ކޮލެޖްގެ ކިޔަވާ ދަރިވަރުންގެ މުސްތަޤްބަލް ކަޅުބޯވިލާގަނޑެއްގެ ތެރޭގައި….

އަންގާރަ, 13 އޮކްޓޯބަރ, 2009

fhs_hp4ލިއުނީ :- އާސްކްމޯޑް

ދުނިޔޭގެ އިޤްތިޞާދަށް އައި ހީނަރުކަމުގެ އަސަރު ދިވެހި ރާއްޖޭގެ އިޤްތިޞާދަށްވެސް މިވަނީ ކޮށްފައެވެ. ހަމަ އެއާއިއެކު، ރާއްޖޭގެ އިޤްތިޞާދަށް އައި ހީނަރު ކަމުގެ އަސަރު ޢާއްމުރައްޔިތުންނަށްވެސް ތަޙައްމަލް ކުރަން ޖެހިފައިވާ މިދަނޑިވަޅުގައި، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން މޯލްޑިވްސް ކޮލެޖްއޮފް ހަޔަރ އެޑިއުކޭޝަނުން، ދަރިވަރުންންގެ ޙާލަތާއި ވިންދަކީ ކޮބާތޯ ބަލާލުމެއްނެތި ދަރިވަރުންގެ ތަޢުލީމަށް ހުރަސް އެޅޭނެ ފަދަ ރަޙުމް ކުޑަ ނިންމުން ތަކެއް ވަނީ ނިންމަވާފައެވެ. އެގޮތުން ކޯހުގެ މުއްދަތުގައި ކުރަންޖެހޭ ބައެއް ޚަރަދުތައް ނުކުރާ ގޮތަށް ވަނީ 14 އޭޕްރިލް 2009 ގައި ނިންމަވާފައެވެ. އޭގެތެރޭގައި، ފެކަލްޓީ އޮފް ހެލްތް ސައެންސަސްގެ ދަރިވަރުން ކޯހުގެ މުއްދަތުގައި ފުރިހަމަ ކުރާ އިންޓަރނޭޝަނަލް ފީލްޑް ޓްރިޕް (ޢަމަލީ ތަޖްރިބާ ހޯދުމުގެ ގޮތުން ރާއްޖެއިން ބޭރަށް ކުރާ ދަތުރު) ގެ ޚަރަދުގެ ގޮތުގައި ހިމެނޭ ޕޮކެޓްމަނީ، ކޮއްތުފައިސާ އަދި ރާއްޖޭގައި ކުރާ އެއްގަމު ދަތުރުތަކަށް ކުރާ ޚަރަދު ނުކުރާ ގޮތަށް ވަނީ ހަމަ ޖައްސަވާފައެވެ. ހަމަ އެހެންމެ، ޢަމަލީ ތަޖްރިބާ ހޯދުމުގެ ގޮތުން ރާއްޖެތެރޭގެ އެކިއެކި ޞިއްޙީ ޚިދުމަތް ދޭ ތަންތަނަށް ކުރާ ދަތުރު ތަކުގައިވެސް ކޮއްތު ފައިސާ ދަރިވަރުންގެ އަމިއްލަ ޖީބުން ޚަރަދު ކުރާގޮތަށް ނިންމުމުގެ ނަތީޖާ އަކަށް ވެގެން ދިޔައީ، އެކުދިންގެ އަތުން އެތައް ހާސް ރުފިޔާއެއް ޚަރަދުވެ، އެކުދިންގެ މާލީ ޙާލަތު ދަށަށް ގޮސް އިޤްތިޞާދީ ބޮޑު ވަޅުގަނޑަކަށް ވެއްޓުމެވެ.

ކުރީގެ ސަރުކާރުން ކުރައްވަމުން ގެންދެވި ޚަރަތުތައް އަދުގެ ސަރުކާރަށް ނުކުރެއްވިގެން ހުއްޓާލެއްވި އިރު، ޚުދު އެދަރިވަރުންނަށް އެޚަރަދުތައް ކުރެވޭނީ ކޮންފަދައަކުންތޯއެވެ. ހިތާމައަކީ، ސަރުކާރުން ޚަރަދުކުރައްވައިގެން ހިންގަވާ ކޯސްތަކުގެ ނަމުގައި އިޢްލާންކޮށް، ކޯހާއި ގުޅޭގޮތުން ކުރަންޖެހޭ ހުރިހާ ޚަރަދުތަކެއް ސަރުކާރުން ކޮށްދެއްވާނެ ކަމަށް ބުނުއްވާ، ކޮންމެ ދަރިވަރަކު ލައްވާ ބޮންޑެއްގައި ސޮއި ކުރުއްވަވާ، ކޯހުގެ ވަކި ހިސާބަކުން ދެފަރާތުން ވެފައިވާ އެއްބަސްވުމާއި ޚިލާފަށް ދަރިވަރުން ލައްވާ ކޯހާއި ގުޅޭގޮތުން ކޯހުގެ މުއްދަތުގައި، ސަރުކާރުން ކުރައްވަން ޖެހިވަޑައިގަންނަވާ ޚަރަދުތައް ސަރުކާރުން ނުކޮށްދެއްވާ، ދަރިވަރުން ނަށް ކުރަން މަޖްބޫރު ކުރެއްވުމެވެ. ސަރުކާރާއި ދަރިވަރުންނާއި ދެމެދު ވެފައިވާ އެގްރީމެންޓާއި ސަރުކާރުން ޚިލާފުވެވަޑައިގެން އެގޮތަށް ޢަމަލު ކުރައްވަމުން ގެންދަވާ ކަމީ، ކިޔާކުދިންނަށް މިސަރުކާރުން އެއްވެސް ސަމާލުކަމެއް ނުދެއްވާ ކަމުގެ އަލިގަދަ ހެއްކެކެވެ. ހަމަ މިބީދައިން ވިސްނާއިރު، ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ތަޢްލީމަށް ކުރައްވާ ހޭދަކުޑަކުރައްވާ، ދިވެހި ދަރިން ތަޢްލީމު އުނގެނުމުން މަޙްރޫމުވާ ފަދަ ދަރަޖައަކަށް ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ކަނޑަ އެޅުއްވުމަކީ ހަމަ އެއްމެ ރަނގަޅު ގޮތްތޯ، މިއީ އުފެދޭ ސުވާލެކެވެ. ޖަލުގައި ތިބޭ ކުށްވެރިންނަށް ދުވާލެއްގެ މައްޗަށް އެތައް ސަތޭކަ ރުފިޔާ ޚަރަދުވަމުން ދާއިރު، ދުވަހެއް ދުވަހަކަށް ކުށްވެރިން އިތުރުވަމުންނެވެ. ކުށްވެރިން މިމުޖްތަމަޢުގައި މަދުކޮށް ހަރުދަނާ ރަނގަޅު ޖީލެއް އުފެއްދޭނީ، ސަރުކާރުން ކިޔަވާކުދިންނަށް މިހާރަށްވުރެ އިސްކަމެއް ދެއްވައިގެން ކަން ޔަގީނެވެ. އަދި ހަމަ އެހެންމެ، ކުށްވެރިންނަށް ކުރައްވާ ހޭދަ މިހާރަށްވުރެ ކުޑަކުރެއްވޭނީ، ކުށް ކުރާމީހުންގެ ޢަދަދު މަދުކޮށްގެން ކަން ޔަޤީނެވެ. މިއީ ސަރުކާރުން ކަންބޮޑުވެލައްވާ މައްސަލައެއް ނޫން ތޯއެވެ. އެހެނީ އަބަދުވެސް އިވެނީ ކުށްވެރިންގެ ޙައްޤުތައް ނުލިބިގެން އެމީހުންނަށް ދޭންޖެހޭ ޚިދުމަތް ތައް ފުރިހަމަ ނުކުރެވިގެން ކަންބޮޑުވެ ވަޑައިގެން ވާހަކަފުޅު ދައްކަވާ އަޑެވެ. މިޤައުމުގެ ކިޔަވާ ކުދިންގެ ކިބައިން ނިގުޅިގެންދާ ޙައްޤުތައް ހޯއްދެވުމަށް އަޑުއުފުއްލަވާ މަންޒަރު ނުފެންނަ ކަން އެއީ ހިތާމަކުރަން ޖެހޭ ކަމެކެވެ. 14 އޭޕްރިލް 2009 ން ފެށިގެން، ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ނިންމެވި ނިންމެވުން ތަކުގެ ސަބަބުން، ފެކަލްޓީ އޮފް ހެލްތް ސައެންސަސްގައި ތަޢްލީމު ޙާޞިލް ކުރަމުންދާ ދަރިވަރުން ކޯހާއި ގުޅޭގޮތުން އެތައްހާސް ރުފިޔާއެއް އެކުދިންގެ އަމިއްލަ ޖީބުން ވަނީ ޚަރަދުކޮށްފައެވެ. އަދި ހަމަ އެހެންމެ، މިއަދު ފެކަލްޓީ ގައި ކިޔަވާ ހުރިހާ ދަރިވަރުންވެސް ވަނީ މިކަން ތަޙައްމަލް ކުރަން ޖެހިފައެވެ. ޢަމަލީ ތަޖުރިބާ ހޯދުމަށް ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ފުރަންޖެހޭ އެތައް ދަރިވަރުންނެއް ފައިސާގެ ދަތިކަމާހުރެ ނުފުރިފައި ތިބި އިރު އެތައް ދަރިވަރުންނެއް ދަރަނިވެރިވެ، އެކުދިންގެ ކިޔެވުމަށް ނޭދެވޭ އަސަރު ތަކެއް ކުރަމުންދާ ކަމީ ތެދު ޙަޤީޤަތެކެވެ. ފައިސާގެ ދަތިކަމާހެދި، ދަރިވަރުން އެކުދިންގެ ކޯސް ނުނިމި ލަސްވަމުންދާއިރު، ބައެއް ދަރިވަރުން އެޚަރަދުތައް ކުރުމަށް ބޭނުންވާ ފައިސާ ނުލިބިގެން، ކޯސް ހުއްޓާލަން ޖެހޭ ފަދަ ޙާލަތެއްގައި ތިބި ކުދިން މަދެއްނޫނެވެ. ހިތާމަޔަކީ، މިފަދަ މާލީ ގޮތުން ތަނަވަސް ކަމެއް ނެތިގެން ކޯސް އިތުރަށް ކުރިޔަށް ނުގެންދެވިފައިތިބި ދަރިވަރުންނަށް ސަރުކާރުން އެހީ ލިބޭނެ ގޮތެއް ނެތުމެވެ. ސަރުކާރުން އަޅާނުލެއްވުމެވެ. މަތީ ތަޢްލީމަށް އެހީ ވެދޭ ފަންޑުން އެހީތެރިކަން ފޯރުނުކޮށްދޭ ކަމެވެ. އަދި ލޯނުވެސް ދޫނުކުރާ ކަމެވެ. ދަރިވަރުންނަށް ލޯނުދޫކުރުމުގެ އުޞޫލެއް ހަމަޖެހިފައި ނެތޭ ބުނެ، އެ ދަރިވަރުން މާޔޫސް ކޮށްލާފައި ފޮނުވާލާއިރު ކިޔަވާ ދަރިވަރުންގެ މުސްތަޤްބަލާމެދު ވިސްނާލާތޯ، މިއީވެސް އުފެދޭ ސުވާލެކެވެ. އެހެނީ، ދިވެހިރާއްޖޭގައި ނިކަމެތި ފަޤީރުންނަށް ޒަކާތު ފަންޑުން އެހީތެރިކަން ފޯރުވައިދޭ، ބޭސްފަރުވާ ކުރެވޭނެފަދަ މާލީ ތަނަވަސްކަމެއްނެތް ފަރާތްތަކަށް ވެލްފެއަރ ފަންޑުން އެހީތެރިކަން ފޯރުވައިދޭ، ކަރަންޓް ބިލް ދެއްކޭނެ ފަދަ މާލީ ތަނަވަސްކަމެއް ނެތްފަރާތްތަކަށް ސަބްސިޑީސް ދެއްވުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ނަމަވެސް މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގައި ކިޔަވާ ދަރިވަރުންގެ ތެރެއިން އެފަދަ ޚަރަދުތައް ކުރެވޭނެފަދަ މާލީ ތަނަވަސް ކަމެއް ނެތް ދަރިވަރުންނަށް ހަމަ ގޮތެއް ނެތީ  ތޯއެވެ. ކޯހާއި ގުޅޭގޮތުން ދަރިވަރުން އަމިއްލައަށް ކުރަންޖެހޭޚަރަދުތައް ކަމުގައި ސަރުކާރުން ނިންމެވި ޚަރަދުތައް ކުރެވޭނެ ފަދަ މާލީ ތަނަވަސް ކަމެއް ނެތް ކުދިންނަށް ހަމަ އެކަނި އޮތް ގޮތަކީ ކޯސް ހުއްޓާލާފައި އެނބުރި ރަށަށް ދިއުންތޯއެވެ. އެހެން ވެއްޖެ ނަމަ، އެދަރިވަރުން އަދި އެދަރިވަރުންގެ މައިން ބަފައިން ކުރަމުން އައި ފޮނި އުއްމީދުތައް ވިއްސިވިހާލި ވެގެން ދާނެއެވެ. އެހުވަފެން ތަކުގައި ޙަޤީޤީ ކުލައެއް ނުޖެހި، އެފޮނި ހުވަފެންތައް ޙަޤީޤަތަކަށް ނުވެ ދިއުމުގެ އިތުރުން، އެކުދިންގެ ޙަޔާތުން ގެއްލިގެން ބޭކާރުވެގެން ދިޔަ ދުވަސް ތަކަށް ޒިންމާ ވާނީ ކާކުތޯއެވެ. އަދި ހަމަ އެއާއިއެކު، އެދަރިވަރުންގެ ކޯސް ސަރުކާރަށް ޚަރަދުނުކުރެއްވިގެން ހުއްޓާލަން ޖެހިއްޖެ ނަމަ، މިއަދާއި ހަމައަށް ސަރުކާރުން އެކުދިންނަށް ކުރި ޚަރަދަކީ ދައުލަތުގެ ޚަޒާނާ އިން ކުރި ބޭކާރު ޚަރަދތަކެއްކަމުގައިވެ، އެކުރީ ރައްޔިތުންގެ ފައިސާއިން އިސްރާފް ނޫންތޯއެވެ. އެހެނީ އެކުދިންގެ ކޯސް ފުރިހަމަ ނުކުރެވިގެން ހުއްޓާލަން ޖެހިއްޖެނަމަ، އެކުދިން ތާކުންތާކު ނުޖެހި މުޖްތަމަޢުގައި ބޭކާރު ކުދިން ތަކެއްކަމުގައިވެ، ރައްޔިތުންނަށް އެކުދިންގެ ފަރާތުން ލިބެންޖެހޭ ޚިދުމަތެއް ނުލިބޭނެ ކަމީ ބުއްދި ސަލާމަތުން ހުރި ކޮންމެ އިންސާނަކު ޤަބޫލުކުރާނެ ޙަޤީޤަތެކެވެ. އިޤްތިޞާދު ހަރުދަނާ ކުރެއްވުމަށް ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅުއްވާ ފިޔަވަޅުތައް އެޅުއްވުމުގެ ކުރިން ވިސްނާ ލައްވަނީ ކިހާ މިންވަރަކަށްތޯ އަޅުގަނޑުގެ ހިތުގައި ސުވާލު އުފެދެއެވެ. އެހެނި އަޅުގަނޑުގެ ނަޒަރުގައި ރާއްޖެއިން ބޭރުފައިސާ އެންމެގިނައިން ބޭރުވެގެން ދަނީ ބިދޭސީ މަސައްކަތުމީހުން މިރާއްޖޭ ގައި ގިނަވުމުގެ ސަބަބުންނެވެ. މީގެތެރޭގައި ޑޮކްޓަރުން، ނަރުހުން އަދި ޓީޗަރުންވެސް ހިމެނެއެވެ. މިކަމަށް ޙައްލެއް ލިބޭނީ މިދާއިރާ ތަކުން ދިވެހިން ތަމްރީން ކޮށް ގެން ކަމުގައިވީ ހިނދު، ފެކަލްޓީ އޮފް ހެލްތް ސައެންސަސްގައި ނާރސިންގ، ލެބޯޓްރީ ޓެކްނޮލޮޖީ އަދި ޕްރައިމަރީ ހެލްތްކެއަރ ކޯސް ހަދަމުން ގެންދާ ދަރިވަރުންގެ ކޯސް ކުރިޔަށް ގެންދިއުމަށް ގޮތެއް ހޯދައިދިނުމަކީ މިކަމަށް ކޮންމެވެސް ވަރެއްގެ ޙައްލެއް ލިބިގެންދާނެކަމެކެވެ. އަދި ހަމަ އެހެންމެ ރާއްޖޭގެ އެންމެހާ ކިޔަވާ ކުދިންނަށް އަތްފޯރާ ފަށުން ތަޢްލީމު ލިބިދިނުމަކީ އަޅުގަނޑުވެސް އުއްމީދުކުރާ އަދި ދެކެން ބޭނުންވާ ދުވަހެކެވެ. ތަފާތު އެކިއެކި ފަންޑުތައް ހުރިއިރު، އަދި މިފަނޑުތަކުން އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާއިރު، ކިޔަވާ ކުދިންނަށް މަތީ ތަޢްލީމަށް އެހީވެދޭ ފަންޑުން އެހީތެރި ނުވާންވީ ކޮން ސަބަބަކާއި ހެދި ތޯއެވެ. ކުދި ވިޔަފާރި ކުރުމަށް، އަދި ކުދި ވިޔަފާރި ތަރައްޤީ ކުރުމަށް ގެދޮރު ޢިމާރާތް ކުރުމަށް ލުއި ލޯން ދޫކުރަމުން ދާއިރު، ކޮލެޖްގައި ކިޔަވާ ދަރިވަރުންގެ ތެރެއިން މާލީ ތަނަވަސް ކަމެއް ނެތް ދަރިވަރުންނަށް ލޯން ދޫކުރާނެ އުޞޫޅެއް ހަމަޖެހިފައި ނެތް އިރު، މިކުދިންނަށް އޮތީ ތަޢްލީމަށް ޓަކައި މަގުމަށްޗަށް ނިކުމެ ސަލާން ޖެހުން ތޯއެވެ. އެހެންވެއްޖެ ނަމަ ވެއްޓޭނީ އެކުދިންގެ އަގެއް ނޫނެވެ. ސަރުކާރުގެ އަގުވެއްޓި، ސަރުކާރާ ދޭތެރޭ ރައްޔިތުން ދެކޭގޮތް ބަދަލުވެ، ރުޅިވެރިކަމުގެ ބަސްތައް އަމާޒުވުމަކީ، ނުވުމަށްވުރެ ވުން ގާތް ކަމެކެވެ.

“ ކޮލެޖްގެ ކިޔަވާ ދަރިވަރުންގެ މުސްތަޤްބަލް ކަޅުބޯވިލާގަނޑެއްގެ ތެރޭގައި…. - މިލިޔުމާއި މެދު ކިޔުންތެރިންގެ ހިޔާލު ”

  1. މަރީ

    ކޮން ފީލްޑް ޓްރިޕެއް .‫​.‫​ ކިތައްމެ ދަރިވަރުންނެއް އެެހެން ދަތުރުގޮސް ބަދުއަހުލާޤީ އަމަލު ހިންގަނީ .‫​.‫​ ނަރުސްކަން ކިޔަވާ ތުއްތު ކުދިންނާ ގަދަކަމުން ބެހޭ ޚަބަރުވެސް ލިބެއެވެ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

    Anonymous ބުނަނީ:

    ދީނީ ޢިލްމް ހާސިލްކޮަަަައްގެން އަންނަ މީހުންވެސް، ޒިނޭކޮއް މީހުންގެ އަނބިންނާވެސް ބެހޭ، އެހެންވިމަ އެއީކީ ވަކިބަޔަކު ވަކިތަނަކަށް ފޮނުވީމަ ކުރާކަމެއްނޫން.‫​ އެމީހެއްގެ އަޤީދާ ވަރުގަދަކޮށް ހިފަހައްޓާނީ އެމީހަކު.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

    ޑީ އެމް އެލްޓީ ޝާޑު ބުނަނީ:

    ތިކަހަލަ ކޮމެންޓްތައް އެއްވެސް ހަގީގަތެއްނުބަލާ ލިޔުމަކީ ވަރަށް ހިތާމަހުރިކަމެއް.‫​ އަޅުގަނޑުމެންވެސް ވަރަށް ގިނަ ފިލްޑް ޓްރިޕްތަކަށް ގޮސްފައިވާނެ.‫​ އެކަމަކު ދުވަހަކުވެސް އެފަދަ އަޑެއްނީވޭނެ.‫​ އަދި ހާއްސަކޮއް އެފް.‫​ އެޗް.‫​ އެސްގެ ދަރިވަރުންނަށް އަމާޒުވާގޮތަށް މިފަދަ ކޮމެންޓެއް ލިޔެފައިވާތީ އެކަން ވަރަށްހަރުކަށި އިބާރާތުން ކުއްވެރިކުރަން.‫​ އެފް އެޗް އެސް އަކީ ފެށުނީއްސުރެ ވަރަށް ރީތި މާޒީއެއްއޮތްތަނެއް.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

    މަމީ ބުނަނީ:

    ނުވާނެ އެހެންނެ ތިޢީހަމަ ހުސް ދޮގު

    [މިހިޔާލަށް ރައްދު ދިނުމަށް]

  2. މުހައްމަދު މާލިކް

    ތިޔައީ ހަމަ ވަރަށް އެއްވަނައިގެ ވާހަކަ އެއް!

    [މިހިޔާލަށް ރައްދު ދިނުމަށް]

  3. މާހިރާ

    މިކަހަލައިގެ ކަންކަމުގައި ދަތުރުގޮސް އޮންނަނީ ތިބުނާހެން ބަދުއަހުލާޤީވެފައި.‫​ މައުމޫނު ސަރުކާރުގައި އިހުމާލުވެފައި އޮތަތީވެ މިހާރު މިހެންމިވަނީ .‫​ މައުމޫނު ޖެހޭނެ ޒިންމާނަގަން

    [މިހިޔާލަށް ރައްދު ދިނުމަށް]

  4. ހުސެން

    މިއީ ވަރަށް ސިރިޔަސް މައްސަލައެއް
    ކިޔަވާ ކުދިންނަކީ ގައުމުގެ މުސްތަޣްބަލް
    ކޮލެޖްގެ ދަރިވަރުންކުރިމަތިގައި މިހުރި ގޮންޖެހުންތައް ނައްތާނުލެވިއްޖެނަމަ މި ގައުމުގެ ކުރިމަގާމެދު ސުވާލު އުފެދޭ.‫​ މިރާއްޖެ އަށް ބޭނުންވަނީ ތައުލީމީ ޒުވާނުންތަކެއް

    ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން މިކަމަށް އަވަސް ހައްލެއްގެނެސް ދިނުން ބުއްދިވެރިކަމަށް ފެނޭ

    [މިހިޔާލަށް ރައްދު ދިނުމަށް]

  5. ބޮގީ

    ލިޔުންތެރިޔާ ކޮށްފައިވާ ބުރަ މަސައްކަތަށް ޝުކުރުހައްގުވޭ.‫​.‫​.‫​.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  6. ޒިޔާ

    ކޮލެޖަކީ ޕްރޮފެޝަނަލް މީހުން ތަމްރީނުކޮށް މުޖުތަމަޢުގައި ހިދުމަތް ކުރުމަށް އެހީތެރިވެދެ ވަރަަށްމުހިންމު މަރުކަޒެކެވެ.‫​ މިފަދަތަނެއްގައި ކޮޔަވާކުދިންނަށް މިހާ އިހާނެތިގޮތެއް ހެދުމަކީ ހިތާމަހުރިކަމެކެވެ.‫​ ޙާސަކޮން ފެކަލްޓީ އޮފް ހެލްތްސައެންސެސްއަކީ އިންސާނިއްޔަތައް ވަރައް ބޮޑެތި ޙިދުމަތްތަކެއް ފޯރުކޮއްދޭ މީހުން ތަމްރީނުކުރާތަނަކަށްވެފައި، އެކޯސްތަަައް ފުރިހަމަކުރަން ޕްރޮފެޝަނަލް އެކްސްޕީރިއެންސް ބޭނުންވާއިރު ، އެކުދިންނަށް އެފުރުސަެު ހޯދައި ނުދިނުމަކީ ޤައުމުު ކަންބުޑުވވާންޖެހޭ ކަމެކެވެ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  7. ހަސަން

    މަށަށް ފެނަނީ، ކުރިޔަށް އޮތް ތަނުގަ ކޮލެޖުގެ އެއްވެސް ކޯހެއްގަ އެކަކުވެސް ބައިވެރި ނުވުން.‫​ ސަބަބަކީ އަމިއްލަޔަށް ޚަރަދުކޮށްގެން ކިޔަވާ ނިމޭއިރު ލިބޭނެ ވަޒީފާއެއް އޮތީކީ ނޫން.‫​ ދެން ފައިސާއާއި ވަގުތު ބޭކާރު ކުރުމުގެ ބޭނުމަކީ ކޮބާ؟ ފުއްޕާފަ އަދިވެސް ކޯސްތަކަށް އިޢްލާން ކުރެވޭތޯ ބަލާތި.‫​ ނުވާވަރުން ކަންދައްކަން އިތުރަށް ކޯސްތައް ނުފަށާ، މިހާރު ކިޔަވާކުދިންގެ ކިޔެވުން ނިއްމޭތޯ ބެލިއްޔާ މާތާހިރުވާނެ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  8. ރާޑޯ

    ތިއީ ވަރަށް ރަގަޅު ވާހަކައެއް.‫​ ހަޤީގަތިގައި ކިޔަވާކުދިންނަކީ ކަނޑުމެދަށް ދޫކޮއްލެވިފައިވާ “ބޮއްކުރާ” ތަކެއްފަދަ ބައެއް.‫​ އެހީވާނެ، ޒިންމާވާނެ ފަރާތެއްނެތް.‫​ އަޅުގަނޑަކީވެސް މިސަރުކާރުގެ ހެޔޮވެރިކަން ވަރަށް ރަގަޅަށް ތަޖުރިބާ ކުރެވިފައިވާ އެފް އެޗް އެސްގެ ދަރިވަރެއް.‫​ މި އަހަރުގެ ޖުލައިގާ ރާއްޖޭން ބޭރުގައި ގަނެތެޅިފައިމިއައީ.‫​ ފުރަން 24 ގަޑިއިރަށް ވީފަހުން އެނގުނީ ކޮއްތު ފައިސާ ނުދޭކަން.‫​ ފިލްޑް ޓްރިޕްތަކަށް ފޮނުވާނެ ފައިސާ ނެތިއްޔާ، ފިލްޑް ޓްރިޕްތަކަށް ނުފޮނުވާވާނެ ގޮތަކަށް ކަރިކިއުލަމް އިސްލާހު ކުރަންވެއްޖެއެއްނު.‫​ މިހާރުއެއްވެސްކަމެއް ސިޔާސީނުވެ ވާނެ ގޮތެއްނޯވެ.‫​ މިހާރު ރީތިގޮތުގައި ކަންތައްތައް ކުރަންއުޅެ އުޅެ ހަންކެނޑިއްޖެ.‫​ މީދަލަކަށް ދުވަހެއް އައްޔާ ހިކަންޖަކަށްވެސް ދުވަހެއްއަންނާނެ.‫​ މީ އެބޭފުޅުންގެ ދުވަސް.‫​ މާދަމާ އަހަރުމެންގެ ދުވަސް.‫​
    -ރާޑޯ-

    [މިހިޔާލަށް ރައްދު ދިނުމަށް]

  9. އާތި

    އަޅުގަނޑުމެންގެ ހާލަތު ބަޔާން
    ކޮއްދެއްވިކަމަށްޓަކައި ލިޔުންތެރިޔާއަށް ފަށްފަށުން ޝުކުރިއްޔާ!ސަރުކާރުނަމު ހަރަދު ކޮށްދޭނަމޭ ބުނެ މިއީތަކަންތައް ކުރަންވީގޮތަކީ؟އެއްވެސް ޝަކުވާއެއްނެތި އަޅުގަނޑުމެން އަމިއްލައަށް ކެއުމުގެ ހަރަދު ކޮށްގެން ފީލްޑް ޓްރިޕް ވެސް ދެވިއްޖެ އެކަމަކު ދެންނުވާނެ.‫​ ދަރިވަރުންނަކީ މަހުޖަނުން ނެއް ނޫނޭ!

    [މިހިޔާލަށް ރައްދު ދިނުމަށް]

  10. ގޯސްޓް

    މަށަށް ފެންނަނީ ކޮލެޖް ގަައި ބޮޑު ތަޅުއަޅުވަން.‫​ ބަލާއެންނު ނުވަންޔާ ކޯސް ނެރޭނެކަމެން ނެން.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  11. ބަކުރު

    މިލިޔުނު ލިޔުން ތެރިޔާ އަށް ފައްފަށުން ޝުކުރުވެރިވަން.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  12. ރޮޖާ

    ވަރަށް ގައްޑާ ލިއުމެއް

    [މިހިޔާލަށް ރައްދު ދިނުމަށް]

  13. ހުސެން

    ކޮލެޖުގެ ހިންގަ ކޯސްތަކުގެ ފެންވަރު ދުވަހެއް ދުވަހަކުން ދަނީ ދަށައް،އަނެއްކޮޅުން ކިޔަވާ ކުދިންގެ ބޭސިކް ނީޑް އެފް.‫​އެހް.‫​އެސް ގައި ހުރިހެނެއް ހިއެއްނުވޭ.‫​މިހާރުވެސް ބަޔަކު ގޮސް ބަލާބަލަ އެންމެ ކުޑަވެގެން ކުދިން ރެސްޓް ކޮއްލާނެ ތަނުގައި ހޫނުކަމުން ތިބެވޭ ވަރެއްނޫން.‫​ އެކަމަމަކު އެތަނުގެ ޓީޗަރުންގެ ރިކަވަރީ ރޫމް ބަލަބަލަ،މިކަމަުގައި ގޯހީ މިސަރުކާރެއްނޫ،އެފް.‫​އެޗް އެސް މިހާތަނަށް އައިރުވެސް އެއްވެސް ކުއްޖަކަށް ލިއުމަކުން މިކަމެއް ނާންގާ.‫​ބަލަ ކޯހައް ވަންނަނީ ވެސް ލިއުމުން ހުށަހަޅައިގެން،އަޅުގަޏދު ގޮވާލަން އެފް.‫​އެޗް.‫​އެސްގެ މެނޭޖްމަންޓައް ސަބަބަު ބަޔާންކޮށް ދަރިވަރުންނަށް ލިޔމުން އަންގަން.‫​އެހެންނޫވާނީ އެފް.‫​އެޗް.‫​އެސްގައި ތިބީ އިސްކޮށް މައުމޫނީ ވެރިކަމުގެ ހައްދުފަހަނަ އަލާފައި ތިބި ވެރިންގެ އަންބިން މިސާލަކަށް ޑރ ޔާސިރުމރންގެ އަނބިގޮއްޔެ،ޑރ މަުސޫމުގެ އަނބި ގޮއްޔެ ދެން ހުރާ ކަތީބުގެ ދަރިއެއް ސަރކާރުން ހޭލަބަލަ

    [މިހިޔާލަށް ރައްދު ދިނުމަށް]

  14. މަރީ

    މިލިޔުން ލިޔުނު .‫​ ތެރިޔާއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.‫​އެފް.‫​އެޗް.‫​އެސް.‫​ ގެ ކިޔަވާ ދަރިވަރެއް ގެ ހައިސިއްޔަތުން އަޅުގަޑު ވެސް މި މައްސަލަ ވަރަށް ހަރުކަށި އިބާރާތުން ކުުށްވެރި ކުރަން.‫​އަޅުގަނޑުމެން މިތިބީ
    ީ ގޮތް ހުސްވެފަ.‫​މި އަދުގެ ސަރުކާރުން މިކަމާ ކުޑަކޮށް ވެސް ވިސް ނާ ނުލާ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  15. ނަރޫޓޯ

    ހިތާމަޔަކީ މިކަންކަން ވިސްނޭވަރުގެ ވެރިން ސަރުކާރުގަ ނެތްކަން.‫​ ކުރެވޭނެޔޭ ކިޔާފަ ކޮންމެ ރުނޑިއަކުވެސް ކުރިމަތިލަނީ.‫​ އެކަމު ވާކަމެއް ހަމަ ހަރާން.‫​ ހުރިހާ މިނިސްޓަރުންގެ އަމިއްލަ ހަރަދުތައް ނިމުނީމަތާ އެހެން ކަމެއްވާނީ.‫​ ނުވަންޔަ އިސްތިއުފާދީފަ އަވަހަށް ރައްކާވޭ.‫​ ފެކަލްޓީގެ ޑީން މަންދި އިސްތިއުފާ ވަގުތުން ވަގުތަށް ދެއްވުމަށް ގޮވާލަން.‫​ އަހަރުމެން ބޭނުމެއްނޫން ތިކަހަލަ ބޮލުންނެއް.‫​ އަހަރުމެން ބޭނުމީ އަހަރުމެންގެ ޙައްގުގަ ވަކާލާތުކުރެވޭ ވަރުގެ ޑީންއެއް.‫​ އަވަހަށް އިސްތިއުފާ ދެއްވާ ހެޔޮނުވާނެ.‫​ ބަޔަކު މޮޔަވެދާނެ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  16. މޯޑު

    މިއޮތީ އަތްފޯރާ ފަށުން ތަޢްލީމް ލިއްބައި ދީފަ.‫​ ތަނެއް އޮތިއްޔާ ބޯގަޅާލާތި އަދިވެސް ވެރިކަން ނުލިބޭ އިރު ހީވީ އެހެންފަދަ ކަމެއްހެން.‫​ މައުމުޫނު 30 އަހަރު ދުވަހުން ކޭވަރަށް އަންނި 5 އަހަރު ތެރޭގަ ކާން މަސައްކަތް ކުރަނީ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  17. ޒައުސްސް

    މިއީ ވަރަށް ދެރަ މައްސަލައެއް،އަދުގެ ސަރުކާރުން ވެފައިވާ ވައުދުތަކާ ޙިލާފަ މިފަދަ މުހިންމު ދަރިވަރުން ތަކެއްގެ އުންގެނުމުގެ ހައްގަށް ހުރަސް އަޅަމުން ދިއުމަކީ ހިތާމަ ކުރަންޖެހޭ ކަމެއް.‫​ލިޔުންތެރިޔާ ފަދަގިނަ ދަރިވަތުންތަކެއް މިކަމުގައި މަސައްކަތްކޮއްފިނަމަ ކާމިޔާބް ވެދާނެ.‫​.‫​އާސްކްމޯޑް! ޤައުމު އެދިގޮވަނީ ތިފަދަ ދަރިންނަށް.‫​.‫​.‫​.‫​ސާބަސް.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  18. އަންމަޑޭ

    އެފް އެޗް އެސްގައި ޢުޅޭ ޑީންއަކީ ވަރައްނުބައި މީހެއް. މިކަހަލަ ކަމެއްގާއިވެސް ދަރިވަރުންގެ އަޑު އުފުލުމެއް، ކަމެއް ނޯއްނާނެ. އަހަންނަކީ އެތަނުގައި 2 އަހަރާއި ބައި ކިޔަވަަފަ ހުރިމީހެއް، ދުވަހަކުވެސް ދަރިވަރުންނާ ބައްދަލުކޮއްފައެނެތް. އަޅެ މޮޅެއްނު. ދަރިވަރުންގެ އިޙްސާސް އެގޭނެވަރު ނިކަން ހިތައް އަރުވާލަބަލަ. އެޕޮއިންޓޮމެންޓެއް ހެދިޔަސް ބައްދަލުވާ ބީތާއެއްނޫން އެއީކީ. މިކަމުގެ ހުރިހާ ޒިންމާއެއްނަގަން ޖެހޭނީ. ޑީން މަރިޔަބު

    [މިހިޔާލަށް ރައްދު ދިނުމަށް]

  19. އަންމަޑޭ

    މިލިޔުން ލިޔުނު ލިޔުންތެރިޔާއައް ވަރައް ގިނަ ފިންތުންތައް ކުރިމަތހި ކުރުވާވާހަކަ އަޑުއެބައިވޭ.‫​ މިކަން ވަރައް ބޮޑައް ކުއްވެރިކުރަން

    [މިހިޔާލަށް ރައްދު ދިނުމަށް]

މިލިޔުމަށް ހިޔާލުފާޅު ކުރެއްވުމަށް ތިރީގައިވާ ފޯމު ބޭނުން ކުރައްވާ

ހިޔާލު ހޯދާލުމުގެ ވޯޓް

ކާވެނިކުރުމަށް އެންމެ ރަގަޅު އުމުރަކީ

View Results

Loading ... Loading ...

އަރުޝީފު

ކުޅިވަރު

ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

މި ހާރު ކުރިޔަށްދާ އޭއެފްސީ ފުޓުބޯޅަ މުބާރާތުގައި ދިވެހި ރާއްޖޭގެ ވީބީ ސްޕޯޓްސް ...

ވިޔަފާރި

ވޭތުވެ ދިޔަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 34 އިންސައްތަ ދަށަށް ގޮސްފައިވޭ

ވޭތުވެ ދިޔަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 34 އިންސައްތަ ދަށަށް ގޮސްފައިވޭ

ވޭތުވެ ދިޔަ 2009ވަނަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެ އެތެރެކުރެވުނު މުދާ އޭގެ ...

ދީން

ޤުރުއާން އަޖައިބުކުރުވަނިވި ފޮތެއް

ޤުރުއާން އަޖައިބުކުރުވަނިވި ފޮތެއް

މުސްލިމް ނޫން އެތައްބަޔަކު ކީރިތި ޤުރުއާން ނުހަނު ގާތުން، ދިރާސާކޮށް ބަލަމުންދާއިރުވެސް މީގެތެރެއިން ...

ޓެކްނޮލޮޖީ

އެޕަލްގެ އައިޕެޑް އޭޕްރީލް 3ގައި ބާޒަރަށް

އެޕަލްގެ އައިޕެޑް އޭޕްރީލް 3ގައި ބާޒަރަށް

އެޕަލްގެ އައިޕެޑް މިއަންނަ އެޕްރީލް މަހުގެ ތިނެއް ގައި އެމެރިކާގެ ބާޒާރަށް ނެރެވޭނެ ...