އެއްތަށިންކާ ތިންމަފޫޅު

ލިއުނީ :- ޔޫސުފް
ކަލޭމެން ގިނަމީހުންނާ އަހަރެން ތަފާތުކަމުގައި ބުނަމުންދާ ދިއުމަށް އަހަރެން ފަރުވާލެއް ނުހުރެއެވެ. އަހަރެންނަށް އިނގެނީ އަހަރެންގެ މި ތަފާތު ޤަބޫލުކުރުމަކުން އަހަރެންނަށް ގެއްލުމެއް ނުވާކަމެވެ. ކަލޭމެން ބަލައިގަންނަނީ ކަލޭމެންގެ ފިރިންނަކީ “ބަތްތައްޓެއް” ގެ ގޮތުގައެވެ. ކަލޭމެން ބުނަނީ ބަތްތަށީގެ އެއްބައި ކާން ނުރުހޭ ކަމުގައެވެ. އަހަރެން ދެކެނީ މިއާއި މުޅިން ތަފާތު ގޮތަކަށެވެ. އަހަރެން ޤަބޫލުކުރަނީ ހެއްދެވި އިލާހު ދެއްވާފައިވާ އިޙްތިޔާރަށް އަހަރެންނަށް އިންކާރު ނުކުރެވޭނެ ކަމަށެވެ. ތިމާހިތުގެ އުފަލަކަށް އަނެކާގެ ހިތް ޒަހަމް ކުރުމާއި މެދު އަހަރެންނަށް ކަންތައްތަކެއް މަނައެއް ނުކުރެވޭނެއެވެ.
އަހަރެންގެ ރައްޓެހި ފާތުމަ އަހަރެންނަށް ކިޔައިދޭގޮތުގައި އޭނަގެ ފިރިމީހާ އޭނާއަށް ނޭނގި ކޮންމެގޮތަކަށް އުޅުނަށް އެންމެ ރަނގަޅެވެ. އޭނާ އަށް އެއިން އެއްވެސްކަމެއް އެނގިގެން ނުވާނެއެވެ. ފާތުމަ ޤަބޫލުކުރާ ގޮތުގައި ފިރިހެނަކަށް އެއްއަންހެނަކުން ނުފުދޭނެއެވެ. އެހެންވީމާ އެމީހުން އެހެން އަންހެނުންގެ ގާތަށް ދާނެއެވެ. މިކަން ގިނަމީހުން ކުރާނީ ސިއްރިޔާތުގައެވެ. އަހަރެންގެ ފިރިމީހާ އަހަރެން ފިޔަވާ އޭނާގެ ދެ އަނބިން ތިބެއެވެ. އެހެންކަމުން އޭނާ އެހެން އަންހެނުންގެ ގާތަށް ދިއުމަށް ޚިޔާލެއް ގެންގުޅޭހެނެއް ހިޔެއްނުވެއެވެ.
އަހަރެމެން ތިން އަނބިންނަށް އަހަރެމެންގެ ފިރިމީހާ ނުހަނު އޯގާތެރިއެވެ. އެހެން ކަމުން އަހަރެމެން ތިންމީހުންގެ މެދުގައި ދުވަހަކުވެސް މައްސަލައެއް ނުޖެހެއެވެ. އަހަރެމެން މެދުގައި މައްސަލަ އުފެއްދުމަށް ބައެއް އަވައްޓެރިން މަސައްކަތްކުރެއެވެ. މިއިން އެއްވެސް ކަމެއް އެމީހުންނަކަށް ކާމިޔާބެއް ނުވެއެވެ. އެހެނީ އަހަރެމެން ތިންމީހުންގެ ޤަބޫލުކުރުން އެމީހުނާ މުޅިން ތަފާތުކަމުންނެވެ.
އަހަރެމެން ތިންމީހުން އެކުގައި ނަމާދުކުރަމެވެ. ގޭގެ މަސައްކަތް ކުރަނީ އަހަރެމެން ތިންމީހުން އެކުގައެވެ. އަހަރެމެންގެ އެންމެހާ އަޅުކަމެއްގައާއި މަސައްކަތެއްގައި އަހަރެމެންގެ ފިރިމީހާ ބައިވެރިވާނެއެވެ. މީގެ އިތުރުން އަހަރެމެން އެންމެންގެ ކުދިންވެސް ބައިވެރިވާނެއެވެ. އެކަކަށް ގޯސްކަމެއް ކުރެވިދާނެތީ އަނެކަކު ހުންނަނީ ފާރަވެރިވެއެވެ. އެހެންކަމުން އަހަރެމެން ތިންމީހުންގެ މެދުގައި އުފެދިފައިވަނީ ވަރަށްވެސް ގާތްގުޅުމެކެވެ. އެކަކު އަނެކަކުގެ ވާހަކަ ހިއްސާކުރާނެއެވެ. ޅަދުވަހުގެ މަޖާ ވާހަކަތަކާއި ޒުވާންކަމުގެ ވާހަކަތަކުން ހީ ސަކަރާތްޖަހަމެވެ. އަހަރެމެން އުޅޭލެއް އެކުވެރިކަމުން އަވަށްޓެރިން ކިޔާނީ އަހަރެމެންނަކީ “ތިންމަފޫޅުން” ކަމުގައެވެ.
އަހަރެމެންގެ ތެރެއިން އެންމެ ހަގުވާނީ ލޫނާއެވެ. އޭނާއަކީ އަހަރެންގެ ފިރިމީހާ އެންމެފަހުން ކައިވެނި ކުރި ކުއްޖާއެވެ. ލޫނާ ކައިވެނިކޮށްގެން އަހަރެމެންގެ މި އުފާވެރި ގޭގެމާހައުލަށް އައިސް އުޅުނީ އަހަރެމެންގެ ދަރިއެއްހެނެވެ. އަހަރެންނަކީ ލޫނާ އާއި ކާވެނިކުރުމުގެ ކުރިން އަހަރެންގެ ފިރިމީހާ ކައިވެނިކުރިމީހާއެވެ. އަހަރެމެންގެ ތެރެއިން އެންމެ ދޮށީ އަންބަކީ ސާދާއެވެ. އަހަރެން މިގެއަށް އައުމުން ސާދާ ނުހަނު ހޫނު މަރުހަބާއެއްކިއެވެ. ދިރިއުޅުމުގެ ތަފާތު ވާހަކަތައް އަހަރެންނަށް ކިޔައިދިނެވެ. ފިރިމީހާގެ މަޖާ މިޒާޖާއި އޭނާއަށް އަހަރެމެން ކުރަންޖެހޭނެ އިހްތިރާމް ކިޔައިދިނެވެ.
އަހަރެމެން ތިންމީހުން އެކުގައި ސޮޕިންކުރަންދަމެވެ. ބައެއްފަހަރަށް ޤައުމުން ބޭރަށް އަހަރެމެން ތިންމީހުން އެކަނި ދަތުރުކޮށްފައިދަމެވެ. ތީމްޕާކްތަކާއި މަޖާ މާހައުލު ބަލައިލަން މުޅި އާއިލާ ގޮސްއުޅޭއިރު މި ލިބޭ ހިތްހަމަޖެހުން އެކަނި ހޭދަކުރާ އަންހެނަކަށް ލިބޭނެބާއޭ އަހަރެން ހިތައްއަރައެވެ. ގޭގެ އެކަނިވެރި މާހައުލުގައި ހޭދަކުރާ އަންހެނުންގެ އެކަނިވެރި އިހްސާސް އަހަރެމެން ދުވަހަކު އިހްސާސެއް ނުކުރަމެވެ.
ފުންކޮށް ވިސްނައިފިނަމަ އަހަރެންނަށް އިނގެނީ ދެއަންބަށް ނުވަތަ ތިންއަންބަށް ކާވެނިކޮށްގެން އުޅޭ އާއިލާ އެއްގައި ހަމަޖެހުމާއި އުފާވެރިކަން މާބޮޑުކަމެވެ. އެކުވެރިކަމާއި އަޅާލުން އެކަކު އަނެކަކަށް ލިބޭކަމެވެ. މިއީ އަހަރެންގެ ދިރިއުޅުމުން އިހްސާސްކުރަމުންދާ އުފާވެރިކަމުން ސަފްހާތަކެވެ.

ދުނިޔޭގެ 7 އަޖައިބަށް ރާއްޖޭގެ ފަތުވެރިކަމުގެ ނަލަ ރައްތަށް ވާދަކުރަމުންދާ އިރު އެކަމުގެ މަޢުލޫމާތު އެކަށީގެންވާވަރަކަށް ފެތުރެމުން ނުދާކަމަށް ގިނަފަރާތްތަކުން ހާމަކުރޭ
ޓީޗަރުން ފަންނީގަޑީގެގޮތުގައި އިތުރުފަނަރަގަޑިއިރު ސްކޫލްގައި ހޭދަކުރަން ޖެހޭގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅުއްވައިފި
ދުނިޔެއާއި އާޚިރަތުގައިވެސް ކާމިޔާބު އެދޭނަމަ މައިންބަފައިންނަކީ ކޮންބަޔެއްކަން ދެނެގަތުން ހުއްޓެވެ.
ދެއަންބަށް އިނުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް މީ ...ހަ ހަ ހަ ހަ ހަ ....
[މިހިޔާލަށް ރައްދު ދިނުމަށް]
ހާދަ ރަނގަޅު 3 އަބިންނޭ ދޯ!!!!!!!!!ހާދަ ނަސީބުގަދަ ފިރިއެއްދޯ!!!2އަންބައް ކީކުރަން 4 އަންބަތްވެސް އިންނަންވީ!!!!!!!!ފިރިމީހާއައް އޮތީ ހުރިހާ ހިތްހަމަ ޖެހުމެއް.....ތިފިރިހެނުންގެ ހިތެއް ނުފުރޭނެ 4 އަނބިން ކީކުރަން 11 ތިއްބަސް،،،،2 އަންބަތް ނީންނުމަށް އަހަރެން ގޮވާލަން.....
[މިހިޔާލަށް ރައްދު ދިނުމަށް]
nonames ބުނަނީ:
ނޮވެންބަރ 28th, 2009 at 11:53 am
އެއްމެ ރަނގަޅު ކަޟި ތީ ފިރިހެނެއްނަމަ ދެން 4އަނބިން ހޯދާނީވެސް 4އަނބިންގެ ހިތްހަމަޖެހުން ދެވޭވަރުގެ ޤާބިލް ފިރިހެނުން ކަމަށް ލަފާކުރެވެނީ އެކަމަކު މަށަކަށް ނުވާނެ......
[މިހިޔާލަށް ރައްދު ދިނުމަށް]
ވަރަށް ސަޅި ލިޔުމެއް. ހިތާމައަކީ ބައެއް މީހުން އެއް އަންބަށް ވުރެ ގިނަ އަނބިން ގެންގުޅުމަށް ނަފްރަތު ކުރާތީ. އަސްލު އެއީ ދީނީ ގޮތުން ބަލާއިރު ދެބަސްވެ ރުޅިއަރަންވީވަރުގެ ކަމެއް ނޫން.
[މިހިޔާލަށް ރައްދު ދިނުމަށް]
ފިރިހެނުންގެ ހިތެއް ނުފުރޭނެ ކިތަންމެ ވަރެއްވިޔަސް..ނިކަން އުޒުރު ގިނަވާނެ..މިއީ އެއްގޮތަކަށްވެސް ކަމުދާކަމެއްނޫން.
[މިހިޔާލަށް ރައްދު ދިނުމަށް]
ރިފާ ބުނަނީ:
އޮކްޓޯބަރ 16th, 2009 at 2:40 pm
ފިރިހެނުންނަށް ދީނުގައި 4 އަނބިން ހުއްދަކުުރައްވާފައިވުމުގެ ހިކްމަތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ ﷲ. އެހެންވީމަ އަހަރުމެންނަށް އެކަމާ ދެކޮޅު ހެދުމުގެ އެއްވެސް ހައްގެއް ލިބިގެންނެއް ނުވޭ. މިއީ އިސްލާމް ދީނުގައި މިކަން އޮންނަގޮތް.
[މިހިޔާލަށް ރައްދު ދިނުމަށް]
nonames ބުނަނީ:
ނޮވެންބަރ 28th, 2009 at 11:49 am
ހާދަ ބޭނުމޭދޯ އެކަމަކު ކީއްކުރާނީ ދޯ ރިފާ ދެން އެބައޮތް ގޮތެއް މަށާއި އެކު އިންޑީއާއަށް ހިނގާ ބޭނުން ވާނީ މަހަކަށް 25 ޑޮލަރު
[މިހިޔާލަށް ރައްދު ދިނުމަށް]
ފިރިހެނުންނަށް ހަތަރު އަބިންރަގަޅަށް ބެލެނީ ނަމަ ހަމަ އޯކޭ
[މިހިޔާލަށް ރައްދު ދިނުމަށް]
އެއް އަނބި ގޮވައިގެން ތެދުވެރިކަމާއި އެކު ނޫޅެވޭ އިރު ފިރިއަކަށް ދެއަނބިން ގޮވައިގެން ކިހިނެތް އުޅޭނީ؟
[މިހިޔާލަށް ރައްދު ދިނުމަށް]
ޖ ބުނަނީ:
ނޮވެންބަރ 30th, 2009 at 8:48 pm
ބަލަ އެހެންވެގެނޭ އޮންނަނީ އަދުލުވެރި ނުވެވެންޏާ އެކަކާ އިންނާށޭ. ކިހާ ދެރަ ކަމެއްތަ. އަދުލުވެރިވެވެންޏާ 4އަކާ ވެސް އިންނަންވީ، ވަގު ބިޓުން ގެންގުޅޭނެ ކަމެއްނެތެއްނު.
[މިހިޔާލަށް ރައްދު ދިނުމަށް]
މި ތިންކުދިން ވަރަށް ރަނގަޅު. އެހެން މިބުނީ މަގޭ އެކުވެރިޔެއްގެ ދެ އަނބިންތިބޭ އޭނާ ހުންނަނީ އަބަދުވެސް ހާސްވެފަ، އަދިކޮބާ ގަމީހުގެ ގޮއްތައް
ދުވަހަކުވެސް ހަމަޔަކަށް ނުހުރެ.
[މިހިޔާލަށް ރައްދު ދިނުމަށް]
އަހަރެންގެ އަންހެނުން އެއްދުވަހަކު އަހަރެން އޮފީހަށް ދިޔަތަނާ އެހެންޏާ ވަރަށް ނުގުޅާވަގުތެއްގަ ވަރަށް ސީރިއަސް ވެގެން ފޯނުކޮށްފަ ބުނެފި ވަރަށް މުހިއްމު ވާހަކައެއް ބުނަން ވެގެން ނޭމިގުޅައިލީ ދެން އަހަރެން ކުޑަކޮށް ޖެހިލުންވެ ހުރެ ބުނިން އެއީ އަނެއްކާ ކޮން ވާހަކައެއްހޭ ބުނުމުން ވަރަށް ނުބުނާން އުޅެފަ ބުނެފި އެއްވެސް މީހަކުގެ ކައިރީ ނުބުނާ މަތިން ނޭ މިވާހަކަ ބުނެވޭނީ މިވާހަކަ އަކީ އަހަރެން ވަރަށް އުފާވާނެ ވާހަކައެކޭ މިހެންބުނެފައި ބުނެފި މިހާރު ދެން ރަނގަޅު އާމްދަނީއެއް ވިޔާރިންނާއި އެކުލިބެޔެންނޫހޭ ދެއަތްބަށް މީހަކާ އިންނަށް ވީނޫންހޭ ކުއްލިއަކަށް މިހެން އެހުމުން އަހަރެން ވަރަށް އުފާވި އަދި ކުޑަ އިރުކޮޅަކު ވިސްނާލާފަ ހިތައް އެރި ބޭނުންވިއަސް އަދި ނުބުނާނަމޭ އަހަރެން ބުނެފިން ކީއްވެހޭ އެވަރަކުން އަހަރެން ދެއަތްބަށް މީހަކާ ދެވަން ތިއުޅެނީ ބުނީމަ އަންހެނުން ބުނެފި އަހަރެންނަށް ވަރަށް ފަސޭހަވާނެއްނޫންހޭ މިހާރުވެސް މިއުޅެނީ އެކަނިމާ އެކަންޏޭ އަހަރެން ބުނެފިން އެކަމަކު ދެދުވަސް ވާއިރަށް ތަޅާފޮޅާގަންނާނޭ މަށެއް ބޭނުމެއް ނޫނޭ ދެއަތްބަށް އިންނާކަށް ދެން ހަފްތާއެއްހާ ދުވަސް ފަހުން ކަމަކާ ހިތްހަނުޖެހިގެން ދެއްކި ވާހަކައެއްގައި ބުނެފި އަމުދަކުން އަހަރެން އުޅޫނީ ދެއަތްބަށް މީހަކާ ދެވާކަށް ނޫނޭ މީހަކު ބުނިވާކައަކުން ޓެސްޓެއް ކޮށްލިއްޔޭ....މިހިރީވެސް ހަޤީޤީ ހާދިސާ
[މިހިޔާލަށް ރައްދު ދިނުމަށް]
ޖ ބުނަނީ:
ނޮވެންބަރ 30th, 2009 at 8:50 pm
ނަސީބެއްނު ފިރިކަލޭގެ ތިޔަ ޓެސްޓުން ފާސްވިކަން ހެހެހެހެ
[މިހިޔާލަށް ރައްދު ދިނުމަށް]
ބުނަންތަ ރިފާ އޮފީހުގަ ތިހެން އިދެގެން އެކިސައިޓު ތަކަށްކޮމެންޓު ކުރެވޭނީ ހަމަޖެހޭނީ ހިންދިރުވާލަދިރުވާލަ ހުންނަށް ނޮވެމްބަރ 09 ގެ މުސާރަ ނަގާފަ ސައިނުދީފިއްޔާ މިފަހަރު ތި ހުރިހާ ކޮމެންޓު ތަކެއް އަންހެނުން ނަށް ދައްކާނަށް ޔަޤީން..
[މިހިޔާލަށް ރައްދު ދިނުމަށް]
މީވަރަަަަށް ރަނގަޅު ކަމެެއް، އިތުރު ޒިނޭތަކެެެެެެެެއް ކުރުމެއްނެތި މައިތިރިވެގެން ފިރިއަކަށް ހިތްހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ ހަމައެކަނި ގޮތް.
[މިހިޔާލަށް ރައްދު ދިނުމަށް]
ހުސް ފޭކް ވާހަކަތަކެއް. މިހާރު ތިބުނާހާ ރަނގަޅު ، އޯގާތެރި މީހުންނެއްނޫޅޭ!!!!!
[މިހިޔާލަށް ރައްދު ދިނުމަށް]
ހިލަބެ ބުނަނީ:
މާޗް 13th, 2010 at 11:34 pm
ނާޞިޙާ މިހާރުވެސް ކަސްޓަމުގަތަ؟ މިހާރު ކިތައްކުދިންތޯ 3 ވެއްޖެދޯ ދެންނިންމާލާ ރެސްޓެއްބޭނުންވާނެ މިހާރު މާލެ ކޮޅުގައިދޯ
[މިހިޔާލަށް ރައްދު ދިނުމަށް]
ނާޞިހާޔަށް ތިހެންހީވިޔަސް ތީޙަޤީޤަތަކަށް ނުވެހިގައިދާނެ ހަމަޔަޤީނުންވެސް އަހަރެންނަކީ އަހަރެންގެ އަންހެނުންނަށް ދުވަކުވެސް ބޭވަފާތެރިވިމީހެއްނޫން މުސްތަޤްބަލްގައިވެސް އަހަރެންގެ މިގޮތުގައިސާބިތުވާނަން އިންޟާﷲ ދެން ނާޞިޙާއަށްވެސް އެގޭނެ އަހަރެންމިބުނަނީ ތެދެއްކަން މިހާރު މީކާކުކަން އެނގިދާނެކަމަށް ހީކުރަން....... ކޮބާ މަމިބުނީއަޅެ ދޮގެއްތަ؟ނާޗޯ
[މިހިޔާލަށް ރައްދު ދިނުމަށް]
ތިޔައީ ނުވާންވީ ވަރުގެ ކަމެއްނޫން. ބަލަގަ މަވެސް މިއުޅެނީ ތިން މީހުނާއި އެއްފަހަރާއި އިނދެެގެން ނުލާހިކު އަރާމުގަ، އުފަލުގަ.. މިއުޅެނީވެސް އެއްގެއެއްގަ، ކައްކާ ކައިބޮއެވެސް މިހަދަނީ ހަމަ އެއްބަދިގެއެއްގަ.... ބައިޒާރަށް ދިޔަސް އެންމެންމިދަނީ އެއްކޮށް ކާރުގަ.... އަވަށްޓެރީން މިކަމާ ވަރަށް ދަތް ބާރުވޭ.... ނުވިތާކަށް މިވެރީންނަކީ، ކިޔަވައިގެން ތިބި ޒުވާންކުދީން... ތިންމީހުންވެސް ފިރިމީހާގެ ވިޔާފާރީގައި ބައިވެރިވެ ހިއްސާވޭ... އަދިބުނަންތަ މި މީހުން އަހަރެން.. .. ހަތަރުވަނަ ކައިވެންޏެއް ކުރިޔަސް އެކަމާވެސް ތިބީ މަރުހަބާކިޔަން ހަމަ ތައްޔާރަށް....
އަންހެންވެރީންނޭ..! ހަސަދަވެރިނުވޭ...! އެއީބޮޑު ގޯހެއް.....
[މިހިޔާލަށް ރައްދު ދިނުމަށް]