އޭނާ މަރުވީ ހުކުރު ނަމާދުގެ ސަޖިދާގައި ވަނިކޮށް

ހުކުރު, 20 ނޮވެންބަރ, 2009

subanallahހުކުރު ދުވަހުގެ ޢަޞްރު ނަމާދަށްފަހު އަހަރެން ގޭގައި ހުއްޓާ އެކުވެރިޔަކު ފޯނުކޮށްފައި ބުންޏެވެ. “ޝައިޚް އެވެ، އަހަރެންގެ ވަރަށް ގާތް އަޚަކު މަރުވެއްޖެއެވެ. އަދި އޭނާ މިހާރުވަނީ ހޮސްޕިޓަލުގެ ފިނިކޮޓަރީގައެވެ. ތިބާގެ ކިބައިން އަހަރެމެން ބޭނުންވަނީ އޭނާ ހިނެވުމާއި ކަފުންކުރުމުގެ ކަންތައް ކުރިއަށް ގެންގޮސްދިނުމެވެ. އެހެންވީމާ މާދަމާ ހެދުނު ނުވައެއް ޖަހާއިރަށް ހޮސްޕިޓަލަށް އަންނާށެވެ. ގަސްދުކުރެވިފައިވަނީ މެންދުރު ނަމާދަށް ފަހު ކަށުނަމާދު ކުރުމަށެވެ.

ދެން ޖެހިގެން އައިދުވަހުގައި ކަނޑައެޅިފައިވާ ގަޑިއަށް އަހަރެން ހޮސްޕިޓަލަށް ދިޔައީމެވެ. ހޮސްޕިޓަލުގެ ކައިރީގައި ވަރަށް މީހުން ގިނައެވެ. އަނެއްކާ ހޮސްޕިޓަލުގައި، އެކަކަށްވުރެ ގިނަމީހުން މަރުވެގެން އުޅެނީބާވައޭ އަހަރެން ހިތަށް އެރިއެވެ. ހޮސްޕިޓަލުން އަހަރެންނާ އިސްތިޤްބާލުކޮށް މަރުހަބާކީ މަރުވެފައިވާ ޒުވާނާގެ ބޭބެއާއި ބައްޕައެވެ. މަރުވެގެން މިއުޅެނީ ކިތައް މީހުންތޯ އެމީހުންނާ އަހަރެން ސުވާލުކުރީމެވެ.

ޒުވާނާގެ ބައްޕަ ބުނީ ހަމަ އެންމެ މީހަކު ކަމުގައެވެ. އަދި އެއީ އޭނާގެ ދަރިފުޅުކަމުގައި ވެސް ބުންޏެވެ. “ދެން އެހެންވީއިރު މިއީ ކޮންހާ ބައިވަރު މީހުންނެއް؟” އަހަރެން ސުވާލުކުރީމެވެ. ޒުވާނާގެ ބައްޕަ ބުނުއްވީ، އެއެންމެން އެއްވެގެން އުޅެނީ އޭނާ ދަރިފުޅުގެ ހެޔޮ ނިމުމުގެ ސަބަބުން ކަމުގައެވެ. އޭނާ މަރުވީ ކިހިނަކުންތޯ އަހަރެން ސުވާލުކުރީމެވެ.

ޒުވާނާގެ ބައްޕަ ކިޔައިދިނެވެ. އަހަރެންނެކޭ އެއްފަދައިން އަހަރެންގެ ހުރިހާ ދަރިންވެސް ދިޔައީ އިއްޔެގެ ހުކުރުނަމާދެށެވެ. އިމާމް ޚުޠުބާ ކިޔާ އަވަދިވުމުން ޤަމަތް ދެވުނެވެ. ދެން ދެވަނަ ރަކްޢަތުގެ ދެވަނަ ސަޖިދައިގައި އޮއްވާ އަހަރެންގެ ދަރިފުޅުގެ ފުރާނަ މާތްކަލާނގެ ގެންދަވައިފިއެވެ. ހުކުރު ދުވަހުއެވެ. އެކަލާނގެ ގޭތަކުގެ ތެރެއިން ގެއެއްގައެވެ. ސަޖިދައިގައި އޮއްވައެވެ.

ދެން ތިމަންމެން އޭނާ ހިނެވުމަށްޓަކައި ޤަބުރުސްތާނުގެ ހިނަވާތަނަށް ގެންދިޔައީމެވެ. ތިމަންމެން އެކަމަށް ތައްޔާރުވަމުން ދަނިކޮށް މިސްކިތުގެ އިމާމް ބުނެފިއެވެ. އޭ ބޭބޭއެވެ. ޒުވާނާ މަރުވީ އަހަރެންގެ މިސްކިތުގައެވެ. އެހެންވީއިރު އޭނާ ހިނެވުމުގެ ފުރުޞަތު އަހަންނަށް ދީފާނުހެއްޔެވެ؟

ދެން އަހަރެން ބުނީމެވެ. އަހަރެމެން ދެމީހުންނަކީ ހަމަ އެކަކީމުއެވެ. ކުރިއަށް ގެންދާށެވެ. ދެން އިމާމަށް އުނދަގޫ ވެދާނޭތީ އަހަރެން ބޭރަށް ނުކުމެ ހިނަވާތަނުގެ ދޮރު ކައިރީގައި ހުރީމެވެ. ދެން އިމާމް ހިނަވާ ނިމި ކަފުންކުރަމުން ގޮސް ޒުވާނާގެ ބޮލާއި މޫނާއި ނިވާކޮށްލެވޭނޭ ގޮތް ނުވެގެން އަހަރެންގެ ގާތުން އެދުނެވެ.

ޒުވާނާ ބައްޕަގެ ވާހަކަ މިހާ ހިސާބަށް ދިއުމުން އަހަރެން ހިތަށް އެރިއެވެ. ޚުތުބާކިޔާ އުޅޭ މިސްކިތެއްގެ އިމާމަކު އަދި ޤުރްއާންވެސް ހިތުދަސް މީހަކު އަމިއްލައަށް މައްޔިތެއްގެ ހިނެވުމާއި ހަވާލުވެ، ހުރިހާ ކަމެއް ފަސޭހަކަމާއެކު ކުރުމަށް ފަހު ހަމައެކަނި އޭނާގެ ބޮލާއި މޫނާ ދިމާއަށްވާ ބައި ނިވާކޮށްލުމަށް ނުކުޅެދުންތެރިވީ، މީ އަނެއްކާ ކޮންފަދަ ކަމެއް ބާވައެވެ.

ދެން އަހަރެންނަށް ބުނެވުނެވެ. ހަމަ ޔަޤީނެވެ. ތިކަމުގައި ފޮރުވިފައިވާ ސިއްރެއް ވެއެވެ. އަވަސްވެގަތުމާ އެކު ޒުވާނާ ބޭއްވިފައިވާ ތަނަށް ވަނީމެވެ. އަހަރެން ސިއްސައިގެން ދިޔައެވެ. ފެނުނު މަންޒަރުން އަންތަރީސްވިއެވެ.

މަރުވެފައިވާ ޒުވާނާ ވަނީ އުފާވެރިކަމާއެކު ވަރަށް ބޮޑަށް ހިނިތުންވެފައެވެ. ހިނިތުންވުމުގެ ބޮޑުކަމުން އޭނާގެ ދަތްތައް ވެސް ފެންނާން ހުއްޓެވެ. ދެން އަހަންނަށް ވިސްނުނެވެ. އަސްލުގައި އަހަރެންގެ އެކުވެރި އިމާމް ބޭނުންވީ އެމޫނު އަހަންނަށް ދައްކާ ނުލައި ނުފޮރުވުމަށެވެ. އާއެކެވެ. މީސްތަކުންނަށް އެމޫނުގައި ޢިބްރަތްތަކެއް ވެއެވެ. ދެން ބޭރުގައި ތިބި މީހުންނަށް ވެސް ޒުވާނާގެ މޫނު ބަލާލުމުގެ ފުރުސަތު ހުޅުވާލެވުނެވެ.

ބޭރުން ވަން މީހުންގެ ތެރެއިން މީހަކު އަހަންނާ ސުވާލުކުރިއެވެ. އޭ ޝައިޚެއެވެ. މި ޒުވާނާ މިވަނީ މަރުވެފައިކަން ހަމަޔަޤީންހެއްޔެވެ؟ އަހަރެން ވަގުތުން ބުނީމެވެ. ތިބާއަކަށް އޭނާ މަރުވެފައިވާ ތަނެއް ނުފެނޭހެއްޔެވެ؟ އެމީހާ ބުންޏެވެ. ނިކަން ބަލާބަލާށެވެ. ޒުވާނާ ހިނިތުންވަނީއެވެ.

އޭގެ އިރުކޮޅެއް ފަހުން އަހަރެން ޒުވާނާގެ މޫނު ނިވާކޮށް ކަފުންކޮށް ނިންމާލީމެވެ. ޒުވާނާ މިސްކިތަށް ގެންދެވުނެވެ. ޒުވާނާގެ ކަށު ނަމާދަށް އައި މީސްތަކުން ގިނަކަމުން މިސްކިތް ފުރި ބާރުވިއެވެ. ކަށުނަމާދަށް ފަހު ގަބުރުސްތާނަށް ގެންގޮސް ޒުވާނާ ވަޅުލެވިއްޖެއެވެ.

އަށާވީސް އަހަރުގެ އެޒުވާނާގެ ގާތް މީހަކު ބުނެފައިވެއެވެ. އޭނާގެ ވަޒީފާ ނިންމާފައި ގެއަށް އައުމަށް ފަހު މެންދުރުގެ ކެއުން ނިމުމާއިއެކު ކަހަލަ ގޮތަކަށް ޢަޞްރު ނަމާދަށް ބަންގި ގޮވައެވެ. ދެން މިސްކިތަށް ނަމާދަށް ގޮސް ކޮންމެ ދުވަހެއްގައި ވެސް ޢަޞްރު ނަމާދަށް ފަހު މަޣްރިބް ނަމާދު ޖެހެންދެން ޒުވާނާގެ މަސައްކަތަކީ އަހަރެމެންގެ ދަރިންނަށް ޤުރްއާން ކިޔަވައިދިނުމެވެ. އެޒުވާނާ ވެސް ޤުރްއާން ހިތުދަސްމެއެވެ. ފަހެ ޒުވާނާއަށް އެލިބުނީ ކޮންފަދަ ރިވެތި ނިމުމެއް ހެއްޔެވެ؟ މާތް ﷲ އަހަރެމެން އެންމެންނަށް ވެސް ހެޔޮ ނިމުމެއް ދެއްވާށިއެވެ. އާމީން.

“ އޭނާ މަރުވީ ހުކުރު ނަމާދުގެ ސަޖިދާގައި ވަނިކޮށް - މިލިޔުމާއި މެދު ކިޔުންތެރިންގެ ހިޔާލު ”

  1. މައިސާ

    އިބުރަތުން ފުރިގެންވާ ހަޤީޤީވާހަކައް.‫​.‫​.‫​.‫​.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

    އައިޝާ ޒާހްޝް ބުނަނީ:

    މާތް ﷲގެ ކުޅަދުންވަންތަކަމުގެ ކުޑަވެސް ޝައްކެތް ނެތްކަން ވިސްނާލި ކޮންމެ ދިމާލަކުންވެސް ފެންނަކަން ޤަބޫލް ކުރަން ޖެހޭނެއެވެ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  2. ސިނާނު

    ވަރަށް އިބުރަތްތެރި ވާހަކައެއް

    [މިހިޔާލަށް ރައްދު ދިނުމަށް]

  3. ހަސަން

    ﷲ އަށް ޙަމްދު ހުއްޓެވެ.‫​ މިކަހަލަ ކަންތައްތަކުން ތިޔަބައި މީހުން އިބުރަތް ލިބިގަންނާށެވެ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  4. މުހައްމަދުބެ

    މީ ހިޔާލީ ވާހަކައެއްތަ ނޫނީ ހަގީގީ ވާހަކައެއްތަ؟ މިލިޔުން ލިޔުއްވިފަރާތުން މިސުވާލިގެ ޖަވާބު ދެއްވުން އެދެމެވެ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

    އައިންތު ބުނަނީ:

    އެ އޮތީނު އެކަން ހިނގި ތަސްވީރު

    [މިހިޔާލަށް ރައްދު ދިނުމަށް]

  5. ޒަރީރު

    އެފަދަ ނިމުމެއް މާތްﷲ އަހަރެން ނަށްވެސް ދެއްވާށި ވަރައް ޢިބުރަތް ތެރި މަރެއް މިމަރަކީ މާތް ﷲ ސުވަރުގޭގެ ނިޢުމަތް މަރުހޫމަށް ދެއްވާށި.‫​.‫​.‫​.‫​އާމީން

    [މިހިޔާލަށް ރައްދު ދިނުމަށް]

  6. ޝާލީ

    މި ހާދިސާ އިން ތިޔަ އެންމެހާ މުސްލިމުން ޢިބްރަތް ލިބިގަންނާށެވެ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  7. ޝާލީ

    މި ހާދިސާ އިން ތިޔަ އެންމެހާ މުސްލިމުން ޢިބްރަތް ލިބިގަންނާށެވެ.‫​ ކީއްވެތަ މީ ހަގީގީ ވާހަކަ އެއްތޯ ތި ސުވާލު ކުރަނީ.‫​ ބަލަ.‫​ މިކަހަލަ ސީރިއެސް ކަންތަކާ މީހުން ޝައްކު ކުރޭތަ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  8. admin

    މަތީގައިވާ ތަސްވީރަކީ މިކަން ހިނގާފާއިވާ ހަޤީޤީ ތަސްވީރެވެ.‫​.‫​ ސުބުހާނަﷲ

    [މިހިޔާލަށް ރައްދު ދިނުމަށް]

  9. އިބުރާހީމް

    ސުބުހާނަﷲ.‫​.‫​މާތް ﷲ ގެ ކުޅަދުން ވަންތަ ކަމާއެވެ. ބަލާލިކޮންމެދިމާއަކުން ފެންނަނީ އެއިލާހުގެ ކުޅަދުންވަންތަ ވެރިކަން .‫​ ހަމއެކަނި އިންސާނާ އޭނަ .‫​ގެނަފުސައް ބަލާލިކަމުގައިވިއަސް ކުޅަދުންވަންތަކަމުގެ އަލިގަދަ ހެކިފެނިގެން އެބަދޭ.‫​.‫​ އެކަމަކު ކުޅަދުންވަންތަކަމުގެ ހެކިފެންނާނީ ވިސްނާފިކުރުކުރާބައެކަށް.‫​ .‫​މާތް ﷲ މިއަޅާ އަށް ވެސް އެފަދުގެ ނިމުމެއް މިންވަރު ކޮއްދެވާ މިއަޅާގެ ފާފަ ފުއްސަވާދޭވެ.‫​ ‫​ .‫​.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  10. ހަމީދު

    މިކަހަލަ ބޮޑު ނިޢުމަތެއް މިއަޅާއަށްވެސް މިންވަރު ކުރައްވާށި.‫​އަދި އެންމެހާ މުސްލިމުންނަށް ވެސް މިންވަރު ކުރައްވާށި އާމީން.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  11. އިބްރާހީމް

    މާތް ﷲގެ ކުޅަދުންވަންތަ ކަމުގެ ބޮޑުކަމާއެވެ.‫​ މާތްﷲ އަޅަމެންނަށް ހެޔޮ މަގު ދައްކަވައި އަޅަމެންގެ ފާފަ ފުއްސަވާށި.‫​ އާމީން

    [މިހިޔާލަށް ރައްދު ދިނުމަށް]

  12. Anonymous

    ވަރަށް ިއބުރަތްތެރި ވާހކައެއް.‫​ ހުރިހާ މީހުން ވެސް އިސްލާމް ދީނުގެ ކަނަތަށް ތަކަށް ސަމާލުވެ އެގޮތަށް އަމަލުކުރަނަފަށަމާ!!!! އޭއިރުން ފަހުން އުފާ ވާނެ .‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

  13. Anonymous

    ވަރަައް އިބްރަތްތެރި ވަަާހަކައެެެއް

    [މިހިޔާލަށް ރައްދު ދިނުމަށް]

  14. ސާފީ

    ވަރަައް އިބްރަތްތެރި ވަަާހަކައެެެއް

    [މިހިޔާލަށް ރައްދު ދިނުމަށް]

  15. ބާރީ

    ﷲ ގެ ކުޅަދުންވަންތަ ކަމަކީ އަހަރެން ސައްކު ކުރާ ކަމެއް ނޫނެވެ.‫​ މިވާހަކައަކީ އިބުރަތްތެރި ވާހަކަ އެކެވެ.‫​ ވީމަ އުފާ ވެރި ދިރި އުޅުމެއް ބޭނުންނަމަ
    ﷲ އާއި އެކަލާންގެ ރަސުލާގެ އަމުރުފުޅު މަތިން ހަނދާން ކުރާށެވެ.‫​ ރަނގަޅު ނިމުމަކީ ﷲ ހަޒުރަތުން އެކަލާންގެ އިރާދަ ކުރެއްވި އަޅަކަށް ދެއްވާ ނިމުމެކެވެ.‫​

    [މިހިޔާލަށް ރައްދު ދިނުމަށް]

މިލިޔުމަށް ހިޔާލުފާޅު ކުރެއްވުމަށް ތިރީގައިވާ ފޯމު ބޭނުން ކުރައްވާ

ހިޔާލު ހޯދާލުމުގެ ވޯޓް

ކާވެނިކުރުމަށް އެންމެ ރަގަޅު އުމުރަކީ

View Results

Loading ... Loading ...

އަރުޝީފު

ކުޅިވަރު

ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

ވީބީގެ ފުރަތަމަ މެޗު ކާމިޔާބު ކޮށްފި

މި ހާރު ކުރިޔަށްދާ އޭއެފްސީ ފުޓުބޯޅަ މުބާރާތުގައި ދިވެހި ރާއްޖޭގެ ވީބީ ސްޕޯޓްސް ...

ވިޔަފާރި

ވޭތުވެ ދިޔަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 34 އިންސައްތަ ދަށަށް ގޮސްފައިވޭ

ވޭތުވެ ދިޔަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެއަށް އެތެރެކުރެވުނު މުދާ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 34 އިންސައްތަ ދަށަށް ގޮސްފައިވޭ

ވޭތުވެ ދިޔަ 2009ވަނަ އަހަރުގެ އެގާރަ މަސްދުވަހު ރާއްޖެ އެތެރެކުރެވުނު މުދާ އޭގެ ...

ދީން

ޤުރުއާން އަޖައިބުކުރުވަނިވި ފޮތެއް

ޤުރުއާން އަޖައިބުކުރުވަނިވި ފޮތެއް

މުސްލިމް ނޫން އެތައްބަޔަކު ކީރިތި ޤުރުއާން ނުހަނު ގާތުން، ދިރާސާކޮށް ބަލަމުންދާއިރުވެސް މީގެތެރެއިން ...

ޓެކްނޮލޮޖީ

އެޕަލްގެ އައިޕެޑް އޭޕްރީލް 3ގައި ބާޒަރަށް

އެޕަލްގެ އައިޕެޑް އޭޕްރީލް 3ގައި ބާޒަރަށް

އެޕަލްގެ އައިޕެޑް މިއަންނަ އެޕްރީލް މަހުގެ ތިނެއް ގައި އެމެރިކާގެ ބާޒާރަށް ނެރެވޭނެ ...