުންގެ ބޮލުން އަހަރެމެން ދެމީހުންވަނީ ގުޅިފައެވެ. އޮޕަރޭޝަން ކޮށްލައިގެން ވަކިކޮށްލައިފިނަމަ އަހަރެމެން ދެމީހުންގެ ތެރެއިން ކޮންމެވެސް  އެކަކު މަރުވާވެއެވެ.

ސްކޫލް ދައުރު ނިމުމުން ކޮލެޖަށް ދާން އަހަރެން ބޭނުންވިއެވެ. އަހަރެން ކިޔަވަންވޭނުންވީ ބަހެވެ. ބަސްކިޔަވައިގެން އަހަރެން ބޭނުންވީ ވާހަކަ ލިއުންތެރިއަކަށް ވާށެވެ. އެހެނަސް ދައްތަ މީރާ އެއްވެސް ވަރަކަށް ބަސްކިޔާވަކަށް ބޭނުމެއް ނުވިއެވެ. އޭނާބޭނުންވަނީ ކުރަހަންދަސްކޮށްދޭ ކްލާހަކަށް ދާށެވެ. އަހަރެން ކިތައްމެ ބޭނުންވި ނަމަވެސް ގިނަ ކަންތައްތައް ދައްތަ ބޭނުން ނުވާތީ ނުކުރެވެއެވެ. އެންމެ ފަހުން އަހަރެމެން އެއްބަސްވީ އޭނާކުރަހަން ދަސްކުރަންބޭނުންވާތީ ކުރަހަން ދަސްކުރާ ކްލާހަށް ދާށެވެ. އަދި އޭގެފަހުން ބަސްކިޔަވާދޭ ކްލާހަށްވެސް ދާށެވެ. މި ގޮތަށް ދައްތަ އެއްބަސްވިއެވެ.

ކުރަހަން ދަސްކޮށްދޭ ކްލާހުގައި ނުހަނު ރީތި ފިރިހެން ކުއްޖެއް އިނެވެ. އޭނާގެ ނަމަކީ ފާރިޝްއެވެ. އޭނަގެ ބެލުމުގައި އާދަޔާއި ޚިލާފުގޮތްތަކެއް އަހަރެންނަށް ފާހަގަކުރެވުނެވެ. އަހަރެމެންނާއި ގާތަށް އޭނާ ޖެހިލިއެވެ. އަދި ވާހަކަ ދައްކަންފެށިއެވެ. އޭނާ އަހަރެމެންނާއި ގާތަށް އައުމުން ދުރަށް ދިއުމަށް ދައްތަ ބޭނުންވިއެވެ. ދައްތަގެ ޢަމަލުތަކުން ފާރިޝް މަތިންފޫހިވާކަން ފާހަގަ ކުރެވުނެވެ. އެހެނަސް އަހަރެން ވަރަށް ވާހަކަ ދައްކާލަން ބޭނުންވިއެވެ. ފާރިޝް އަށް މިކަން އިނގުނީކަންނޭނގެއެވެ އޭނާ އިރުކޮޅަކުން އަހަރެމެންނާ ދުރައް ހިނގައްޖެއެވެ.

އަހަރެންނަށް އެއްވެސް ކަމެއް ދައްތަ އަށް ނާންގާ ކުރެވޭކަށް ނޯވެއެވެ. އަހަރެންގެ މޮބައިލް ނަމްބަރ ފާރިސްއަށް ދިނީމެވެ. އޭނަ ކޮންމެދުވަހަކު ގުޅައެވެ. ފާރިޝް ގުޅައިގެން ހުންނައިރު ދައްތަ ވަރަށް އުދަނގޫ ކުރާނެއެވެ. އަހަރެންގެ ހިތުގައި ލޯބި އުފެދެންފެށިއެވެ. މިވާހަކަ ދައްތަގާތު ބުނުމުން ދައްތަ ފާރިޝް ދެކެ ބިރުގަންނަ ކަމަށް ބުންޏެވެ. އަދި ފާރިސް އާއި ބައްދަލު ކުރަން ދާން ދައްތަބޭނުންނުވާކަމަށް ބުންޏެވެ. އަހަރެންނަށް އެކަނި ދެވޭނެ އެއްވެސް ގޮތެއް ނޯވެއެވެ.

ފާރިސްއާއި ރުޅި ވުމަށް ދައްތަ އަހަރެންނަށް މަޖުބޫރު ކުރިއެވެ. އަހަރެން ދައްތަގެ އެދުމުގެ މަތިން އެކަންކުރީމެވެ. އޭގެ ދެއަހަރު ފަހުން ދައްތަ މާނިއު އާއި ރައްޓެހި ވިއެވެ. އަހަރެން ދައްތަގެ އެދުމުގެ މަތިން މާނިއު އާއި ބައްދަލު ކުރަންދަމެވެ. އަދި މާނިއުގެ ފޮނިވާހަކަތައް ދައްތައާއި އެކު އަޑުއަހަން އިންނަމެވެ. މި ގޮތަށް އަހަރެން އިންނަ އިރު ފާރިޝް މަތިން ވަރަށް ހަނދާންވެއެވެ. ފާރިޝްގެ ވާހަކަތައް ހިތުގައި އާވާންފަށައެވެ. އެ އިހްސާސްތަކުން ހިތްރޮވެއެވެ. އަހަރެންގެ ކަރުނަތައް ދައްތައަށް ފެނުމުގެ ކުރިން ފުހެލާ ހިތްހަމަ ޖައްސާލަމެވެ.

ދައްތަގެ މިޒާޖު އަހަރެންނާއި ވަރަށް ތަފާތެވެ. ވަރަށް ފަސޭހައިން ރުޅިއާދެއެވެ. ދައްތަ ރުޅިއަންނަ ކޮންމެ ފަހަރަކު އަހަރެން ނަސޭހަތްދެމެވެ. ރުޅި މަޑު ކުރުމަށް އެހީތެރިވެދެމެވެ. ދައްތަ މާނިއު ދެކެ ރުޅިއައިސްގެން އުޅޭއިރު އަހަރެން އެކަން ހައްލު ކުރަމެވެ. އޭގެފަހުން މާނިއު ކޮންމެ ކަމެއްގާ އަހަރެންގެ ލަފާ ހޯދަންފެށިއެވެ. މާނިއު ދައްތައާއި ވާހަކަ ދައްކާ ވަގުތަށް ވުރެ އަހަރެންނާ ވާހަކަދައްކާ ވަގުތު ގިނަވާންފެށިއެވެ. މަޑު މަޑުން އަހަރެންނަށް މާނިއު ދެކެ ލޯބިވެވިއްޖެއެވެ. މިކަން ދައްތައަށްވެސް ޝައްކުކުރެވެން ފަށައިފިއެވެ.

ކާރު ދުއްވަން ދާން ދައްތައެދުނެވެ. ހަޤީޤަތުގައި ބޭނުންވަނީ ކޮންމެވެސް ވާހަކައެއްދައްކަން ކަމަށް ބުންޏެވެ. ދައްތަ މާނިއު ގެ ވާހަކަ ފެށިއެވެ. އަހަރެން ލޯބިވާ ކަމަށް އިންކާރުކުރީމެވެ. ދައްތަގެ އަހަރެން ދޮގުހަދަނީ ކަމަށް ބުންޏެވެ. ދައްތަގެ ރުޅިއިންތިހާއަށް ދިޔައެވެ. އެންމެފަހުން ދައްތައަށް ކާރު ކޮންޓްރޯލް ނުކުރެވިގެން އެކްސިޑެންޓްވިއެވެ. އަދި އޭގެ ފަހުން އަހަރެންނަށް ހޭވަރިކަން މިވީ މި ކުޑައެނދުގައި ދެމީހުން އެޑްމިޓް ވެފައި އޮއްވައެވެ.

ޑޮކްޓަރ ތިބުނަނީ އަހަރެމެން އޮޕަރޭޝަންކޮށް ވަކިކޮށްލަން ޖެހޭނެކަށްތޯއެވެ؟ އަދިވެސް އަހަރެންގެ ދައްތަ ހެއެއް ނާރައެވެ. އަހަރެމެން ވަކިކޮށްފިނަމަ ކޮންމެވެސް އަކަކު މަރުވާނެއެވެ. ޑޮކްޓަރއެވެ.. އަހަރެން އޮޕަރޭޝަން ކުރުމުގެ ކުރިން އަހަރެން ގެ ވާހަކަތައް މި ކިޔާދިނީއެވެ.

“ ކަނބުލޮ - މިލިޔުމާއި މެދު ކިޔުންތެރިންގެ ހިޔާލު ”

  1. ައަތޫ

    ސަޅި، އެކަމަކު މީހަކަށް ޓަކާ މީހަކަށް ދިރި އުޅެވި ދާނެތަ؟ އެއީ ވަރަށް ބޮޑު ގުރުބާނީ އެއް.‫​.‫​.‫​.‫​.‫​.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  2. މައިޝާ

    ސަޅި މިވާހަކަ .‫​.‫​ ހޭ ކިހިނެތް ހީވަނީ އެހެން މީހުންނަށް ؟ މަށަށް ހީވަނީ އޮޕަރޭޝަން ކުރާނެހެން .‫​.‫​ ކުރާނެތަ ؟ ނުވަތަ ނުކުރާނެތަ ؟

    [މިހިޔާލަށް ރައްދު ދިނުމަށް]

  3. ހޖ

    ައޮޕަރޭޝަން ކުރާނެހެން ހީވަނީ.‫​.‫​.‫​ކޮންމެ ގޮތެއްވިއަސް ކޮންމެވެސް އެކަކަށް ކާމިޔާބު ވާންޖެހޭނެތާ؟އެހެންވީމަ އޮޕަރޭޝަން ނުކޮށް ފަރުޖެހޭކަށް ނޯންނާނެ،،،،،މިވާހަކާގެ ނަން ކަމަކު ނުދޭ.‫​.‫​.‫​.‫​.‫​ދެން ސަޅި.‫​.‫​.‫​.‫​ ޕާޓް 2 އަންނާނެބާ؟

    [މިހިޔާލަށް ރައްދު ދިނުމަށް]

  4. އ.‫​ ޒހނ

    ތެދެއް އެ ބުނީ.‫​ އޮޕަރޭޝަން ކުރަން މިހާރު މަޖުބޫރު.‫​ އެކަމަކު ދައްތަ ވަރަށް އަމިއްލަ އެދުން ބޮޑު.‫​ ވާހަކައިގެ ނަން އެހާ ނުގުޅޭ.‫​ އެކަމަކު ވަރަށް ރީތި ވަރަށް ޝައުޤުވެރިވާ ވާހަކަ އެއް.‫​ ގްރޭޓް ޖޮބް ޔެލް.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  5. އަމީ

    ވަރަށް ސަޅި ވާހަކަ އެއް.‫​.‫ދެން ދައްތަ މަރާލީއްޔާ ދޯ ރަގަލުވާނީ ކޮންމެހެނެއް ދައްތަ އަށްޓަކާ މުޅިއުމުރު ބޭކާރު ކުރާކަށްނުޖެހޭ.‫​.‫​ކީޕް އިޓް އަޕް.‫​.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  6. އުހުން

    ކޮބަަ މީގެ އަނެއްބައި.‫​.‫​.‫​.‫​.‫​.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  7. admin

    މިވާހަކަ ނިމުނީ ކަމަށް ވާހަކަ ލިއުންތެރިޔާ ހާމަކުރަނީ .‫​.‫​.‫​ މީގެ އަނެއްބައި ބޭނުންތޯ ؟

    [މިހިޔާލަށް ރައްދު ދިނުމަށް]

    އައިޝާ ބުނަނީ:

    ވާހަކަ ރީތި އެކަމް ތި ނިމުނީ ކަމުގަ ވަނީ ނަމަ ބުނެވޭނީ ނިމުން ކަމަކު ނުދޭ.‫​.‫​.‫​.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  8. ުޔތ

    އައްދޭ!ކިހިނެއް އެނިމުނީ.‫​.‫​.‫​.‫​ކަމަކުނުދޭ!!!!!!!!!!!!!!!!!!!!!!!!!!!!!!11

    [މިހިޔާލަށް ރައްދު ދިނުމަށް]

މިލިޔުމަށް ހިޔާލުފާޅު ކުރެއްވުމަށް ތިރީގައިވާ ފޯމު ބޭނުން ކުރައްވާ

ހިޔާލު ހޯދާލުމުގެ ވޯޓް

ކާވެނިކުރުމަށް އެންމެ ރަގަޅު އުމުރަކީ

View Results

Loading ... Loading ...

އަރުޝީފު

ކުޅިވަރު

ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

މި ހާރު ކުރިޔަށްދާ އޭއެފްސީ ފުޓުބޯޅަ މުބާރާތުގައި ދިވެހި ރާއްޖޭގެ ވީބީ ސްޕޯޓްސް ...

ވިޔަފާރި

ވޭތުވެ ދިޔަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 34 އިންސައްތަ ދަށަށް ގޮސްފައިވޭ

ވޭތުވެ ދިޔަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 34 އިންސައްތަ ދަށަށް ގޮސްފައިވޭ

ވޭތުވެ ދިޔަ 2009ވަނަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެ އެތެރެކުރެވުނު މުދާ އޭގެ ...

ދީން

ޤުރުއާން އަޖައިބުކުރުވަނިވި ފޮތެއް

ޤުރުއާން އަޖައިބުކުރުވަނިވި ފޮތެއް

މުސްލިމް ނޫން އެތައްބަޔަކު ކީރިތި ޤުރުއާން ނުހަނު ގާތުން، ދިރާސާކޮށް ބަލަމުންދާއިރުވެސް މީގެތެރެއިން ...

ޓެކްނޮލޮޖީ

އެޕަލްގެ އައިޕެޑް އޭޕްރީލް 3ގައި ބާޒަރަށް

އެޕަލްގެ އައިޕެޑް އޭޕްރީލް 3ގައި ބާޒަރަށް

އެޕަލްގެ އައިޕެޑް މިއަންނަ އެޕްރީލް މަހުގެ ތިނެއް ގައި އެމެރިކާގެ ބާޒާރަށް ނެރެވޭނެ ...