އަށާރަ އަހަރުން ދަށުގެ އަށްޑިހަ ފަސްކުއްޖެއް ބަލިވެއިންތޯ ބެލުމަށް ހަދާ ޓެސްޓް އައިޖީއެމް އެޗް ގައި ހަދާފައިވޭ

ތޭރަ އަހަރުގެ ކުއްޖަކު ޖާރިއާއެއް ގެ ގޮތުގައި ގެންގުޅޭ ކަމަށް އެކިސައިޓްތަކުގައި ލިޔެގެން މިމައްސަލަ ވަނީ ހިއުމަން ރައިޓްސް ކަމިޝަންގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި އެ މައްސަލަ ދަނީ ބަލަމުންނެވެ. ޖާރިއާއެއްގެގޮތުގައި ދިވެހި އަންހެން ކުއްޖެއް ގެންގުޅުމަކީ މުސްތަހިއްލު ކަމެކެވެ. އެހެނީ ދިވެހިން ހަނގުރާމަ އަކަށް ނުދެއެވެ. ހަނގުރާމައެއްގައި ހާލުގައި ޖެހޭ އަންހެންވެރިން ބެލުމާއި ހަވާލުވުމަށް ޖާރިއާ ކުރުމޭކިއެވެ. ނުވަތަ އަޅު ކުރުމޭ ކިއެވެ. މުސްލިމުންގެ ބޮލުގައި ބަދުނާމު އަޅުވަން އެހެންލިޔެފައިވާ ބްލޮގެއެއްގައި ލިޔެފައިވާ ކަމަށް ލަފާ ކުރެވޭކަމަށް ގިނަފަރާތްތަކުން ޤަބޫލުކުރެވެއެވެ. މިގޮތަށް 18 އަހަރު ނުވާ ކުދިންނާއި ރައްތެހިވެގެން ގޭގޭގެ ކޮޓަރިތަކުގައި ޒިނޭކުރުމަކީ މާލޭގައި ވަރަށް އާއްމު ކަމެއްކަމަށް ގިނަ ބަޔަކު ދެކޭ އިރު މިކަމަށް ޖާރިޔާ ކުރުމޭ ކިއުމުގެ މާނައަކީ އިސްލާމްދީނަށް ބަޔަކު ކުރާ ގޯސް ކަމެއް އެޅުވުމެވެ.
އައިޖީއެމް އެޗް އިން އަށާރަ އަހަރުން ދަށުގެ 85 ކުއްޖެއް ބަލިވެ އިނދެފައިވޭތޯ ޓެސްޓް ކޮށްފައިވާކަމަށް ސާބިތުކުރެވޭ ކަމުގައި ހިއުމަން ރައިޓްސް އިން ހާމަކޮށްފިއެވެ. މިކަމުން ދޭހަކޮށްދެނީ ކާވެނި ނުކޮށް ޒިނޭކުރަމުންދާ ޅަކުދިން ތަކެއް ދިވެހިރާއްޖޭގައި އުޅޭކަމެވެ. އެހެނަސް ހިއުމަން ރައިޓްސް އިން ހާމަ ކުރި ގޮތުގައި މިހާރު ދަނީ އެކުދިންނަކީ ޖާރިޔާއިން ކަމުގައި ޔަޤީން ކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިކަމާ ގުޅިގެން ވާހަކަދެއްކި އަހްމަދު ( އަސްލުނަމެއްނޫން ) ހާމަ ކުރިގޮތުގައި ހިއުމަންރައިޓްސް ކޮމިޝަނަށް ޖާރިއާއިން މި ބަހުގެ މާނަ އެނގޭހެނެއް ހިއެއް ނުވެއެވެ. ” ތުނބުޅި ލާފަ ހުރި މީހަކު ޅަ ކުއްޖަކާ ރައްޓެހިވެގެން ޒިނޭ ކޮށްފިނަމަ އެ ކުއްޖާ ނުގަވައިދުން ޖާރިޔާ ކުރީ ކަމުގައި މި ބަލަން އުޅެނީ .. އެހެން މީހަކު ނަމަ ނުގަވައިދުން ބަދުއަހްލާގީ އަމަލު ހިންގީ ކަމަށް މިވަނީ .. އިސްލާމްދީނުގައި ޖާރިޔާ ކަމުގައި ނުބެލެވޭ އުޞޫލުން އެކަން ކުރުމަކީ ޒިނޭކުރުން އެއީ މާލޭގައި އާއްމުކަމެއް .. މި ތަނަށް ކޮންމެހެން ޖާރިޔާ މިބަސް ގެންނާކަށް ނުވެސްޖެހޭ ”
އަށާރަ އަހަރު ނުވަނީސް ކާވެނި ނުކުރެވޭ ގޮތަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނު ބުނާގޮތުންނެވެ. އިސްލާމްދީނުގައި ކާވެނި ކުރާ އުމުރެއްކަމުގައި ބެލެވެނީ ފުރާވަރަށް އެރުމުންނެވެ. ތަރައްޤީވެފައިވާ ބައެއް ޤައުމުތަކުގައި ކާވެނި ކުރާ އުމުރެއްކަމުގައި 12 އަހަރު ބައެއް ޤައުމުތަކުއި 14 އަހަރު ހަމައްޖައްސާފައިވެއެވެ.

މަހެއް ފަހާލާނެ މަހެއް ކަނޑުގައި އުޅެދާނެ
ކްލަބް ފަރު ( ފަރުކޮޅު ފުށި) ގެ ފަޅުތެރެއިން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
ކީރިތި ގުރުއާނާ ބެހޭ މަރްކަޒުގައި ބިނާކުރާ އާއިމާރާތުގެ މަސައްކަތް މިއަހަރު ތެރޭ ފެށިގެންދާނެ
ފޮރުވިގެން ތިބެ ލިޔަމުންގެންދާ އެންމެ މަޝްހޫރުވަމުން އަންނަ ބްލޮގް – ޖެބުއެ
ކަރުނަޔާ ހިތްދަތިކަން ވޭނާއާޚް-4
ތީ ހަމަ ރަނަގަޅަށް (ސެންސަރު ކުރެވިފައި ) އުޅޭބަޔެއް ތިޔަ ހިއުމަން ރައިޓުސް އަކީ..މިހާތަނަށް އަދި ކަމުދާ އެއްވެސް މަކެއް ކޮއްފަޔެއްނެތް..މީގެ އިތުރުން ކުރިހާވެސް ކަމަކީ ލާދީނީ ހުރިހާ ކަމެއްކުރުމަށް ބާރުދެނީ ..މި މީހުން ކުރިސްޓިއަންދީން ފަތުރަން ފައިިިިސާ ނަގައިފާ ވާކަމަށް ތުހުމަތު ކުރެވޭ.. އެހެންޏާ ދެން ހިއުމަންރައިޓުސްއޭ ކިޔައިން އިސްލާމީ ޤައުމެއްގައި މީ ކޮންސަކަރާތެއް،.. ކުއްވެރިން ދިފާއުކުރުމާއި އިސްލާމީ ވަހުދަތު ގެއްލޭ ހުރިހާ ކަމަކަށް ބާރު ލިބޭ ޒާތްޒާތުގެ ބަޔާންނެރުމާ ކަންކަން ރޭވުން ނޫން ދެން ކޮންކަމެއްތޯ މި މީހުން ދިވެހިރައްޔެތުންގެ ފައިސާތައްކައިގެން މި ތެޅެނީ...އަޅެފަހެ ހައިރާނެއްނުވާނެތަ... ކޮބައިތޯ ދިވެހިން އިސްލާމީ އިސްލާން ވަންތަކަމުގެ ރައިޓްސް.. ރާވިއްކުމުގެ ބިލާއި ބެހޭގޮތުން މި ހަޔާތްކުޑަތައް އެއްވެސް ބަހެއް ބުނިތަ..ރައްޔެތުންނޭ..މާތްކަލާކޯ.. އަވަހަށް މި ޢިމާރާތް ތަޅާސުންނާފަތިކުރޭ.......ދެން ކުރުކޮއްލީ...އަހަރެން ލޭވެސް މައްޗަށް ހިގައިދާނެ ތިވާހަކަ މާގިނައިން ދައްކަންޏާ..
[މިހިޔާލަށް ރައްދު ދިނުމަށް]
ލިންކް ރޯޑް ބުނަނީ:
އޮކްޓޯބަރ 9th, 2009 at 4:00 pm
ތިބުނީ ހަމަ ރަގަޅަށް. ތިޔަ ހިއުމަން ރައިޓްސްގަ ތިބެނީވެސް އެ ވައްތަރު މީހުންހެން މަށަށް ހީވަނީ.
[މިހިޔާލަށް ރައްދު ދިނުމަށް]
ހިއުމަން ރައިޓްސް އިން އެ އުޅެނީ އެ ލިއުނު މީހަކު ގެ ކަންތައް އޮއްބަން ވެގެން އެއްޗެކޭ ކިޔަން .. އެ މީހަކީ ......... ގުޅުން ހިންގާ މީހެއް ކަމަށް ވަނީ
[މިހިޔާލަށް ރައްދު ދިނުމަށް]
ކޮން ހިއުމަން ރައިޓްސް އެއްތަ .. ކާވެނި ކުރެވެންވާނެ ބާލިޤް
[މިހިޔާލަށް ރައްދު ދިނުމަށް]
18 އަހަރުންދަށުގެ ދެޖިންސުކުދީން ކީއްވެގެންބާ، ދަރިފަނީގެ ޒރީޢާއިން ވިހެއުމުގެ ކަންތަކާއި ބައްދަލްވަނީ. ނުވިހާގޮތްހަދަންވީނުދެން ސަލީމޫ
[މިހިޔާލަށް ރައްދު ދިނުމަށް]
މާކުންބެ ހާދަ ރުޅިގަދަވެފަ...ހެހެހެހެ.....މި ތުނބުޅި ލި..ގުރޫޕް މާބޮޑަށް ދީން އެނގެނީ.....
[މިހިޔާލަށް ރައްދު ދިނުމަށް]
http://www.dhiminivan.com/news/2-latest-news/105-2009-10-08-16-33-30.html
މިލިޔުން ވަގަށްނެގިފައި މިސައިޓްގައި ތަންތަނުން ކޮޅައިގެން ޚަބަރު މުރާޖަޢާ ކުރާކަމަށް މައުލޫމާތު ލިބިއްޖެ! މިސައިޓް އަޕްލޯޑް ކުރާ ބޭފުޅާއަށް ބުނެ އަންގަމެވެ. ތިޔަހެން ނުހަދާށެވެ. މޫސާ ސާއިދް ފަތުރަމުންދާ މި ސައިޓްގައި މިލިޔުން އެބައިނެވެ. އަދި މީގައި މިވަނީ ފޭސްބޫކް ގައި މިކަލޭގެއެވެ. Moosa Saaid. http://www.facebook.com/profile.php?id=100000058085579&ref=nf
[މިހިޔާލަށް ރައްދު ދިނުމަށް]
ހަމަ އެއްވަގުތެއްގައި އެއްދުވަހެއްގައި މިލިޔުން އެއްގޮތަކަށް ލިޔެވި ނަކަލު ކުރެވިފައި ވާއިރު ނަކަލްކުރި ވެބްސައިޓް ގެ ނަން ގެނެސް ނެތީމާ ސުވާލު އިފެދުނީއެވެ.
[މިހިޔާލަށް ރައްދު ދިނުމަށް]
admin ބުނަނީ:
އޮކްޓޯބަރ 11th, 2009 at 10:58 pm
ޙަބަރަކީ ކަމެކެވެ. ޙަބަރު އެކިސައިޓް ތަކުގައި އެކިގޮތްގޮތަށް ޚަބަރު އެއް ޚަބަރެއް ހުރެދާނެއެވެ. ހަމަ މިލިއުން އިންނަމަ އެއީ ބޮޑު މައްސަލައެކެވެ. އެހެނީ މި ލިއުން ލިއުނީ މި ސައިޓްގައެވެ. އަދި ލިއުނީ އަޅުގަނޑެވެ. ޚަބަރުގައިވާ އަހްމަދާއި އިންޓަވިއު ކުރީ އަޅުގަނޑެވެ. ދުނިޔޭގެ ޤައުމުތަކުގައި ކާވެނި ކުރާ އުމުރ ރިފަރެންސް އެ އިނީ އަޅުކުރި ދިރަސާ ރިޕޯޓަކަށް ހަވާލާ ދެވިއެވެ.
[މިހިޔާލަށް ރައްދު ދިނުމަށް]
admin ބުނަނީ:
އޮކްޓޯބަރ 12th, 2009 at 3:11 am
ޔޫއްޕެ އަށް ތި އޮތީ ވަރަށް ބޮޑަށް އޮޅިފައެވެ. ދިމިނިވަން ސައިޓްގައި “ވަތަން” މިހެން ޖަހާފައި އެބަ އިނދޭ .. ރަނގަޅަށް ބައްލަވާލައްވާ
[މިހިޔާލަށް ރައްދު ދިނުމަށް]
ވަރުގަދަ އެޑްމިންއެއް ތާ!!!!
[މިހިޔާލަށް ރައްދު ދިނުމަށް]