އެކި ސުވާލާއި ޖަވާބު

ބުރާސްފަތި, 8 އޮކްޓޯބަރ, 2009

question-and-answer2މި ކޮލަމް އަކީ ޔޫތަލް އަށް އެކި ފާޑުގެ ސުވާލު ކުރުމުން ދެވިފައިވާ ޖަވާބުތައް ގެނެސްދިނުމަށް ހާއްސަ ކޮލަމެކެވެ. މި ކޮލަމުގައި އެކިފާޑުގެ ސުވާލުތައް ޔޫތަލް އާއި ކުރެވިދާނެއެވެ. ކޮންމެ ސުވާލަކަށް ޖަވާބު ދިނުމުގައި އެކަމުގެ ޢިލްމުވެރިންގެ ކިބައިން ޖަވާބު ހޯދަންޖެހިއްޖެ ހިނދެއްގައި އެކަމުގެ ޢިލްމުވެރިން ނުވަތަ މާހިރުން ގެ ލަފާ ޔޫތަލް ހޯދައެވެ.

ކުރެވިފައިވާ ސުވާލަށް ކިއުންތެރިންނަށް ވެސް ޖަވާބު ފޮނުވިދާނެއެވެ. އެކަށީގެންވާ ޖަވާބެއް ކަމުގައި ވާނަމަ ޕަބްލިޝް ކޮށްދެވޭނެއެވެ.

ސުވާލު ކުރައްވާނީވެސް އަދި ޖަވާބު ފޮނުއްވާނީވެސް ކޮމެންޓެއްގެ ގޮތުގައެވެ.

ތިރީގައި މިވަނީ މި ހަފްތާގައި ޔޫތަލް އަށް ފޮނުވާފައިވާ ސިޓީތަކުގެ ތެރެއިން ގުރުއަތުން ހޮވިފައިވާ ސިޓީއެވެ.

އެކުވެރި ޔޫތަލް އަށް !
މީގެ ދެ އަހަރު ބައި ކުރިން އަހަރެން ކާވެނި ކުރިމެވެ. އަހަރެމެންނަށް އަދި ދަރިއަކު ނުލިބެއެވެ. އަހަރެންނާއި ފިރިމީހާގެ ޢާއިލާ އާއި ނުހަނު ބަދަހި ގުޅުމެއް އޮވެއެވެ. އެމީހުންވެސް އަހަރެންނަށް ނުހަނު އިހްތިރާމް ކުރެއެވެ. އަހަރެންގެ ހުރިހާވެސް މައްސަލައަކީ ފިރިމީހާއެވެ. އޭނާ އަހަރެންގެ ގައިގާ ތަޅާ އަނިޔާކުރެއެވެ. އަހަރެންނަށް އޯގާތެރިކަމާއި އެކު ވާހަކަދައްކާއެއް ނުހަދައެވެ. އޭނާގެ ބަހުރަވަ ހުތުރުވެފައި އަބަދު މަލާމާތް ކުރެއެވެ. މިކަން ހައްލުކުރެވިދާނެކަމަށް ޔޫތަލް އަށް ފެނޭތޯއެވެ. އަހަރެން މިކަމުގައި ކަންކުރާނެ ގޮތުގެ ލަފާ އަކަށް ޔޫތަލް ގެ ކިބައިން ހަމަ އެދުނީއެވެ.

ޔޫތަލް ގެ ޖަވާބު:
ފިރިމީހާ އަނިޔާކުރަންފެށީ އެއްވެސް ސަބަބަކާއި ލައިގެންކަން ފާހަގަ ކުރެވިފައި ނުވާނަމަ އެއީ މައްސަލަ ހައްލުކުރަން ވަރަށް ދަތި އުނދަގޫ މައްސަލައެކެވެ. އަނިޔާއިން ސަލާމަތް ވެވޭނެ ކަމަށް ބެލެވެނީ ދެ ގޮތަކުންނެވެ. އެއީ އަނިޔާއާއި ދެކޮޅުހެދުމުންނެވެ. ނުވަތަ އަނިޔާ އަށް ކެތްކުރުމުންނެވެ.

“ އެކި ސުވާލާއި ޖަވާބު - މިލިޔުމާއި މެދު ކިޔުންތެރިންގެ ހިޔާލު ”

  1. މޫސަ

    އަހަރެންގެ ދަރިފުޅު ދައުވާ ކުރަނީ އަހަރެމެންނަކީ “މަންކީން” ( މަކުނުން ) އުފެދިގެން އައި ބައެއް ކަމުގައެވެ.‫​ އެހެން ޢިބާރާތަކުންނަމަ “ޑާވިންސް ތިއަރީއެވެ.‫​ އޭނާ މިހާރު އުޅެނީ ގްރޭޑް 10 ގައެވެ.‫​ ކިޔަވަނީ ސައިންސް އެވެ.‫​ މި ދަރިފުޅަށް އަހަރެމެން ނަކީ މަކުނުން އައި ބައެއް ނޫންކަން ބުނެދޭނީ ކިހިނެތް ތޯއެވެ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

    admin ބުނަނީ:

    އިންސާނާ އުފެދިގެން އައީ އޭޕްސް (މަކުނުގެ ވައްތަރެއް ).‫​ދުވަހެއް ދުވަހަކަށް ތަރައްޤީވަމުން އައި ކަމުގައި ޑާވިންސްގެ “އިވޮލިއުޝަން ތިއަރީ” ގައި ބުނެއެވެ.‫​ މި ބުނުމަށް ކިޔަނީ “ތިޔަރީ” އެވެ.‫​ އިވޮލިއުޝަން ފެކްޓް އެކޭނޫނެވެ.‫​ ފެކްޓް އަކަށް ނުވާ އެތައް ތިޔަރީއެއް ދުނިޔޭގައި މީހުން ހަދާފައިވެއެވެ.‫​ ތިޔަރީ އަކީ ކަމުގެ ހަޤީޤަތެއްނޫނެވެ.‫​

    މިޒަމާނުގެ ސައިންސް “އިވޮލިއުޝަން ތިއަރީ” އާއި މެދު އިންކާރު ކުރެއެވެ.‫​ މާނައަކީ އިންސާނާ އުފެދިގެން އައީ މަކުނުން ނުވަތަ މަކުނުގެ ނަސްލަކުން ކަމާއި މެދު އިންކާރު ކުރެއެވެ.‫​ އޭގެ ސަބަބު ތަކަކީ
    1 އިންސާނާ އުފެދިފައިވާ ގޮތަށް ބަލާ އިރުވެސް އިންސާނާގެ ކިބައިގާ އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީ ވާކަމުގައި ވާނަމަ މަސައްކަތް ނުކުރާނެ އެތައް ގުނަވަނެއް ހުރިކަން .‫​ ( މިސާލާކަށް ލޯ .‫​.‫​ ލޮލަށް ފެންނަނީ އެއްފަހަރާ 90 އެތިކޮޅު މަސައްކަތް ކުރުމުންނެވެ.‫​ އެހެން ކަމުން އިންސާނާގެ މަކުނަކުން ބަދަލުވަމުން އައިނަމަ ދުވަހަކު އިންސާނާގެ ލޮލަކަށް ނުފެންނާނެއެވެ.‫​ )

    2 އިންސާނާގެ ހަށިގަނޑު ބަދަލުވަމުން ދާ އެއްޗެއް ކަމުގައި ހޯދިފައި ނެތުން .

    [މިހިޔާލަށް ރައްދު ދިނުމަށް]

  2. އައިންތު

    އަމިއްލަ އަށް ވިޔާފާރިއެއް ފެށުމަށް ރަނގަޅު ޚިޔާލެއް ދީބަލާށެވެ.‫​ ކުޑަ ޙަރަދަކުން ފެށިދާނެ ރަނގަޅު ވިޔާފާރިއެއް ބުނެލަދެވިދާނެތޯ އެވެ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

    މާހިރާ ބުނަނީ:

    ކުޑަ ޙަރަދަކުން ކުރެވިދާނެ މަސް އެކުސް ޕޯޓޫކުރުން.‫​.‫​.‫​.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

    މާހިރާ ބުނަނީ:

    އަދި މަހުގެ ވިޔަފާރި ކުރެވިދާނެ

    [މިހިޔާލަށް ރައްދު ދިނުމަށް]

  3. މާއިޒް

    މީހަކާ އިނުމަށް ރަނގަޅު އުމުރަކީ ކޮބާހެއްޔެ ؟

    [މިހިޔާލަށް ރައްދު ދިނުމަށް]

    admin ބުނަނީ:

    ފުރާވަރަށް އެރުން .‫​.‫​.‫​ ނުވަތަ އެކަމަށް ތިމާ ތައްޔާރުވެއްޖެކަން ތިމާ އަށް އެނގުން .‫​.‫​ އެކަމުގެ ޤާބިލް ކަން ލިބުމުން .‫​.‫​

    ރާއްޖޭގައި ކާވެނި ކުރެވޭނީ 18 އަހަރު ވުމުން ކަމުގައި ޤާނޫނު ބުނެއެވެ.‫​ އިނގިރޭސި ވިލާތުގައިވެސް ދެ ޖިންސްގެ ދެމީހުން ކާވެނި ކުރެވޭނީ 18 އަހަރު ވުމުންނެވެ.‫​ އެއްޖިންސުން ކާވެނި ކުރެވޭނެ އުމުރަކީ ( ގުޅުން ހިންގޭނެ އުމުރެއްކަމަށް ) އިނގިރޭސި ވިލާތުގެ ޤާނޫނުގައިވަނީ 16 އަހަރެވެ.‫​
    ހޮލެންޑްގައި 12 އަހަރުވުމުން ކާވެނި ކުރެވިދާނެއެވެ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  4. ތުހުފާ

    އެއްޖިންސުން ގުޅުން ހިންގައިފި ނަމަ އެކަން ނުހުއްޓޭނެ ކަމަށް މީހުން ބުނާ އަޑު އަހަމެވެ.‫​ މިކަން މިހެންވަނީ ކިހިނެތްތޯއެވެ.‫​ އަދި މިކަން ހުއްޓުވަން ހަދާނީ ކިހިނެތްތޯއެވެ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

    ލަހުފާ ބުނަނީ:

    އެއްޖިންސުން ގުޅުން ހިންގާފަވާނަ މާﷲހަބިރު ވެތީވެ އަވަހައް ތައުބާ ވާށެވެ.‫​.‫​ އެއީ މިކަމައް އޮއް ހަލަކީ

    [މިހިޔާލަށް ރައްދު ދިނުމަށް]

  5. 619

    އަހަރެން މަންމަ އަބަދުވެސް ބުނާނީ އަހަރެން މަސައްކަތް ނުކުރާ ވާހަކަ، ނުކިޔަވާ އަބަދު ކޮންޕިއުޓަރ ކުޅޭވާހަކަ އަހަރެން ބުނަން މިއީ ފިލާވަޅާ ގުޅޭ މައުލޫމާތު ހޯދަނިޔޭ އެކަމަކު މަންމަ އެވާހަކައެއް ޤަބޫލެއް ނުކުރޭ.‫​ މަންމައަށް ވިސްނައިދޭނެ ގޮތެއް ބުނެދީ

    [މިހިޔާލަށް ރައްދު ދިނުމަށް]

    admin ބުނަނީ:

    ހަޤީޤަތުގައިވެސް ފިލާވަޅާއި ގުޅޭ މަޢުލޫމާތު ހޯދަނީ ކަމުގައި ވާނަމަ އެކަން މަންމަ އަށް ޤަބޫލު ކުރެވޭ ގޮތެއް ހެދިދާނެއެވެ.‫​ އެއީ އިމްތިހާނުން ރަނގަޅު ނަތީޖާއެއް ގެނުއައުމެވެ.‫​ މިޒަމާނުގެ ކިޔެވުމާއި ކޮމްޕިއުޓަރާއި ހުޅި ގުޅުން އަންގައިދޭ ލިއުމެއް ލިއުމަށްފަހު މަންމަ އަށް ކިޔަން ދިނުމުން މަންމަ އަށް ވިސްނޭލެއް ފަސޭހަވާނެއެވެ.‫​ މި ފަދަ ލިއުމެއް ނޫހަކުން ނަގައިފި ނަމަ މާ ފަސޭހައިން ޤަބޫލު ކުރާގޮތް ވެއެވެ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  6. ނީމް

    ޔޫތަލް!އަހަރެންނަކީ ކައިވެނި ކޮށްގެން އުޅެމުންދާ ކުއްޖެކީމެވެ.‫​އަހަރެންގެ ފިރިމީހާ އަހަރެންނަށް ވަރަށް ރަނގަޅެވެ.‫​އެކަމުވެސް ފިރިމީހާ އަހަރެނނަށް ބޭވަފާތެރި ވިއެވެ.‫​އަދި އަހަރެންނަށް ހުރިހާކަމެއް ފަޅައެރުމުން އަހަރެންގާތުން މާފަށް އެދުނެވެ،އަހަރެންވެސް ލޯބި ވާތީ މައާފު ކުރީމެވެ.‫​އެކަމުވެސް މިހާރު އަހަރެންނައް ފިރިމީހާއައް އިތުބާރުކުރުންވަނީ އުނދަގޫވެފައެވަ.‫​މިހާރު އަހަރެންނައް ކުރެވޭ ކަމަކީ ޝަކުވާ ކުރެވެނީއެވެ.‫​މިކަންތައް އަހަންނަށް ހުއްޓުވޭނެ ގޮތެއް ބުނެދިނުން އެދެމެވެ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

    admin ބުނަނީ:

    ދިރިއުޅުމުގައި މިފަދަ ކަންތައް ދިމާވުމަކީ އާއްމުކަމެއް ނަމަވެސް މިކަމުގެ ސަބަބުން ދިރިއުޅުމުގެ އަމާން މަގު ހަލަބޮލި ކަމުގެ ތެރެއަށް ދެއެވެ.‫​ ޝައްކު ކުރުމާއި އެކު ދިރިއުޅުމަކީ ވޭނީ ކަމެކެވެ.‫​ އިތުބާރާއި ނުލާ ލޯތްބަކީ ނުކުޅެދޭ އެއްޗެކެވެ.‫​ ޝައްކު ފިލުވާލުމަށް ޓަކައި ފިރިމީހާއާއި ވާހަކަ ދެއްކުން މުހިއްމެވެ.‫​ އަދި ފިރިމީހާ މިކަން ނުހަނު އޯގާތެރިކަމާއި އެކު އަނބިމީހާއަށް ވިސްނައިދޭންޖެހޭނެއެވެ.‫​ ފިރިމިޙާ އަނބިމީހާ ދެކެ އިންތިހާ އަަށް ލޯބިވާކަން ދުލުން ބުނުމުގެ އިތުރަށް ޢަމަލުންދައްކަ ދޭންވާނެއެވެ.‫​ ދެމީހުންގެ ބްރައިންކެމިސްޓްރީގައި ވާހަކަ ތަކާއި ޢަމަލުތަކުން ލޯބިވާކަން ބަލައިގަނެ ޝައްކާއި ވަހުމް އޭރުން ފިލައިހިނގައިދެއެވެ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  7. 619

    އަހަރެންގެ އާއިލާއަކީ ވަރަށް ކުޑައާއިލާއެކެވެ.‫​ އަހަރެންމީ މިއާއިލާގައި ހުރި އެންމެ ކުޑަކުއްޖާއެވެ.‫​ އުމުރު 15އަހަރު.‫​ އަހަރެން ބުނާ ގިނަވާހަކައެއް އާއިލާގެ މީހުންނެއް ޤަބޫލެއް ނުކުރެއެވެ.‫​ އެވާހަކައަކީ ކިތަންމެ ސީރިއަސް ކަމަކަށް ވިޔަސް އެމީހުންނެއް އަޅާއެއް ނުލައެވެ.‫​ އަދި އަހަރެންގެ އެކުވެރިޔަކު އަހަރެންގެ ގެއަޔަށް އަޔަސް މަންމަމެން އަހަރެންނަށް ވަރަށް ވަރުކުރެއެވެ.‫​ އަދި ގޭގައި އެވެސް މިނިވަންކަމެއް ނޯވެއެވެ.‫​ ގޭގައި ގިނައިން ބަލަންޖެހެނީ މަންމަ ބުނާ ޗެންއަލްތަކެވެ،އަހަރެން ފުޓްބޯޅަބެލިޔަސް އެނޫން ޗެންއަލްއަކަށް ލުމަށް ބުނެއެވެ.‫​ އަހަރެންނަށް އަހަރެމެންގެ އުމުރުފުރާ އާއި ގުޅޭ ޕްރޮގްރާމެއް ނުބެލެއެވެ.‫​
    މިކަންކަމައެއް ޙައްލެއްބޭނުމެވެ.‫​ ވާހަކަ ޙިއްސާ ކުރާނޭ އިތުރު ފަރާތެއް ނެތެވެ.‫​.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

    ހކ ބުނަނީ:

    އަޅެ.‫​.‫​ޔޫތަލް މި ކޮމެންޓް ހާދަ ދުވަހެއްވެޖެއޭ،،،،،،ހަމަ ހައްލެއް ނެތީތަ.‫​.‫​.‫​.‫​.‫​.‫​.‫​.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

    admin ބުނަނީ:

    މަންމަމެންނާއި ވާހަކަ ދެއްކުމަކީ ތިކަމަށް އޮތް ހައްލެއްކަމުގައި ހީކުރެވިދާނެއެވެ.‫​.‫​ އެހެނަސް މަންމަމެން ޤަބޫލު ކުރާ ގޮތުން ކިތައްމެ ވަރަށް ވާހަކަ ދައްކައިގެންވެސް އެކަން ޤަބޫލެއް ނުކުރެވޭނެއެވެ.‫​ އަސްލު އެހެން އެވަނީ ވަށައިގެންވާ މާހައުލުން އެކިމީހުންގެ އެކި ދަރީން ޅަފަތުގައި މަގުގެއްލި ހަލާކުވަމުންދާތީއެވެ.‫​.‫​ އެފަދަ ފުން ހިތާމައަކަށް ދިއުމަށް މަންމަ ނޭދޭތީއެވެ.‫​.‫​

    އުމުރެގެ ޅަދުވަސްވަރު ޒުވާން ކަމުގެ ޖޯޝްގައި ފެންނަ ރަނގަޅު ބައެއް ކަންތައްތަކަކީ އެހާ މުނާސަބަތު ރަނގަޅު ކަންކަމުގައި ނުވާކަމަށް އެދުވަސް ވަކިވެދިއުމުން ކޮންމެ މީހަކަށް އިހްސާސް ކުރެވެއެވެ.‫​.‫​.‫​.‫​ .‫​

    ކެތްތެރިކަމާއި އެކު މަންމައާއި މަޝްވަރާކޮށްގެން ކުރިއަށް ދިއުމުން ބޭނުންވާ ކަންތައް ކުރުމަށް މަގުފަހިވެދާނެއެވެ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  8. އާއިޒު

    ނަމާދު ވަގުތުގެ ޖަމާއަތު ނިމުނު ފަހުން މިސްކިތުގައި ނަމާދުކުރުމުން ގޭގައި ކުރުމަށް ވުރެ ސަވާބު އިތުރުވޭތޯ

    [މިހިޔާލަށް ރައްދު ދިނުމަށް]

މިލިޔުމަށް ހިޔާލުފާޅު ކުރެއްވުމަށް ތިރީގައިވާ ފޯމު ބޭނުން ކުރައްވާ

ހިޔާލު ހޯދާލުމުގެ ވޯޓް

ކާވެނިކުރުމަށް އެންމެ ރަގަޅު އުމުރަކީ

View Results

Loading ... Loading ...

އަރުޝީފު

ކުޅިވަރު

ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

މި ހާރު ކުރިޔަށްދާ އޭއެފްސީ ފުޓުބޯޅަ މުބާރާތުގައި ދިވެހި ރާއްޖޭގެ ވީބީ ސްޕޯޓްސް ...

ވިޔަފާރި

ވޭތުވެ ދިޔަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 34 އިންސައްތަ ދަށަށް ގޮސްފައިވޭ

ވޭތުވެ ދިޔަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 34 އިންސައްތަ ދަށަށް ގޮސްފައިވޭ

ވޭތުވެ ދިޔަ 2009ވަނަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެ އެތެރެކުރެވުނު މުދާ އޭގެ ...

ދީން

ޤުރުއާން އަޖައިބުކުރުވަނިވި ފޮތެއް

ޤުރުއާން އަޖައިބުކުރުވަނިވި ފޮތެއް

މުސްލިމް ނޫން އެތައްބަޔަކު ކީރިތި ޤުރުއާން ނުހަނު ގާތުން، ދިރާސާކޮށް ބަލަމުންދާއިރުވެސް މީގެތެރެއިން ...

ޓެކްނޮލޮޖީ

އެޕަލްގެ އައިޕެޑް އޭޕްރީލް 3ގައި ބާޒަރަށް

އެޕަލްގެ އައިޕެޑް އޭޕްރީލް 3ގައި ބާޒަރަށް

އެޕަލްގެ އައިޕެޑް މިއަންނަ އެޕްރީލް މަހުގެ ތިނެއް ގައި އެމެރިކާގެ ބާޒާރަށް ނެރެވޭނެ ...